Kulhudhuffushi.com » ނޫރު

ކުޅުދުއްފުށީގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގުރާމެއް ކުރިއަށްދަނީ
ލިޔުނީ: އިބްރާހިމް ހަމީދު

ކުޅުދުއްފުށީގައި އުފެދިފައިވާ ޖަމިޔަތުއްނޫރުގެ ފަރާތުން އިންތިޒާމްކޮށްގެން އަލްބަޔާން 2010 މިނަމުގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް އެބަގެންދެއެވެ. ޖޫންމަހުގެ 4 ން 8 އަކަށް މިރަށުގެ ރައްޔިތުންނަށާއި މިރަށުގައި ހުރިސަރުކާރު އޮފީސްތަކުގެ މުވައްޒަފުންނަށާއި ސްކޫލުތަކަށާއި ކުލަބު ޖަމިއްޔާތަކުގެ މީހުންނަށް އަމާޒްކޮށްގެން މާތްވެގެންވާ އިސްލާމްދީނަށް ހޭލުންތެރިކުރުމުގެ ގޮތުން ނަސޭހަތް ދިނުމާއި ދީނާއި ބެހޭ މަޢުލޫމާތުތައް ދިނުން މި ޕްރޮގްރާމްގައި ހިމެނޭނެއެވެ. އަދި  ބައިވެރިންގެ ހިތުގައި އުފެދޭ ސުވާލުތަކަށް ޖަވާބުދިނުންވެސް މި ޕްރޮގްރާމްގެ ތެރޭގައި ހިމެނިފައިވެއެވެ. މިޕްރޮގުރާމުގައި ދީނީނަސޭހަތާއި މަޢުލޫމާތުތައް ދެއްވަމުން ގެންދަވަނީ އައްސެއިހް މުހައްމަދު އިބުރާހިމްއާއި މުހައްމަދު މޫސާ އާއި ސަމީރެވެ.

ނޫރުޖަމިއްޔާއިން  މިކަމަށް ދީނީ ޢިލްމުވެރިން ކުޅުދުއްފުއްޓަށް ގެނެސްގެން ވަރަށް މާތް މަގުސަދެއްގައި މިރަށުގެ މީހުންނަށް އިސްލާމްދީނުގެ ކަންތައްތަކަށް ލޯބިޖައްސައި މަޢުލޫމާތު ދިނުމާއި ނަސޭހަތް ދިނުމުގެ ބޭނުމުގައި ކުރައްވަމުންގެންދަވާ ވަރަށް ބުރަމަސައްކަތެއްކަން ކުޅުދުއްފުށީގެ ކޮންމެރައްޔިތަކުވެސް އުފާއިއެކު މިއަދު ގަބޫލު ކުރަންޖެހޭ ހަގީގަތެކެވެ.

މިޖަމިއްޔާ އުފެދުނީންސުރެ މިއަދާއި ހަމައަށްވެސް ދަނީ އިސްލާމްދީނުގެ ކަންތައްތައް މިރަށުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ޕްރޮގްރާމްތައް ހިންގަމުންނެވެ. މިޖަމްއިއްޔާއިން ޝޭހުން ގެނެސްގެން މިދެއްވާ ނަސޭހަތްތައް އަޑުއަހައިގެން ލިބެމުންދާ މަޢުލޫމާތުތަކުގެ ބޭނުން ކޮންމެބޭފުޅަކުވެސް ހިފައި މާތްވެގެންވާ އިސްލާމްދީނުގައި އަންގަވައިފައިވާ ގޮތަށް އުޅެމުންގެން ދިއުމުން މާތްﷲ ތިއެންމެ ބޭފުޅުންނަށް ރަހުމަތް ލައްވާށި. އަދިހަމަ ނޫރުޖަމްއިއްޔާގެ އެންމެހާބޭފުޅުން މިކުރަވައްވަމުން މިގެންދަވާ މަސައްކަތަށް މާތްﷲ ބަރަކާތްލައްވާށި.

ވަޒީފާގެ ފުރަތަމަ ދުވަސް…
ނޫރު

ކޮންމެ މީހަކުވެސް އެމީހެއްގެ ވަޒީފާގެ ފުރަތަމަ ދުވަހު ހިތްއަވަސްވުން ފަދަ ކަންކަމާ ކުރިމަތިލާންޖެހެއެވެ. އަދި މިހެން އުޅުމުގެ ތެރޭގައި ވަރަށް ގިނަފަހަރަށް ލަދު ގަންނަން ޖެހޭފަދަ ކަންކަމާވެސް ކުރިމަތިލާންޖެހެއެވެ. ގިނަފަހަރަށް މިހެންވަނީ ވަޒީފާއަށް ރަނގަޅަށް ތައްޔާރު ނުވެވޭތީއެވެ. ނޫންނަމަ މުޅިންއައު ތަޖުރިބާއެއްކުރަންޖެހޭ ދުވަހަކަށް ވާތީއެވެ. ދެންކޮންމެއަކަސް މިކަހަލަ ގޮތްތައްވެސް މީހުންނަށް ވަނީތާއެވެ. އަޅުގަނޑު މިއުޅެނީ މިކަމާބެހޭގޮތުން ބޮޑު ތަގުރީރެއް ލިޔާކަށްނޫނެވެ. މިފަހަރު  އަޅުގަނޑުގެ ރައްޓެއްސެއްގެ ގެއަށްގޮސް އުޅުމުގެތެރޭގައި، އޭނާގެ ޑައިރީން ފެނުނުތަންކޮޅެއް ހަމަ ހިއްސާކޮށްލާ ހިތްވީއެވެ. މުޅިއަކުން އޭނާ ބޭޒާރުކޮށްލާކަށްވެސް ނޫނެވެ. އެކަމަކު އެ ލިޔުމުގައި އަޅުގަނޑުގެ ނަންވެސް ހިމެނިފައި ވާތީއާއި، ޚުދު އަޅުގަނޑުވެސް އެ ‘ހާޖައިނުގަނޑު’ ހިނގި ދުވަސް ހަނދާންހުރުމާވެސް އެކީގައެވެ. އެއީ މީގެ ފަސްވަރަކަށް އަހަރުކުރިއެވެ. ދެން އެ ލިޔުން ނަކަލު ކޮއްލާނަމެވެ.

“…. ވަރަށް ލޯބިވެތި ގޮތަކަށް ނިޒްހާ އަހަރެންގެ ގާތަށް އަންނަންފެށިއެވެ. ކޮޓަރީގައި ދިއްލާފައި ހުރި ހޮޅިބުރީގެ އަލީގައި ނިޒްހާ ފެންނައިރު ހީވަނީ އެހެންފަދަ ކަމެއްހެންނެވެ. ފާޑަކަށް އާ ގަނެވިފައި އަހަރެންނަށް އޮއެވުނީއެވެ. ނިޒް އައިސް އަހަރެންގެ ގާތުގައި ހުއްޓުނެވެ. އަދި އަހަރެންގެ މޫނުގައި ނިޒްގެ މޫނު ކިރިޔާ ޖެހޭ ނުޖެހޭ ހިސާބުގައި އިށީނދެ ލާފައި ވައި އަޑަކުން ‘އައި ލަވް ޔޫ’ އޭ ބުނެލިއެވެ. އަހަރެންގެ ހިތުގެ ވިންދު އަވަސްވާންފެށިއެވެ. ލޯލިތައް ކޮޅަށްޖެހުނެވެ. ނިޒްގެ ނޭވާގެ ހޫނުކަން އިހުސާސްކުރެވެން ފެށުމުން ވީގޮތެއްކަންނޭނގެ އެވެ. ނިޒްގެ ކަނާއަތުން އަހަރެންގެ ކޯތާފަތުގައި ފިރުމާލަމުން އަހަރެންގެ ނިތްކުރިއަށް ބޮސްދިނެވެ. ނިޒް، އެއްކޮށް ކަހަލައިން އަހަރެންގެ ގައިމަތީގައި އޮތްއިރު، އޭނާގެ ހިތުގެ ވިންދު އަހަރެންނަށް އިހުސާސް ކުރެވެއެވެ. މިއީ އެބުނާ ރޮމޭނިއޯއެއްތޯ ރޮމޭންޓިކެއްތޯ ކިޔާ ވަގުތުކޮޅު ކަންނޭނގެއެވެ. އަހަރެންނަށް ކުރެވެމުންދިޔައީ ބުނެދޭންވެސް ނޭނގޭކަހަލަ އިހުސާސްތަކެކެވެ. ނިޒް އަހަރެންނާއި ހަތަރު ކަޅި ހަމަކޮއްލުމަށްފަހު ހީލިއެވެ. އަދި އޭނާގެ ތުންފަތް އަހަރެންގެ ތުންފަތާއި ކައިރިކޮއްލި އެވެ. އެއަށްފަހު ދެލޯމަރާލިއެވެ. އަދި ވަރަށް ބާރަށް……… ހަޅޭއްލަވައިގަތެވެ!!!”

ވީފޫއްސެއް ނޭނގުނެވެ. ސޯނާގަޑީގެ އަޑުފައްގަނޑެވެ. ސްކޫލަށްދާން ގަދަކަމުން ހޭލައްވަންޖެހޭ މީހަކު، ސްކޫލަށް ނުދާއިރު އަވަހަށް ހޭލާނެހެއްޔެވެ؟ ސޯނާގަޑި ނިއްވާލުމަށްފަހު، ބާލީސް މޫނުމަތީގައި އަޅައިގެން އަނެއްކާވެސް އޮށޯތީއެވެ. އެކަމަކު އަރާމުގައި އޮއެވުނީ ހަމަ ކުޑަ ހިނދުކޮޅަކަށެވެ. ދެބަނިދީގައި އޮއްވާ، ކުއްލިއަކަށް ހަނދާންވީ އަހަރެންގެ އައު ވަޒީފާގެ މަތިންނެވެ. މިއީ ފުރަތަމަ ދުވަސްކަމެވެ. ކަމަކުދާކަށްނެތެވެ. ވަގުތު މިއޮތްގެން ކުޑަތަންވަނީއެވެ. ނަގޫޖެހިތާ ބޯޖަހާފައި އެނދުންފުންމާލައިގެން އަވަހަށް ދުއްވައިގަތީ ފާހާނައާއި ދިމާލަށެވެ. ބުރުހުގައި ރަނގަޅަށް ބޭސްޖެހުން ކަމެއްވެސް ނޭނގުނެވެ. އަނގައަށް ލެވުމާއިއެކު ދެފަރާތަށް އުނގުޅައިގަތީމެވެ. މާތްކަލާކޯއެވެ! ފަނިކައިފައިވާ ކޮލުދަތުގައި ރިއްސާލީ، މާބަނޑު އަންހެނަކަށް ވިހެއުމުގެ ގަދަ ވޭންވަރެއް އަންނަހެންނެވެ. ވީތަދާއިއެކު ކޯދޮވެލުމަށްފަހު، ކޯތާފަތުގައި ދެފަހަރު ރޭޒަރު ހާކާލީމެވެ. މޫނުފުހެލުމަށްފަހު އަވަސްއަވަހަށް ކޮޓަރިތެރެއަށް ދެމިގަތީ ފެންވަރާނެހާ ވަގުތު ނެތްކަން އެނގޭތީއެވެ.

އަދި ކަންތައްފެށުނީއެވެ. އަލަމާރިތެރޭގައި ހުރި ގަމީސްތައް ހީވަނީ މީދާކޭ އުނބެއްގެތެރެއިން ނެރެފައިހުރި އެއްޗެހިތަކެއްހެންނެވެ. އަވަސްގޮތަކުން އިސްތިރިހާކާލުމަށްފަހު، ދުވި ބާފޮތި އަނދާވަހަކަށްނުބަލާ ގަމީސްލިމެވެ. އަހަރެންނަކީ ދުވަހަކުވެސް ޓައީއެއް އެޅި މީހަކަށްނުވާތީ، ޓައީގައި ގޮއްޖަހަން އަތްލާނެ ގޮތެއްވެސް ނޭނގުނެވެ. އެހެންކަމުން ޓައީ އަޅާނީ އޮފީހަށްގޮސްފައިކަމަށް ނިންމާފައި ބެގީކޮށްލައިގެން ޓައީ އަތުންހިފައިގެން، އަށްވަނަ ބުރިން އެންމެ ތިރިއަށް ފޭބުނުއިރު މީހާހުރީ އެކަށް ގުނބުހިލިފައެވެ. ވީމޮޅާއިގެން އަވަހަށް ސައިކަލަށްއެރީމެވެ. އެކަމަކު އިންޖީނު ރޯކޮށްލަން ދިހަވަރަކަށްފަހަރު ކިކްޖެހިއިރުވެސް ތަށަށްކިޔަނީ މަރިޔަނބުހޭ ވެސް އަހައެއްނުލިއެވެ. ސުބުޙާނަ ﷲ އެވެ. ޕެޓްރޯލު ހުސްވެގެން ރޭގައި ސައިކަލު އަތުންހިފައިގެންގެނައި ހަނދާންއެވީ އަދިކިރިޔާއެވެ. ކަންތަކާޖެހުނީއެވެ. ގަޑިޖެހެން ފަސް މިނެޓްހާއިރުވެސް ދެން ނެތެވެ. ގަޑިއަށް ދެވޭނެކަމަށް ޓެކްސީއަކަށް ގުޅުމުގެ ބޭނުމެއްވެސްނެތެވެ. ހާސްވީވަރުން މުޅިމީހާ ދާހިއްލާ ފޯވެއްޖެއެވެ.

ދެންއޮތީ އެންމެ ހަތިޔާރެކެވެ. ގޭގައި ގެންގުޅޭ ބަންގާޅު މީހާ ދުއްވާ ބައިސްކަލުގައި ވީހާ ބާރަކަށް ދުއްވާލީމެވެ. މާފަންނު އެޔޮށް ކޮޅުކޮޅުން ހެންވޭރު އަނެއްކޮޅުކޮޅުގައި ހުރި އޮފީހަށް ދެވުނުއިރު މީހާހުރީ ވަރުބަލިވެގެން އެކަށް ބޮކިއަރާފައެވެ. ވަރަށް ހަމަޖެހިލާފަކަމަށް ހަދާފައި އޮފީހަށް ވަދެގެން ދާންފެށީމެވެ. އަހަރެންނާއި ދިމާލަށް ބަލާލައިފައި ކޮންމެ މީހަކަށްވެސް އަންނަންފެށީ ރަކި ހިންޏެކެވެ. އެތާތިބި އަންހެންބައިގަނޑެއްގެ ފަސްދީ އަހަރެން ދިޔުމުން، އެމީހުންވެސް ފެށީ ޕަކާސްލައިފައި ހޭށެވެ. އެހާހިސާބުން އަހަރެން ލަދުގަންނަން ފެށީ އަމަށަކު ވަރަކަށްނޫނެވެ. ކޮރެމުން ދުވަމުން ކަހަލަގޮތަކަށް އަހަރެންގެ ކެބިންއަށް ދަނިކޮށް، ނަސީބަކުން އަހަރެންގެ ރައްޓެހި ނޫރު ފެނުނެވެ. އޭނާއަށް އަހަރެން ފެނުމާއިއެކު، އަތުގައި ހިފައިގެންގެންގޮސް ފާހާނަ ބަރި ކައިރީގައި ހުރި ލޯގަނޑެއްގެ ކުރިމާތީގައި ބަހައްޓާލިއެވެ.

އަސްތަޣްފިރު ﷲ އެވެ. ކަމަކު ދާކަށްނެތެވެ. މީހާ ހީވަނީ ކުކުޅު ނޮޅަން ނޭނގޭމީހަކު ނޮޅާފައި ހުރި ކުކުޅެއްހެންނެވެ. ބޯ ހީވަނީ ފުނާ އެޅިފައި ހުރިގޮތުން ހާމުންޑިއެއް ހެންނެވެ. ހަފުތާއެއްވަންދެން ނުބާލާހުރި ތުނބުޅި ބޭލިފައިހުރީ އެތަންމިތަނުންނެވެ. ލައިގެން ހުރި ގަމީސްތޯއެވެ! ފުރަގަހުން ދެތިންތަނުން ވަނީ އަނދާފައެވެ. މީހުން ނުހީހުންނާނެ ހެއްޔެވެ؟ އަދި މިވަރުން ނިމުނީކީނޫނެވެ. ދަށުންލެވިފައިހުރީ ނިދަންލާ ހަރުވާޅެވެ. އަވަސްކުރަން ހަދައިގެން ބަދަލުކުރަން ހަނދާންނެތުނީއެވެ. ގައިމުން މިޔޮށް ބޮޑު މާލޭގައި، އަދިއެވެސް ބޮޑު ރެލީއެއްގައި މިދުއްވީ މިހެންހުރެގެންނެވެ. ނޫރުގެ އެހީތެރިކަން ނުލިބުނުނަމަ، އެދުވަހު އަހަރެން ލަދުން މަރުވީހެވެ. ވާނީވެސް އެހެންތާއެވެ. ނިޒްހާގެ އެޔޮށް ރީތި ހުވަފެން ޚަރާބުވީ ވިއްޔާއެވެ…”

ކުޅުދުއްފުށި ތަރައްޤީގެ ރޭހުގައި ފަހަތަށްޖަހަނީ!
ނޫރު

ކުޅުދުއްފުއްޓަކީ  ރާއްޖެއިން އުތުރުގެ ރަށްތަކުގެ ‘މާލެ’ އެވެ. އުތުރުގެ މައި މަރުކަޒެވެ. ފެންވަރު  ރަނގަޅު ތަޢުލީމުން ފެށިގެން ގޮސް، ބޭސް ފަރުވާ އާއި ގެދޮރު އިމާރާތްކުރުމުގެ  ސާމާނާއި ކާބޯތަކެއްޗާއި އަދިވެސް ދިރިއުޅުން އެކަމަކަށް ބަރޯސާ ވެފައިވާ އެންމެހާ  ކަންތައްތަކެއްގެ މައި ދުއްކާނެވެ. މިހާރުގެ ގޮތަށް ބުނާނަމަ އުތުރުގެ ‘ރަން  ތާޖެވެ’. މިރަށް މިގޮތަށް ތަރައްޤީވެގެން ގޮސްފައި މިވަނީ ސަބަބުތަކެއް  ނެތިއެއްނޫނެވެ. އެކަކަށްވެސް އޮޅިފާނުވާނޭ ފަދައިން މިރަށަކީ މަސައްކަތްތެރި،  ހީވާގި ރައްޔިތެއް ދިރިއުޅެމުން ދިޔަ ރަށެކެވެ. ވަކިކަމެއް އިސްތިސްނާ  ނުވާނޭގޮތުގެމަތިން ހުރިހާ މަސައްކަތްތަކެއްވެސް ކުރެވެމުންދިޔަ ރަށެކެވެ. މީގެ  އިތުރުން، ކަންކަމުގައި  ބަސްކިޔާ ނުފޫޒުފޯރުވާ، ކެރޭ ޖެހިލުންކުޑަ ބަޔަކު ދިރިއުޅުނު ރަށެކެވެ. މިރަށަކީ  މިރަށުގެ ކާބަފައިން މިރަށަށްޓަކައި ކޮއްދެއްވެވި މިންނެތް މަސައްކަތުގެ ސަބަބުން،  ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެހެން ރަށްތައް ބަލަބަލާތިއްބާ ތަރައްޤީވެ  ކުރިއަރައިގެން ދިޔަރަށެކެވެ. އެހެންނަމަވެސް، ކުރިޔާ ޚިލާފަށް މިއަދު މިފެންނަނީ  މިޔާއި މުޅިންހެން އިދިކޮޅު މަންޒަރުތަކެކެވެ.

އަހަރެމެންގެ  ކާބަފައިންގެ ޒަމާނުގައި މިރަށުގެ މައިކަށިތަކުން ނުހަނު އަޒުމާއިއެކު  ކަންކަންކުރުމަށް ހިތްވަރުނެރުނެވެ. ނުހަނު ޖޯޝާއި ފޯރީގައި އަދި ރަށުލޯބީގައި  ރަށަށް ޚިދުމަތްކުރަމުން ދިޔައެވެ. ނިކަން ހަނދާނަށްގެންނަވާބައްލަވާށެވެ.  ބޮޑުތަދުގެ ދުވަސްވަރު މިރަށް ކީއްކުރަން ހެއްޔެވެ؟، މުޅި އުތުރުގެ ރައްޔިތުންގެ  ހައްޤުގައި ނުކުތް ނުކުތުމުގައި ނަގާކީ އަހަރެމެންގެ ޖެހިލުންކުޑަ ކާބަފައިންނެވެ.  އޭރު މުޅި ހާ އަތޮޅުގެ ކަންތައްތައް ބަލަހައްޓަމުންގެންދިޔައީ ކުޅުދުއްފުށިންނޭ  ބުނުމުން ދޮގަކަށްނުވާނެކަން ކަށަވަރެވެ. އަދި ހަމަ މިޔާއިއެކު ހދ އަތޮޅުގެ  ވެރިކަން މިރަށަށް، ސަރުކާރުން  ބަދަލު ކުރެއްވި ކުރެއްވުމަކީ، މިރަށް ތަރައްޤީވަމުން ދިޔަ ބާރު ދުވެލީގެ އަލިގަދަ  ހެއްކެކެވެ. އަދިވެސް ހަނދާންކުރައްވާށެވެ. ބިރުވެރިކަމުން އެންމެހާ ދިވެހިންގެ  ހިތްތައް ފުރުނު ނޮވެމްބަރު 3ގައި މިޤައުމު ދިފާޢުކުރުމަށް ޖާނާއި ފުރާނައިން  ޤުރުބާންވުމަށް އެންމެ ކުރީސަފުގައި އެންމެ ފުރަތަމަ ނުކުމެ، އަމިއްލަ ނަފުސާއި  އާއިލާއާއި އަދި ލޯބިވާ އެންމެންނާއިއެކުގައި ކުރެވޭނޭ ހުރިހާ އުފާތައް  ޤުރުބާންކޮށް، ޝަހީދުވެގެން ދިޔައީވެސް ހަމަ މިރަށުގެ ހިތްވަރުގަދަ  ފަހުލަވާނެކެވެ. މިއީ އޭރުގެ ކުޅުދުއްފުށީ ދަރިން މިރަށުގެ އަދި މިޤައުމުގެ  ތަރައްޤީއާއި ކުރިއެރުމާއި ސަލާމަތައް އިސްކަންދިން މިންވަރެވެ. އެހެން  ނަމަވެސްތޯއެވެ! މިހާރު މިހުރިހާކަމެއް މިވަނީ އެކީއެކަށް ބަދަލުވެފައެވެ.

މިހާރު  ރަށުގައި ރަށުލޯބި ހުރި މީހަކު ނެތޭ ބުނާހާވެސް މަދެވެ. ކޮންމެ މީހަކުވެސް  މަސައްކަތްކުރާތަން ފެންނަނީ އެމީހެއްގެ އަމިއްލަ ލާބައާއި މަންފާއަށެވެ. ކޮންމެ  މީހަކުވެސް ފެންނަނީ ކޮންމެވެސް މާއްދީ މުދާގަނޑެއް ހޯދުމަށް ހޭބޮއެނާރާ އުޅޭތަނެވެ.  ރަށުގެ މަސްލަޙަތާއި ތަރައްޤީއަށް ވިސްނާ މަސައްކަތްކުރާތަނެއް  ހަމައެއްގޮތަކަށްވެސް ނުފެނެއެވެ. ރަށުގެ އެއްބައިވަންތަކަން މިވަނީގެއްލިފައެވެ. ފިތުނަވެރިކަމުގެ  ހުޅުގަނޑު ފެތުރިގެން މިދަނީ، ‘ހައްވަ ގޯތި ބޮޑު އާދަނު މާވަހަރެއް ހޮވައިފިއޭ  ރަށުތެރޭގައި ގޮވާލާހާ’ އަވަހަށެވެ. އަރާރުންތައް މިވަނީގިނަވެފައެވެ. ބަދު  އަޚުލާގީ އަމަލުތަކެވެ. މާރާމާރީ އާއި މަސްތުވާތަކެތީގެ ވަބާއެވެ. މިހެން ގޮސް  ދެން ކިޔާނެ ކަމެއްނެތެވެ. ނުބައި ކިޔައިފިއްޔާ ހުރިހާކަމެއް މިއަދު މިދަނީ  މިރަށުން ފެންނަމުންނެވެ. މިހެން މިކަންވަނީނަމަ ތަރައްޤީގެ ރޭހުގައި މިރަށްދާނީ  ދުވައެއް ދުވަހަކަށް ފަހަތަށެވެ.

މިތަން  ކިޔާފައި ތިބޭފުޅުންގެ ހިތްޕުޅަށް އަރައިފާނެއެވެ. ‘މީނާ މިކިޔަނީ ކީކޭ ހެއްޔެވެ؟!  ހަމަގައިމުންވެސް، ކުޅުދުއްފުށި  ފެންނަނީ ތަރައްޤީވާތަނެވެ. ކުރިންނެތް ބަނދަރެއް މިހާރު އެބައޮތެވެ.  ނާސަރީންފެށިގެން މަތީ ސާނަވީއާއި ހަމައަށް، ރަށުން ތަޢުލީމުލިބެން އެބަހުއްޓެވެ.  ރަނގަޅު ސިއްޙީފަރުވާ ލިބެންއެބަހުއްޓެވެ. ދިރިއުޅުމަށް ބޭނުންވާނެ އެންމެހާ  ސާމާނުހެން ލިބެންއެބަހުއްޓެވެ. ރޭނގަޑު ނިދާލާފައި ތެދުވާހާ ވަގުތުކޮޅެއްގައި ހަމަ  ކޮންމެ މީހަކަށްވެސް މާލެދެވޭނޭ ފެރީތައް އެބަހުއްޓެވެ. ކަރަންޓާއި މުޢާސަލާތީ ޚިދުމަތްތައް ބަރާބަރަށް ލިބެއެވެ. ދެން  މިރަށް ތަރައްޤީނުވެއޭ ބުނެވޭނީ ކިހިނަކުންހެއްޔެވެ؟؟’

ދަންނަވަންތޯއެވެ. ކުޑަކުއްޖަކަށްވެސް ކާންލިބޭނަމަ  ބޮޑުވާނެއެވެ. އެހެންނަމަވެސް އެކުއްޖާއަށް ދުނިޔޭގައި އުޅޭނެގޮތާއި ތަޢުލީމާއި  މަސައްކަތްތެރިކަން އުގަންނައިދެވިފައި ނުވާނަމަ، މުޖުތަމަޢުގެ ނަޒަރުގައި އެކުއްޖާ ‘މީހަކަށް’ ވާނެހެއްޔެވެ؟ ހަމަ  މިބީދައިން ދުނިޔެ ކުރިޔަށް ހިނގާނަމަ މިރަށްވެސް ކުރިއަރައިދާނެއެވެ. އަދި މިހާ  ހުޅުވިފައިވާ ދުނިޔެއެއްގައި، މިތަރައްޤީ މާ ހަލުވިކަމާއިއެކު  ފެތުރިގެންދާނެއެވެ. އެހެންނަމަވެސް މުޖުތަމައެއް ތަރައްޤީވިކަމަށްބެލެވޭނީ  މާއްދީގޮތުންނާއި މަޢުނަވީގޮތުން ތަރައްޤީވެގެންނެވެ. އެމެރިކާއަކީ އެންމެ  މުއްސަނދި އަދި ތަރައްޤީގެގޮތުން އެންމެ ކުރީސަފުގައި އުޅޭ ޤައުމުކަމަށް އެންމެންވެސް  ގަބޫލުކުރާ ގައުމެވެ. އެހެންނަމަވެސް ނިކަންބަލާށެވެ. އެމީހުންގެ އެތަރައްޤީ  އަހަރެމެން ތަރައްޤީގެގޮތުގައި ބަލައިގަންނަން ހެއްޔެވެ؟ އެތަރައްޤީ ދުނިޔެ  ބަލައިގަނޭހެއްޔެވެ؟ ޖަވާބަކީ ނޫނެކެވެ. އެއީ ކީއްވެހެއްޔެވެ؟ އެއީ އެމީހުންގެ  އެއްވެސް އަގަލެއްނެތީމައެވެ. އެމީހުން އެހެންމީހުންނަށް އިހުތިރާމް ނުކޮށް  ހިތުހުރިހާ ގޮތެއް ހަދަމުންގެންދާތީއެވެ. ހަމަ މިގޮތަށް މިރަށްވެސް މާއްދީގޮތުން  ހަލުވިކަމާއިއެކު ތަރައްޤީވަމުންއެބަދެއެވެ. އެހެންނަމަވެސް މަޢުނަވީ ތަރައްޤީ  ހަމަ އެއްގޮތަކަށްވެސް އަންނަތަނެއް ނުފެނެއެވެ.

ނިކަން ވިސްނަވާށެވެ. ކުރިން މިރަށުގެ ރައްޔިތުންގައި  އޮތް އެއްބައިވަންތަކަން ކޮބާހެއްޔެވެ؟ އެކަކު އަނެކަކަށް އެހީތެރިވެދީ އުޅުނު  އުޅުން ކޮބާހެއްޔެވެ؟ ރަށުތެރޭގައި އޮތް އަމާންކަން ކޮބާ ހެއްޔެވެ؟ ދީނީ  އެއްބައިވަންތަކަން ކޮބާހެއްޔެވެ؟ މައިންބަފައިންނަށް ކިޔަމަންތެރިވާ ދަރިން  މިހާރު ނޫޅެނީހެއްޔެވެ؟ މުދައްރިސުންނަށްކުރަމުންއައި އިހްތިރާމް ކޮބާހެއްޔެވެ؟  އަވައްޓެރި ރަށްރަށުން އަންނަ މުސާފިރުންނަށް ދިން މެހެމާންދާރީ ކޮބާހެއްޔެވެ؟  އެމީހުން އަހަރެމެންނަށް ކިޔަމުންއައި ސަނާތަކާއި ކުރަމުންއައި ޤަދަރު ގެއްލުނީ  ކީއްވެހެއްޔެވެ؟ މިއީ މައުނަވީގޮތުން އަހަރެމެންގައި ކުރިންހުރި، އެހެންނަމަވެސް މިހާރު ނެތެމުންދާ ކަންތައްތަކެވެ. ދުވަހެއް ދުވަހަކަށް  އަހަރެމެން ނާތަހުޒީބުވެގެން ދިޔުމާއި ކައިރިވާކަން ދައްކައިދޭ ކަންކަމެވެ.

މިތަރައްޤީ އަހަރެމެންގެ ތެރެއަށް ނާންނަނަމަ  ނިކުންނާނެ ނޭދެވޭ ކަންތައްތައް މިހާރު މިދަނީ މިރަށުން ފެންނަމުންނެވެ. ކުރިން  ދެންނެވިހެން ނުބައި ކިޔައިފިއްޔާ ހުރިހާކަމެއް މިދަނީ ފެންނަމުންނެވެ.  ނަތީޖާއަކަށް ވެގެންދާނީ އެހެންމީހުންގެ ކުރިމަތީގައި މިރަށުގެ  އަގުވެއްޓިގެންދިއުމެވެ. އެހެންމީހުންގެ އިހުތިރާމާއި ޤަދަރު ނުލިބުމެވެ.  އެހެންމީހުންގެ ބަދު ދުޢާ ލިބެންފެށުމެވެ.  ދިވެހި މުޖުތަމަޢުން މިރަށް ބާކީވެ އެކަހެރިވުމެވެ. ދިރިއުޅުމުގެ މުއާމަލާތްތައް  އެހެންމީހުންނާއިއެކު ކުރުމުން މަހުރޫމުވުމެވެ. މިރަށު މީހުންނަށް ވަޒީފާ ދިނުމަށް  އެހެންމީހުން ފަސްޖެހުމެވެ. އެހެންގޮތަކަށް ބުނަނީނަމަ، ހަގީގީ ތަރައްޤީ މިރަށަށް  ނައުމެވެ. އެހެންކަމުން މިއީ މިރަށުގެ ހަމަ ކޮންމެ މީހަކުވެސް މިހާރު  ވިސްނަންވެއްޖެ ކަމެކެވެ. ރަނގަޅުކުރަންވެއްޖެ ކަންތައްތަކެއް އެބަހުރިކަން ދަނެ،  އެކަން ގަބޫލުކޮށް، އެކަންކަން ރަނގަޅުކުރުމަށް ފަރުދީ ހައިސިއްޔަތުންވެސް  މަސައްކަތްކުރަންވެއްޖެ ކަމެކެވެ. އެހެންނޫންނަމަ، މިހާރެކޭ އެއްގޮތަށް ތަރައްޤީގެ  ރޭހުގައި ދުވަހެއް ދުވަހަކަށް މިރަށްދާނީ ފަހަތަށެވެ.

ސްކޫލްތައް ޕްރައިވެޓައިޒް ނުވަތަ އިންޓަރނޭޝަނަލް ކުރުމުން…
ނޫރު

ރާއްޖެއަކީ  ފެށުނީއްސުރެވެސް ބޭރު ޤައުމުތަކާއި ފައިހަމަކުރުމަށް ހިތްވަރާއިއެކު  މަސައްކަތްކުރަމުން އަންނަ ގައުމެކެވެ. އަދި ތަރައްޤީގެ ރޭހުގައި އެތަކެއް  ކާމިޔާބީތަކެއް ހާސިލުކުރަމުން އަންނަ ގައުމެއްވެސްމެއެވެ. މިގޮތުން ފަހުގެ ތާރީޚުގައި  ރާއްޖެއަށް އައި ތަރައްޤީގެ އެންމެ ބޮޑު އިންޤިލާބެއްކަމަށް އެންމެންހެން  ގަބޫލުކުރާކަމަކީ ‘އަނެއް ދިވެހި ރާއްޖެއަށް’ ދިއުމަށްޓަކައި މި ދިވެހި ނައުގެ  ޒަމާންވީ ކައްޕިތާނު ބަދަލުކޮށް މުޅިން އައު ފަހުލަވާނެއް އެމަގާމަށް އައްޔަނުކުރުމެވެ.  މި އައު ސަރުކާރުން މުޅިން އައު ކަންތައްތަކެއްވެސް މިދަނީ ތަޢާރަފުކުރަމުންނެވެ. ކުރީގެ  ވެރިންނަށް ގޮންޖަހަމުންނެވެ. އެގޮތުން ‘އަތް ފޯރާފަށުގައި’ ތަޢުލީމު  ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ ވާހަކައަކީ މިހާރު އެންމެ އަޑުހަރުކޮށް ދެކެވި، އަދި  އަމަލީ މަސައްކަތަތައްވެސް ފެށި ފައިވާ މަދުކަންކަމުގެ ތެރެއިން އެއްކަމެވެ. އާދެ!  ސްކޫލްތައް ޕްރައިވެޓައިޒް ނުވަތަ އިންޓަނޭޝަނަލްކުރުމުގެ ވާހަކައެވެ.

އިންޓަނޭޝަނަލްކުރުމޭ  ބުނުމުން އެންމެ ފުރަތަމަވެސް ސިފަވެގެންދަނީ ތަހުޒީބާއި ތަރައްޤީއެވެ. ރާއްޖެއާއި  ބައިނަލަޤްވާމީ މުޖުތަމަޢުގެ ބަދަހިކަމެވެ. އާދޭހެވެ! އިންޓަނޭޝަނަލް ސްކޫލްތަކެއް  ޤާއިމުކުރުމުން ބޭރު ދުނިޔެއަށް ރާއްޖެ މިހާރަށް ވުރެ ބޮޑަށް ހުޅުވިގެންދާނެއެވެ. ފަތުރުވެރިކަން  ތައާރަފުކުރުމުގެ ސަބަބުން ބޭރު ޤައުމުތަކަށް ރާއްޖެ ހުޅުވިގެންދިޔަ ގޮތަށެވެ. އޭގެކުރިން  ރާއްޖެ ދަންނަ މީހަކު ނެތޭ ދެންނެވިއަސް ދޮގަކަށްނުވާނެއެވެ. އެހެންކަމުން މިފަދަ  ސްކޫލްތަކެއްގެ ސަބަބުން ރާއްޖެ އިތުރަށް މަޝްހޫރުވެ، ބޭރުމީހުން ގިނައިން  ޒިޔާރަތްކުރާ ޤައުމަކަށް މިޤައުމު ވެގެންދާނެއެވެ. ނަތީޖާއެއްގެގޮތުން ބޭރުގެ  އިންވެސްޓަރުން ލިބުމުގެ މަގުފަހިވުމުގެ ސަބަބުންނާއި ރާއްޖޭގައި ދިރިއުޅެންފަށާ  ބޭރު ޢާއިލާތަކުން ‘ހެސްކިޔާފަ’ ލިބޭ ބޭރު ފައިސާގެ ސަބަބުން ތަރައްޤީގެ އައު  އުސްމިންތަކަކަށް ވާސިލުވުމުގެ ފުރުސަތު ހަމަ ޔަގީނުންވެސް ބޮޑުވެގެން ދާނެއެވެ.

ހަމަ  މިއާއިއެކު މިފަދަ ސްކޫލްތަކެއްގެ ސަބަބުން މިހާރުގެ ސަރުކާރަށް ދިމާވެފައިވާ  އެންމެ ބޮޑުމައްސަލަ، ބަޖެޓު ‘ކާޑަށް’ ޖެހިފައިވުމުގެ މައްސަލައަށްވެސް ލުޔެއް  ލިބިގެން ދާނެއެވެ. މިފަދަ ސްކޫލްތަކަށް ސަރުކާރުގެ މާލިއްޔާއިން ޚަރަދުކުރަން  ނުޖެހުމުގެ ސަބަބުން، މިފައިސާ ޤައުމުގެ އެހެނިހެން ކަންކަމަށް ބޭނުންކުރުމުގެ  މަގު ތަނަވަސްވެގެން ދާނެއެވެ. އާދެ، މިރަށުގައި ނަމަ ކެމްޕަހުގައި ނުފެށިގެން  އުޅޭ ކޯސްތަކަށް ޚަރަދުކުރުމަށާއި ރިޒޯޓުތަކަށް ކުދިން ތަމުރީނުކުރުމަށް ހޮޓެލް  ސްކޫލް ޤާއިމުކުރުމަށާއި ކުރީގެ ސަރުކާރުން ‘ރަޑަ ހާވާފައި އޮތް’ ބަނދަރު  މަރާމާތުކުރުމަށާއި ކުޅިވަރު އެކުވެންޏާއި ޒުވާނުންގެ މަރުކަޒާއި މަސްވެރިންގެ  މަރުކަޒާއި ފްލެޓްތައް އެޅުމަށާއި މިހެންގޮސް ބަޖެޓުގެ ސަބަބުން މިހާރު ނުފެށިގެން  އުޅޭ ހުރިހާ މުހިއްމު ކަންތައްތަކެއް ކުރުމަށް މަގުފަހި ވެގެންދާނެއެވެ.

މީގެ  އިތުރުންވެސް ، ސްކޫލްތަކުން ދެވޭ  ތަޢުލީމުގެ ފެންވަރުދަށްކަމުގައި މިހާރަކަށް އައިސް މިދެކެވޭ ވާހަކައަށް ނިމުމެއް  އަންނާނެއެވެ. މިފަދަ އިންޓަނޭޝަނަލް ސްކޫލްތައް ހިންގާނީ ވިޔަފާރި  ކުންފުނިތަކުންކަމަށްވާތީ އެމީހުންގެ ވިޔަފާރި ރަނގަޅުކުރުމަށް އެފަދަ  ސްކޫލްތަކުން ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެކުންފުނިތަކުން  މަސައްކަތްކުރާނެއެވެ. މިކަމުގެ ސަބަބުން އެންމެ ފެންވަރު ރަނގަޅު ތަޢުލީމު  އަހަރެމެން ރައްޔިތުންނަށް ލިބިގެންދާނެއެވެ. އަދި ފެންވަރު ރަނގަޅު ތަޢުލީމު  ހޯދައިދިނުމަށް ދަރިން މާލެއަށް، ނުވަތަ ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭޖެހުމަށް  ލުޔެއްލިބިގެން ދާނެއެވެ.

މިހުރިހާ  ފަސޭހައަކީ އާދައިގެ މީހަކަށް އަންދާޒާކުރުމަށް އުނދަގޫވާނެހާ ބޮޑެތި ލުއި  ފަސޭހަތަކެކެވެ. މިއަދުގެ ސަރުކާރުން ރައްޔިތުންނަށް ހޯދައިދިނުމަށް  މަސައްކަތްކުރަމުން މިދާލުއިފަސޭހަކަމަކީ ހަމަ ކުރިންވެސް މަސައްކަތްކުރިނަމަ  ކުރެވޭނެ ކަންތައްތަކެވެ. (އެސަރުކާރުން އެކަންނުކޮށް ލާރި ބޮނޑި ކެއީތޯޗެކެވެ. ކަންޖޫސް  ބައެއް ދެއްތޯއެވެ!…)

މިހުރިހާ  ފަސޭހަތަކާއި އެކު އަޅުގަނޑުގެ ހިތަށް ދެންވަދެގެން ދަނީ، އިންޓަނޭޝަނަލް ސްކޫލްތަކަށް ޓީޗަރުން  ހޯދުމަށް، އެ ސްކޫލްތައް  ހިންގާ ކުންފުނިތަކުން ޢަމަލުކުރާ އުސޫލެވެ. ކުރިން ދެންނެވިހެން، މިފަދަ ކުންފުނިތަކުން  އަބަދުވެސް މަސައްކަތްކުރާނީ އެކުންފުނިތަކަށް ފައިދާލިބޭނެ ގޮތްތަކަށް  ވިސްނައިގެންނެވެ. އާދެ، މިކުންފުނިތަކުން ބަލާނީ ވީހާވެސް ގިނަ ކަސްޓަމަރުން  ހޯދުމައްޓަކައި، އެންމެ ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދެވޭތޯއެވެ. އެހެންކަމުން  ޓީޗަރުން ހޯދުމުގައިވެސް ބަލާނީ މުޅި ދުނިޔެއަށް ހުޅުވައިލައިގެން އެންމެ ފެންވަރު  ރަނގަޅު ޓީޗަރުން ގެނެވޭތޯއެވެ. އަދި ދުނިޔޭގެ އެކިކަންކޮޅުތަކަށް ނަޒަރު  ހިންގާލާއިރު ވަރަށް ގިނަފަހަރަށް ފެންނަ މަންޒަރަކީ މިފަދަ ކުންފުނިތަކުން  ވަޒީފާދިނުމުގައި އެމީހުންގެ އަމިއްލަ ޤައުމުގެ މީހުންނަށް އިސްކަންދޭތަނެވެ. ކަންތައް  އޮތީ މިހެންކަމުގައިވާނަމަ ދިވެހި ޓީޗަރުންގެ ވަޒީފާ މިވަނީ  ސުވާލުތަކެއްގެތެރޭގައެވެ. ގްރޭޑް 10 ނިންމާލުމަށްފަހު ކޯހެއްހަދައިލައިގެން  މިއަދު ޕްރައިމަރީ ސްކޫލްތަކަށް ކިޔަވައިދޭން މިއުޅޭ ގިނަ ޓީޗަރުންނަށް މިފަދަ  ސްކޫލްތަކުން ވަޒީފާލިބޭނެކަމާމެދު ސުވާލު އުފެދެއެވެ. މިރަށު އަފީފުއްދީން ސްކޫލް  ޕްރައިވެޓައިޒް ކުރުމުން، މިހާރު  އެސްކޫލުގައި ކިޔަވައިދޭ ޓީޗަރުންގެ ވަޒީފާ ގެއްލުނީހެއްޔެވެ؟ ދެން އެމީހުން  ދިރިއުޅުމަށްޓަކައި ކުރާނީ ކީއްހެއްޔެވެ؟ މިހުރީ ހައްތަހާވެސް ސުވާލު އުފެދޭ  ކަންތައްތަކެވެ.

އެކަމަކުވެސް  ދަންނަވަންތޯއެވެ. ޕްރައިވެޓް ސްކޫލްތަކަކީ ވަރަށް ޚިދުމަތް ރަނގަޅު  ސްކޫލުތަކެކެވެ. މިކަން މާލޭގައި ހުންނަ ބިލަބޮންގ ހައި ސްކޫލަށް އެކަނި  ނަޒަރުހިންގާލިއަސް ހާމަވާނެއެވެ. އަޅުގަނޑަކީ ކޮންމެ ދުވަހަކުހެން އެ ސްކޫލުގެ  ކައިރިން ހިނގަންޖެހޭ މިހަކަށްވާތީ އެކަން ވަރަށް ރަނގަޅަށް އެނގެއެވެ. ސްކޫލުގެ  ކޮންމެ ކިލާހެއްވެސް ހުންނަނީ އޭސީ ހަރުކޮށް ފިނިކުރެވިފައެވެ. ކިޔަވައިދެނީ ‘ފެންވަރުގެ’  ޓީޗަރުންނެވެ. ދިވެހި ކުދިންވެސް ކިޔަވަނީ ގެސްޓު ދޮންކުދިންނާއި އެކުގައިކަމުން  ގިނައިން ވާހަކަ ދައްކާތީ އިވެނީ އިނގިރޭސި ބަހުންނެވެ. ނުވަގަޑި ސަޔަށާއި  މެންދުރު ކެއުމަށް ފިޒަސްއިން ކޭޓަރކޮށްގެން އެހެރަގެންނަ، މީރުކާތަކެތި  ފެނިފަވެސް މާތްކަލާކޯއޭ ހިތަށް އަރާހާވެއެވެ.

މިކަންމިހެން  ހުރިއިރު މިފަދަ ސްކޫލްތަކަށް ދައްކަންޖެހޭ ފީގެ އަގުވެސް ‘ފަލަ ‘ ވާނެކަމީ  ހަމަޔަގީންކަމެކެވެ. އާދޭހެވެ. ކަންއޮތީ މިހެންނެވެ. ބިލަބޮންގ ހައި އަށްވެސް ދާތީފެންނަނީ  ކާރުކޮޅުތައް ގެންގުޅެވޭ ފެންވަރުގެ ބޭފުޅުންގެ ދަރިންނެވެ. އާދައިގެ މީހުންގެ  ދަރިން މުޅިންވެސް ދާތީފެންނަނީ ސަރުކާރުގެ ސްކޫލުތަކަށެވެ. ހަގީގަތަކީ  މިއީކަމުގައިވާއިރު މިރަށުގެ ރައްޔިތުންނަށް ދަރިން ‘ޕްރައިވެޓް އަފީފުއްދީނަށް’  ގެންދެވޭނެބާވައެވެ؟ މިކަން ކުރެވޭވަރުގެ ފެންވަރެއް ހުރީ ކިތައްމީހުންގެތޯއެވެ؟

އަސްތާ  ނޫނެކެވެ!! ވަކިވަރަކަށްވުރެ ދަށުން މަހު މުސާރަ ލިބޭ ޢާއިލާތަކަށް ސަރުކާރުގެ  ދީލަތި ޢިނާޔަތް ލިބޭނެކަމުގައި މިހާރުވަނީ ހަމަޖެހިފައެވެ. އެކަމަކު މިކަމުގައި  ސަރުކާރުން ހަމަޖައްސަވާފައިވާ އޮނިގަނޑުގައި ސުވާލުއުފެދޭކަމެއް އެބައޮތެވެ. ނިކަން  މިސާލެއް ނަންގަވަމާ ބަހީއެވެ. ސަރުކާރުގެ ޢިނާޔަތް ލިބޭނީ މަހަކު 5000ރ އަށްވުރެ  މަދުން ލިބޭ ޢާއިލާއަށްތަކަށް ކަމަށް ބަލަމާހިނގާށެވެ. އާދަންފުޅަށް މަހަކުލިބެނީ 4500ރ  ކަމަށާއި، ހުންނަނީ  އެންމެ ކުއްޖެއަކަމަށް ބަލާށެވެ. އާދަންފުޅަށް ސަރުކާރުގެ ޢިނާޔަތާއިއެކު  ފަރުޖެއްސި ދާނެއެވެ. ދެން މޫސާފުޅަށް މަހަކު ލިބެނީ 6000ރ ކަމަށާއި، އޭނާގެ 8ކުދިން  ތިބޭކަމަށް ބަލާށެވެ. އަދި މޫސާފުޅަކީ ގެއެއް އަޅަމުންދާ މީހެއްކަމަށް ބަލާށެވެ. ނުވަތަ  ބޮޑު ލޯނެއް ނުދެއްކިގެން އުޅޭ މީހެއްކަމަށް ބަލާށެވެ. މޫސާފުޅަށް އެއްކަލަ ދީލަތި  ޢިނާޔަތެއްނުލިބޭނެއެވެ. އެހެނޭކިޔާފަ މި 8ކުދިން، މިފަދަ އަގުބޮޑު ސްކޫލަކަށް ފޮނުވައިގެން  މޫސާފުޅަށް ދިރިއުޅުން ނެގެހެއްޓޭނެހެއްޔެވެ؟؟؟ މިހުންނަނީ މިކަހަލަ ކަންތައްތަށް ހިތަށް  އަރާފައި ބޯގޯސްވާކަހަލަ ކަންތައްތަކެވެ. ސަރުކާރުން ވިސްނަވަނީ ދެންމެ  މިއިޝާރާތްކުރި ގޮތަށް މިކަންކުރަން ކަމުގައިވަނީނަމަ، މިރަށުގެ ގިނަ ޢާއިލާތަކެއް  ގޮތްހުސްވާ ދަރަޖައަށް މިކަން ގޯސްވާނެކަމީ ޝައްކެތް އޮތްކަމެއް ނޫނެވެ.

ދެންނިކަން  ތިޔަބޭފުޅުން ވިސްނަވާލަށްވާށެވެ. އަޅުގަނޑަށް މިމަޒުމޫނު، ‘މިއީ ސްކޫލްތަށް  ޕްރައިވެޓައިޒް ނުވަތަ އިންޓަނޭޝަނަލް ކުރުމުންލިބޭނެ ފައިދާތަކާއި ގެއްލުންތަކޭ’ ކިޔާފަ  ނިންމާލެވިދާނެއެވެ. އެހެންނަމަވެސް ނިމުން މިދޫކޮށްލަނީ ތިބޭފުޅުން  ވިސްނެވުމަށެވެ. މިފަދަ ސްކޫލްތަކުން ދިވެހި ޓީޗަރުންނަށް ވަޒީފާލިބޭނެ ހެއްޔެވެ؟  ނުވަތަ މިތަންތަނަށް ގެންނާނީ ދިވެހިންނަށްވުރެ ފެންވަރުގެ ގޮތުން މޮޅެތި  ޓީޗަރުންހެއްޔެވެ؟ މިހެންވެއްޖެނަމަ، ވަޒީފާ ނުލިބޭ ޓީޗަރުންތައް ހަދާނީ  ކިހެނެއްހެއްޔެވެ؟ އެމީހުންނާއި  އެމީހުން ބަލަހައްޓަންޖެހޭ މީހުން ބަނޑުފުރާނަ މުއްތިކުރުމަށް ފައިސާނެރޭނީ ކޮންތާކުން  ހެއްޔެވެ؟ އެފައިސާ ދޭނީ އަނެއްކާ ސަރުކާރުން ހެއްޔެވެ؟ ނޫންނަމަ ސަރުކާރުން  މިސްކޫލްތައް ހިންގާ ކުންފުނިތަކަށް، ދިވެހިން ޓީޗަރުންގެ ގޮތުގައި ނެގުމަށް އަންގަނީ  ހެއްޔެވެ؟ އޭރުން ދެވޭ ތައުލީމުގެ ފެންވަރު މިހާރަށްވުރެ ވަކި ރަނގަޅެއްނުވާނެއެވެ.  އަދި މިގޮތަށް ހަދައިފިނަމަ ކުންފުނިތަކުން ސްކޫލްތައް ހިންގުމާ  ހަވާލުވާނެހެއްޔެވެ؟ ސަރުކާރުން ޢިނާޔަތްދެއްވުމުގައި ގެންނުޅޭނީ މަތީގައި ވާފަދަ  ދޯދިޔާ މިންގަޑެއްތޯއެވެ؟ މިފަދަ ސްކޫލްތަކެއްގެ ސަބަބުން ހަމަ ހަގީގަތުގައިވެސް  މިރަށުގެ ރައްޔިތުންނަށް ވާނީ ފައިދާހެއްޔެވެ؟ ނޫނީ ގެއްލުން ހެއްޔެވެ؟

މިހާރުދެން ރަށަށް އެންމެ ރަނގަޅުގޮތަށް ކަންތައްތައް ކުރަންވެއްޖެ!!!
ނޫރު

ރާއްޖޭގައި  އޮތް ‘ޖާހިލިއްޔަ 30 އަހަރަށް’ ނިމުންގެނެސް ‘އަދުގެ ބަތަލުންގެ’ ވެރިކަމުގެ  ‘މާތް’ ދުވަސްވަރުވެސް މިހާރު މިވަނީ ފެށިފައެވެ. އަދި ރާއްޖެއަށް ފުރިހަމަ  ‘މިނިވަންކަންވެސް’ މިއޮތީ ލިބިފައެވެ. މިހުރިހާ ދުވަސްތައް ވެއަތުވެގެން  ދިޔައިރުވެސް ރާއްޖޭގެ ސަރުކާރުގެ ފާހަގަކޮށްލެވޭ މަގާމުތަކުގައި ކުޅުދުއްފުއްޓަށް  ނިސްބަތްވާ ބޭފުޅަކު ހަރަކާތްތެރިވާތަނެއް އެއްގޮތަކަށްވެސް ނުފެނެއޭ ބުނުން  ދޮގަކަށް ނުވާނެއެވެ. އުތުރުގެ ބޭފުޅުން މަދުންނަމަވެސް ފެންނަމުންދާކަމަށް  އަޅުގަނޑުވެސް އެއްބަސްވަމެވެ. އެހެންނަމަވެސް މަތީފެންވަރުގެ ނުފޫޒުގަދަ ހުރިހާ  މަގާމުތަކެއްހެން އަބަދުވެސް ފެންނަނީ މާލެއާއި ދެކުނުގެ ބޭފުޅުން  ފުރުއްވަމުންގެންދަވާތަނެވެ. މިއީދެން އަޖާއިބުން އަޖާއިބުވާވަރުގެ  ކަމެއްނޫންހެއްޔެވެ؟

މިސަރަހައްދުން  އެންމެ އާބާދީބޮޑު ރަށަކީ މިރަށެވެ. ނުވިތާކަށް މިއީ މުޅި ރާއްޖެއިންވެސް އެންމެ  އާބާދީބޮޑު އެއްރަށެވެ. މިހާ ބޯގިނައިރު، މިފަދަ މަގާމުތައް ފުރާލެވޭވަރުގެ  ހިކުމަތްތެރި ސިކުނޑިތަކެއް އުފަންވެފައި ނެތީ، މީފަހެ ހަމަ ގަމާރުފުއްޓަކީ  ހެއްޔެވެ؟ ކިޔަވައިގެން ހުރި އެންމެ ސޮރަކުވެސް މަންޖެއަކުވެސް ހަމަ ނެތީހެއްޔެވެ؟

ވާނީވެސް  ހަމަ މިހެންތާއެވެ. ވާނެ އެއްޗެއްވާން މިރަށުމީހުން އަނގަނަގައިގެން  ތިބެނީވިއްޔާއެވެ. ކަލޭމެންނަށް ހާޑުހަދައިގެން  ބޯކާން، އެހެންނޫނީ ވިއްޔާ ހޮޅުއަށިތަކުގައި ދޮހައިގެން ބިންމައްޗަށް ރަތްކުޅުތަޅަން  ތިބެވުނީމާ އެޔޮތީ ވެފައެވެ. ދުނިޔެ އެޔޮތީ ކަލޭމެންނަށް ލިބި މިލްކުވެފައެވެ.  އެކަމަކު މިއީ މަގޭ ކާފޮ މަށަށް ކިޔައިދިން ކުޅުދުއްފުއްޓެއް ނޫނެވެ.

ކާފޮ  ބުނާގޮތުން މިރަށަކީ ހިތްވަރުގަދަ ބަތަލުންތަކެއްގެ ރަށެކެވެ.ޤައުމުގެ  ކޮންމެކަމަކަށްވެސް ‘ބޯކޮއްޕައިގެން’ އެކަމެއްގައި ރަށަށް ގެއްލުމެއްވޭތޯބަލާ،  މުލައްދަނޑީގައާއި ފިކުރުގައި ބާރުހުރި، ކެރޭ ފަހުލަވާނުންތަކެއްގެ ރަށެކެވެ.  އެކަމަކު މިހާރު ވެފައި މިޔޮތީ ކިހެނެއްހެއްޔެވެ؟ ފިނޑިވެފައި މިތިބެނީ  ކީއްވެހެއްޔެވެ؟ މިއީދެން އެބޭފުޅުންނަށްވެސް ކުރެވޭ ކިހާބޮޑު މަލާމާތެއްހެއްޔެވެ؟

މިއަދު  އަނެއްކާވެސް މިއޮތީ ރަށާއިގެން ނުކުންނަންޖެހިފައެވެ. މިރަށުގައިވެސް ބަޔަކު  އެބަދިރިއުޅޭކަން އަންގާލަންޖެހިފައެވެ. މިކަމަށްޓަކައި އެތަކެއް ދުވަހެއްފަހުން  އަލަށް މިވަނީ ކުޅުދުއްފުށީ ދަރިންތަކެއްވެސް އަތުކުރި އޮޅާލާފައެވެ. މިރަށް  ތަމުސީލުކުރާށެވެ. މިރަށަށް ކުރިއެރުން ހޯދައިދޭށެވެ. އެހެންނަމަވެސް ތޯއެވެ!!!!  މި މީހުން އައްޔަނުކުރަން މިތިބީ އެއްކަލަ ރަތްކުޅުތަޅަން، ބޯކާން ތިބި  މީހުންނެވެ. މިމީހުން މިރަށު މީހަކަށް މިފުރުސަތު ދޭން ހިތައްވެސް  ނާރުވާކަހަލައެވެ. މިކަން މިސައިޓުގެ ލިޔުންތަކަށް ކުރަމުންގެންދާ ކޮމެންޓުތަކުން  އެކަނިވެސް އެބަހާމަވެއެވެ. އަބަދުވެސް މިދައްކަނީ ރަށުންބޭރު ބީރައްޓެއްސަކަށް  މިރަށުގެ ގޮނޑިދޭވާހަކައެވެ. އަބަދުވެސް ކޮންމެވެސް ނަޖީބެކެވެ. އެހެންނޫނީވިއްޔާ  ނަޝީދެކެވެ.

އަޅެ  މިރަށުމީހަކަށް މިފުރުސަތު ދިނީވިއްޔާ ފަހެ ތަންގަނޑެއް އަނދާ ހުލިވަނީހެއްޔެވެ؟  ދެންބުނާނެ އެއްޗެއް މަށަށް އެނގެއެވެ. “މިރަށުން ކުރިމަތިލީ އެކަކަށްވެސް  ވާހަކައެއް ނުދެއްކެޔޭ، ތަޖުރިބާއެއް ނެތޭ، ‘ކުފޫ’ހަމައެއް ނުވެޔޭ،  މިކަހަލަ ބަޔަކު ހޮވައިފިނަމަ އެއްވެސް  ފައިދާއެއް ނުކުރާނޭ، ވިއްޔާނެކަމަކީ އެތަނަށް އަރާ އަނގަކައިކައިފައި އަހަރެމެން  ލަދުންގަންނަވާލުމޭ، އޭރުން ތިބޭނީ ބޮނޑި ބޮވިފަޔޭ، އެހެންނާފަހެ މިއީ ކުޅޭ  ކުޅިވަރެއްނޫންވިއްޔާއޭ،…” މިކަހަލަ ހާސަރުތަކެކޭނުން ހެއްޔެވެ؟  އަޅުގަނޑުވެސް ގަބޫލުކުރަމެވެ. ނަޝީދުމެންފަދަ ބޭފުޅުން މަޖިލީހަށް މާ  ފަރިތަވާނެއެވެ. އޭނާގެ ދޫވެސް މާފަރިތަވާނެއެވެ. އެޔާއިހިލާފަށް މިރަށުން  ކުރިމަތިލީ އަބުދުﷲ އަލީފަދަ ބޭފުޅުން މަޖިލީހުގައި އެއްވެސް ތަޖުރިބާއެއްނެތެވެ.  ނަޝީދާއި ގާތްކުރާވަރަށް ވާހަކަދެއްކެވުނުނަމަވެސް ހަމަހަމައެކޭ ނުދެންނެވޭނެއެވެ.  ދަންނަވަންތޯއެވެ. ވާހަކަދެއްކުންތެރިކަން ނަޝީދު ހޯދައިގަތީ އޭނާގެ  ތަޖުރިބާއިންނެވެ. ހަމަމިގޮތައް އަބުދުﷲ އަލީމެންނަށްވެސް މިހުނަރު ދާދިއަވަހަށް  ހޯދައިގަނެވިދާނެއެވެ.

ދެންމިއޮތީ  ތަޖުރިބާގެ ވާހަކައެވެ. ދަންނަވަންތޯއެވެ. މިހުރިހާ ދުވަހު ކުޅުދުއްފުށިން މީހަކު  މިކަހަލަކަމެއްގައި ނުފެނުނީ ތަޖުރިބާނެތީމައެވެ. މިފަދަކަމެއްގައި ރަށުން  ނަމޫނާއަކަށް ބަލާނެ މީހަކު ނެތީމައެވެ. ނަމޫނާއަކަށް ބަލަން މީހަކު ހުންނާނީވެސް އެކަކުނަމަވެސް  މިކަހަލަކަމެއްގައި އުޅުނުނަމަތާއެވެ. ތަޖުރިބާއެއްނެތޭ ކިޔާފަ އެންމެން މިތިބެނީ  ރަޖާއަޅައިގެން އެނދުގަވިއްޔާއެވެ. ބަލަ، ތަޖުރިބާލިބޭނީވެސް  ކަމަކާކުރިމަތިލީމައޭނުންހެއްޔެވެ؟ އެއީ މަތިންބާވާލައްވާ އެއްޗެއްނޫންވިއްޔާއެވެ.

ދެންވެސް  ތިޔަބުނަނީ މިކަހަލަކަމަކަށް މިރަށުން މިކުރިމަތިލީ މީހުންހަމަ  ހޮވާކަށްނުކެރޭނެއެވެ. މިއީ އަޖުމަބަލަންކަމުދާ ކަހަލަކަމެއް ނޫނޭ އެވެ. ދެންތިހެންވިއްޔާ  ތިޔަބުނާ އަޖުމައެއްބަލަން މިރަށުމީހަކު ހޮވާނީ ކޮންއިރަކުންހެއްޔެވެ؟  އަނެއްކާވެސް ފަސްއަހަރު ފަހުންހެއްޔެވެ؟ ބަލަ އޭރުންވެސް ތިބޭނީ ހަމަ  ތަޖުރިބާނެތްމީހުންނެވެ. ދެން އޭރުންވެސް އަޖުމަބަލާކަށް ނުކެރޭނެއޭ ކިޔާފަ ހޮވާނީ  ހަމަ ބީރައްޓެހިންހެއްޔެވެ؟ މިހެންމިކަން ދާންވެއްޖެންޏާ މިރަށަކުން  މީހަކަށްވާކަހަލަ މީހަކު ނުއުފެދޭނެއެވެ. އަބަދުވެސް ތިބެންޖެހޭނީ ބީރައްޓެހިންނަށް  ރަށް ހަވާލުކޮށްގެންނެވެ.

މިރަށުން  ކުރިމަތިލީވެސް ކިޔަވައިގެންތިބި ގާބިލު މީހުންވިއްޔާއެވެ. މިފަހަރު  މިއިންމީހަކަށް ފުރުސަތުދީފިނަމަ ދެންއަންނަ ފަހަރަކު މާމޮޅެތި އަބުތާލުންތަކެއް  ކުރިއަށް ނުކުންނާނެއެވެ. މިފަހަރު އަޖުމަބަލާށެވެ. މިޔޮށް ހުރިހާދުވަހުވެސް  މިތިބީ ރަށުން ބޭރުބަޔަކަށް، އެހެންނޫނިއްޔާ ހަމައެކަނި ކެންޕޭނަށް ރަށަށް  ނިސްބަތްވެގަންނަ ބަޔަކަށް ގޮނޑިދީގެންނެވެ. ވީ މޮޅެއް އެބައޮތްހެއްޔެވެ؟  ހަމަގައިމުވެސް މިޔޮށް ހުރިހާ ދުވަހު ރަށަށް ގެއްލުން ވީވަރަށް، މިފަހަރު ރަށުން  މީހަކު ހޮވައިގެން ތިޔަ ހީކުރާހާ ގެއްލުންތަކެއް ނުވާނެއެވެ. ވިއްޔާ ވާނީ  ފައިދާއެވެ.

ކޮންމެކަމެއްވެސް  ފުރަތަމަ ކުރަންޖެހޭނީ އަލަށެވެ. ނުކުރާހާ ހިނދަކު އާކަމެއްނުކެނޑޭނެއެވެ.  ނުބައިކޮށް ކުރެވިދާނެތީ ތިބެންޏާ ވާނީހަމަ ތިބޭހާއެވެ. ނިކަން ބަލާބަލާށެވެ.  ޓީވީއެމްގެ މިރަށު ސްޓޫޑިއޯ ހުޅުވުމުން ހަބަރުކިޔަންއެރި އިނާޔަތު އަލީ އާއި  ޝަހީދާ އަލީ ނުކެރިފައި ތިބިހެއްޔެވެ؟ އެމީހުންވެސް ޓީވީއަށް އެރީ އަލަށެވެ.  އެއީވެސް އަދި މިރަށުމީހަކު ކުރިން ކުރިކަމެއް ނުމެނޫންމެއެވެ. ފުރަތަމަކޮޅު  އާކަންވެސް ހުއްޓޭނުންހެއްޔެވެ؟ ކުށްވެސް ކިޔުނޭނުންހެއްޔެވެ؟ އެކަމަކު މިހާރު  ބަލާބަލާށެވެ. ލައްކަ ހިނދެއްވެއްޖެހެއްޔެވެ؟ ދެތިންދުވަސްތެރޭ އެތިބީ ހަމަ  ފައްކާވެފަނޫންހެއްޔެވެ؟ މިޔޮށް ހުރިހާ ދުވަހު ހަބަރުކިޔަމުންއައި ޓީވީއެމްގެ  ވަސީމުއާއި މިހާރު އެދަނީ ފައިހަމަކުރަމުންނެވެ. މިހެންވީއިރު އަބުދުﷲ  އަލީމެންނަށް ވެސް މިކަން ނުކުރެވެންވީ ސަބަބެއްނެތެވެ. އެމީހުންވެސް ހަމަ  ދެތިންދުވަސްތެރޭ ‘ޅަކަންކެނޑި ދޮންވެ ފައްކާވާނެއެވެ.’ ނަޝީދަށް  ކީއްކުރަންހެއްޔެވެ؟ ސޯދުބެއަށް މައުމޫނު އަބުދުލް ގައްޔޫމަށްވެސް  ގޮންޖަހާލާވަރުގެ މީހުންނަށްވާނެއެވެ.

ދެން  އެހެންވީއިރު މަބުނާނެ ވާހަކައެއްނެތެވެ. ހޮވަންޏާ ހޮވަންވީ ރަށުން މީހެކެވެ.  އަހަރެމެންގެ ކުރިޔައޮތް ޖީލުތަކުގެ ހައްގުގައި ނަމަވެސް މިއަދު  މިކަންކުރަންވެއްޖެއެވެ. އެހެންނޫންނަމަ ފެންނާނީ ކުރިން ދެންނެވިހެން  ދިރުމެއްނެތް ކުޅުދުއްފުއްޓެކެވެ. ނިދާފަނުތިބެ ވިސްނާ ހޭލުންތެރިވާށެވެ. މިހާރު  ހޭލަންވެއްޖެއެވެ. ރަށުގެ ދަރިއަކު ހޮވާށެވެ.

(މިލިޔުމުގައި ހަމަ އެކަނި ނަޝީދުގެ ނަމާއި އަބުދުﷲގެ ނަން ބޭނުންކުރީ ވަކި  ސިޔާސީ މަގުސަދެއްގައެއްނޫނެވެ. އެންމެ ފުރަތަމަ ހިތަށްއައީ އެދެނަންކަމުގައި ވީތީ  ބޭނުންކުރީއެވެ.)

ކުރުވާހަކަ – މަންމާއެވެ. މާފުކުރާށެވެ.
ތަރުޖަމާ:  ނޫރު

އަހަރެން  ހަނދާން ހުންނަން ފެށިއްސުރެވެސް އަހަރެންގެ މަންމަ އަހަރެން ގެންގުޅެނީ އެކަނިމާ  އެކަންޏެވެ. ގޭތެރޭގެ މަސައްކަތްތަކާއި އޮފީހުގެ މަސައްކަތްތައް ބަރާބަރަށް  ކުރަމުން، އަހަރެންގެ ކަންތައްތައްވެސް އެއްވެސް ފަރުވާ ކުޑަކުރުމެއް ނެތި  އަބަދުވެސް ކުރަމުން ގެންދިޔައެވެ. އަހަރެންގެ ކިޔެވުމުގެ ކަންތައްތަކާއި  އަހަރެންނާއި އެކު ކުޅިވަރު ކުޅި މަޖާކުރުމަށް ދުވަހަކުވެސް ވަގުތު ނުވެގެނެއް  ނޫޅެއެވެ. އަހަރެންނަށް މީރުހާ ވައްތަރެއްގެ ކާތަކެތި ތައްޔާރު ކޮށްދެއެވެ. ނިދާ  ގަޑީގައި އަބަދުވެސް ވާހަކަ ކިޔައިދީ ލަވަ ކިޔައިދީ ހަދައެވެ. ބަންދު ދުވަސް  ދުވަހު މަންމަ އަބަދުވެސް އަހަރެން ގޮވައިގެން ކޮންމެވެސް ތާކަށް ދެއެވެ. ޕާކަށް  ކުޅެން، ނޫނީ ދާރުލްއާސާރުތަކަށާއި ސިނަމާތަކަށް އަބަދުވެސް ދާނެއެވެ.

އެހެންނަމަވެސް  އަހަރެން އަބަދުވެސް ކުރާ ޝަކުވާއަކީ އަހަރެން ގޮވައިގެން މާމަމެން ކައިރިޔަށް  ނުދާވާހަކައެވެ. ބައްޕަ ނުފެންނަ ވާހަކައެވެ. މަންމަ ވަރަށް ކެތްތެރިކަމާއިއެކު  ހުރިޙާ ކަމެއް ހަމަޖައްސައެވެ. މާމަމެން އުޅެނީ އެހެން ސިޓީއެއްގައި ކަމަށް ބުނެ  އަހަރެންގެ ހިތްހަމަ ޖައްސާދެއެވެ.

ދުވަސްތައް  ވެއަތުވަމުން ދިޔައެވެ. އަހަރެންވެސް ޕްރައިމަރީ ކިޔެވުން ނިންމުމަށްފަހު  ހައިސްކޫލަށް ވަނީމެވެ. މުޅިން އާދުނިޔެއެކެވެ. އާ ގޮންޖެހުން ތަކެކެވެ.  ފުރާވަރުގެ ހަލަބޮލިކަމެވެ. ފިރިހެން ކުދިންގެ ކަޅިއެޅުންތަކެވެ. ހަމަ އެއާއެކު  އެކަމާ ހަސަދަވެރިވާ އަންހެން ކުދިންގެ އުނދަގުލާއި ތުރާތަކެވެ.

ހައިސްކޫލް  ފެށުނީއްސުރެ ވެސް ޖެކް އައީ އަހަރެންނާއި ދޭތެރޭ ގާތް ގުޅުމެއް އުފެއްދުމަށް  މަސައްކަތްކުރަމުންނެވެ. އަހަރެންވެސް ޖެކް އާއި ދޭތެރޭ ވަރަށް ހިތްހަމަޖެހުނެވެ.  ހަމަ އެއާއި އެކު ޖޫލިއާގެ ހަސަދަވެރިކަން ވެސް އައީ ގަދަވަމުންނެވެ.

އެގޮތުން  އެއްދުވަހެކެވެ. އެއީ އާރޓްޝޯވް އޮތްދުވަހެވެ. ޖޫލިއާ، އާރޓްޝޯ އިންތިޒާމުކުރި  ކްލަބްގެ ރައީސާގެ ހައިސިއްޔަތުން ވާހަކަ ދައްކަމުން ދިޔައެވެ. އަދި މިވާހަކައިގެ  ތެރޭގައި ސްޓޭޖް މައްޗަށް އައުމަށް އަހަރެންނަށް އެދުނެވެ. ހައިރާންވެ ހުރެ  އަހަރެން ސްޓޭޖް މައްޗަށް އެރުމުން، ޖޫލިއާ އޭނާގެ ހަސަދަވެރިކަން ފިލުވާލިއެވެ.

އެއީ  އަހަރެންނަށް ނޭނގިއޮތް އަހަރެންގެ ހަޔާތުގެ ފަތިފުށެވެ. އަހަރެންގެ ހިތުގައި  ފުނިޖެހިފައި މިހުރިހާ ދުވަހު ހުރި ސުވާލުތަކުގެ ހިތި ޖަވާބެވެ. ހަގީގަތަކީ  އަހަރެންނަކީ ރަށުމެދަށް ފޫޅު ކަނޑާފައިވާ ރަޑަބަންގުޅިއެއް ކަމެވެ. އެއްވެސް  އަސްލެތްނެއް މަސްގަނޑެއް ކަމެވެ. ޒާނިއާއެއްގެ މުޑުދާރު އަމަލެއްގެ ސިއްކަކަމެވެ.

އެދުވަސްވީ  އަހަރެންގެ ހަޔާތް ބަދަލުކުރުވި ދުވަހަށެވެ. ލިބުނު ކުއްލި ޝޮކާއި ހިތަށް ވީތަދާއި  އުފެދުނު އުދާސް ބުނެދޭންވެސް ނޭނގުނެވެ. އޭގެ ފަހުން އަހަރެންގެ ހަޔާތް  ބަނަވިއެވެ. އެކަނިވެރިވިއެވެ. ސްކޫލުގެ ހުރިހާ ކުދިންގެ މަލާމާތުގެ ޝިކާރައަކަށް  ވިއެވެ. އެއްވެސް ޔާރެއް އިޔާރެއް ނެތް މުޅިން ބޭކާރު މީހަކަށް ވިއެވެ.  އެންމެންވެސް ދެކެނީ އަހަރެންނަކީ ނަޖިހެއް ހެންނެވެ. އެންމެ ފަހުން ޖެކް ވެސް  އަހަންނާއި ގުޅުން ކަނޑާލިއެވެ.

އަހަރެންގެ  ހިތްދަތިކަން އިހުސާސް ކުރެވުނީ ހަމައެކަނި މަންމައަށެވެ. މަންމަ އަހަރެންނަށް  އެހީތެރިވުމަށް މަސައްކަތްކުރިއެވެ. އެހެންނަމަވެސް އަހަރެން މަންމައަށް އެއްވެސް  ފުރުސަތެއް ނުދެމެވެ. އަހަރެންގެ ހިތް އޭނާއަށް ބަންދުވި ކަހަލައެވެ. އޭނާ ދެކެވީ  ލޯބި ނަފުރަތަށް ބަދަލުވިއެވެ. އޭނާގެ ހަޔާތްކުޑަކަމާއި މެދު އޭނާދެކެ  އިންތިހާއަށް ރުޅިއައެވެ. އަހަރެންނަށް އެހާލުޖެއްސީތީވެ ބަދު ދުޢާ ކުރެވެން  ފެށުނެވެ. އޭނާ ކޮންމެ ރެއަކު ރޯއަޑު އަހަރެން އަހަރެން އެހީމެވެ. އަދި އެކަމާ  އަހަރެން އިންތިހާއަށް އުފާކުރީމެވެ. ހައި ސްކޫލް ނިމުމާއި އެކު އެ ގޮތްކުޑަ  އަންހެނާގެ ގެއިން އަހަރެން ނުކުތީމެވެ. އޭނާ އެތަކެއް ފަހަރު އޭނާގެ ވާހަކަތަށް  އަޑުއެހުމަށް އެދުނެވެ. ނަމަވެސް އޭނާގެ އާދޭސްތަކަށާއި ރުއިމަށް އަހަރެން ދިނީ  ބީރުކަންފަތެކެވެ.

ދުވަސްތައް  ފާއިތުވެގެން ދިޔައެވެ. އަހަރެންގެ ބޮލަށް ވެއްޓިފައިއޮތް ހިލަގަނޑެއް ނެގި  ފަދައެވެ. އަހަރެންގެ ދިރިއުޅުން ބާއްޖަވެރި ވިއެވެ. އަހަރެން ކިޔެވީ އަހަރެންގެ  އަމިއްލަ މަސައްކަތުންނެވެ. ފޮނި ނަތީޖާ އަކާއި އެކު ކިޔެވުން ނިންމާލުމަށްފަހު  މަތީ ވަޒީފާއެއް އަތްމަތި ކުރީމެވެ. އަދި ހިތްހެޔޮ ފިރިއެއްވެސް މެއެވެ.

އަހަރެންގެ  ދެވަނަ ދަރިފުޅު ލިބުނު ދުވަހެވެ. ވަގުތަކީ ފިރިމީހާ ނެތްވަގުތެކެވެ. ކުއްލިއަކަށް  ކޮޓަރީގެ ހުޅުވާލާފައިވަނީ މުސްކުޅި އަންހެނެކެވެ. މޫނުމަތި ވަނީ މިލާ  މޯޅިވެފައެވެ. ހަށިގަނޑު އަނަރޫފަވެފައެވެ. އޭނާ ފެނުމާއި އެކު އަހަރެންގެ  އަތްފައި ހޫނުވެގެން ދިޔައެވެ. އަދި ހިތުގައިވާ ނަފުރަތުގެ އަލިފާންގަނޑު  އަނދައިގަތެވެ. އަޑުގެ ނެތްތަނަށް އޭނާއާއި ދިމާލަށް ހަޅޭލަވައިގަތީމެވެ. އަދި  ކައިރީގައި ހުރި ރަނގަބީލަށް ފިތާލީމެވެ. ހަމަ އެއާއެކު ނަރުސް ކުދިންތަށް  ވަގުތުން އައެވެ. ކުރިމަތީގައި ހުރި މޮޔަ މީހާ ނެރުމަށް އަހަރެން އެންގީމެވެ. އޭނާ  ރުޔެވެ. ދަރިފުޅާއޭ ކިޔާ އާދޭސްކުރިއެވެ. ނަމަވެސް އަހަރެން އޭނާގެ ރުއިމަށް  ކުޑަވެސް ސަމާލުކަމެއް ނުދެމެވެ. އެއީ އަހަރެންގެ މަންމަ ކަމަށް ގަބޫލުކުރާހިތް  ނެތީމައެވެ. އޭނާ އަހަރެންނަށް ޖެއްސި ބިކަހާލުގެ ރަހަ އޭނާއަށްވެސް ދައްކާލަން  ބޭނުންވާތީއެވެ.

އޭގެ  ހަފްތާއެއް ފަހެވެ. ކޯޓުން އަހަރެންނަށް ލިޔުމެއް އައެވެ. ކޮންމެވެސް މީހެއްގެ  ވަސިއްޔަތަކުން ލިބުނު މުދާތަކަކާއި ހަވާލުވުމަށް އެންގުނު އެންގުމެކެވެ. މަރުވީ  އަހަރެންގެ މަންމަ ކަން އެނގުނެވެ. އަދި މަރުވީ ހާރޓް އެޓޭކެއްގެ ސަބަބުން ވަރަށް  ކުއްލި ގޮތަކަށް ކަންވެސް އެނގުނެވެ. ތުންފަތް މައްޗަށް ވެރިވީ ރަކި ހިންޏެކެވެ.  އެނާގެ ހަޔާތުގައި ރަނގަޅު އެއްކަމެއް ކޮށްފިތާއޭ ހިތަށް އެރިއެވެ. އެދުވަހު  އެއްވެސް ކަމެއް ނެތިމާއިއެކު ވަކީލާއެކު އެގެޔަށް ދިޔައިމެވެ. ވަރަށް  ހަމަޖެހިލާފަ ހުރިކަމަށް ހިތަށް އެރުވިނަމަވެސް އެގެ ފެނުމާއި އެކު އަހަރެންގެ  ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެހެން ނުވާންވީ ކީއްވެގެން ހެއްޔެވެ؟ އެއީ  އަހަރެން އުޅެ ބޮޑުވި ގެއެވެ. އަހަރެންގެ ކުޑައިރުގެ ހަނދާންތައް  ވަޅުލެވިފައިވާތަނެވެ. ޒަމާންތަކެއް ކުރިން އެގެޔަކަށް އަލްވަދާއުކީ ގެއެވެ. އެއްވެސް  ޚިޔާލެއް ނެތި ގޭތެރެއަށް ވަދެގެން ދިޔައިމެވެ. ހުރިހާ އެއްޗެއްވެސް ހުރީ ކުރިއާއި  އެއްވެސް ތަފާތެއް ނެތިއެވެ. ހީވީ މާޒީގެ ތެރެއަށް ފީނައިގަނެވުނު ހެންނެވެ.  ގޭތެރެ ބަލަމުން ގޮސް އަހަރެންގެ ކޮޓަރިއަށް ވަދެވުނެވެ. ހުރިހާ އެއްޗެއްވެސް ހުރީ  އަހަރެން ބަހައްޓާފައި ދިޔަ ގޮތަށެވެ. އަހަރެން އެނދުމަތީގައި ޕާރުސަލްތަކެއް  ހުރިކަން އެކަންޏެވެ. މަޑުމަޑުންގޮސް ޕާރުސަލްތައް ބަލާލީމެވެ. ހުރިހާ  އެއްޗެއްވެސް އެޑްރެސް ކުރެވިފައި ވަނީ އަހަރެންގެ އުފަންދުވަހަކާއި ގުޅުވައިގެން  އަހަރެންނަށެވެ. ކޮންމެ ޕާރުސަލެއްގެވެސް އެއްކަނުގައި ‘ލޯބިވާ މަންމަގެ ފަރާތުން’  މިހެން ލިޔެލާފައި ވެއެވެ.

ކުއްލިއަށް  އަހަރެންގެ ލޮލުގައި އަޅައިގަތީ އަހަރެންގެ އެނދު ކައިރީގައި އަޅާފައި އޮންނަ  ކުނަލުގެ މައްޗަށް ވެއްޓިފައި އޮތް ފޮތަކާއި ގަލަމެކެވެ. ކުނަލުގެ މަތީގައި  އިށީނުމަށްފަހު އެފޮތް ނެގީމެވެ. އެއީ މަންމަގެ ޑައިރީކަން އެވަގުތު އެނގުނެވެ.  ބޭއިޚްތިޔާރުގައި ފޮތުގެ އެންމެ ފަހުގެ ލިޔުމަށް ގަނޑުތަށް އުކާލެވުނެވެ. އަދި  ކިޔަން ފެށީމެވެ.

“…އެތައް  ދުވަހަކު ކެތްކުރުމަށް ފަހު ދަރިފުޅު ދެކިލުމަށް މިއަދު ދިޔައީމެވެ. އެންމެ  ބޭނުމަކުއެވެ. ދަރިފުޅުގެ ހިތް ހަލާލު ބަސް ހޯދުމަށެވެ. އޭނާއަށް ހަގީގަތް  ކިޔައިދިނުމަށެވެ. މާފަށް އެދުމަށެވެ. މިއަޅާ ވޭނަށް ޝިފާއެއް ހޯދުމަށެވެ. އެހެން  ނަމަވެސް ކަންތައްވީ……. އޭނާ އަހަރެންގެ ވާހަކަ އަޑުނާހަނީ ކީއްވެހެއްޔެވެ؟  އަހަރެންގެ ދަރިން ދެކެ އަހަރެން ލޯބި ނުވަނީ ހެއްޔެވެ؟ އަހަރެންގެ ދޮށީ ދަރިފުޅު  ވެންޑީ ‘އެމީހުންގެ’ ކިބައިން ސަލާމަތް ކުރުމަށް އަހަރެންގެ އިތްފަތްތެރިކަން  ހޭދަވެގެން ދިޔުމަކީ އެއީ އަހަރެންގެ ކުށްހެއްޔެވެ؟ އެރޭ އަހަރެން ޖެހޭނީ  ‘އެމީހުން’ ހަދާނެގޮތެއް ހެދުމަށް ވެންޑީ ދޫކޮށްލުމަށް ފަހު ފިލަން ހެއްޔެވެ؟  ސަހަރޯއެވެ. އަހަރެންގެ މައިންބަފައިން ވަކިވީއެވެ. ފިރިމީހާ ދިޔައީއެވެ.  ދެދަރިންވެސް ވަކިވެ ދިޔައީއެވެ. ދަރިފުޅާއެވެ. މަންމަ ދަރިފުޅުގެ ދައްތަ ސަލާމަތް  ކުރެވޭތޯ ހާދަ މަސައްކަތެއް ކުރީމެވެ. އެކަމަކު ‘އެމީހުން’ ވެންޑީ މަރާލީ މަންމަގެ  ކުރިމަތީގައެވެ. މަންމަ ދެކެ ތި ރުޅިއަންނަނީ ކީއްވެހެއްޔެވެ؟ މަންމަ އަށް ތިހެން  ނުހަދާށެވެ. ދަރިފުޅު ގާތުން މަންމަ މާފަށް އެދެން ބެނުންނަމަ، އެކަންވެސް  އިޚްލާސްތެރިކަމާއެކު މަންމަ ކުރަމެވެ. މަންމަ ގާތަށް އަންނާށެވެ. މަންމަ  ދަރިފުޅަށް ލޯބިދޭނަމެވެ. ދަރިފުޅުގެ ހުރިހާ މުހުތާދެއް  ފިލުވައިދޭނަމެވެ….”

ޑައިރީގެ  އެސަފުހާ ކިޔާ ނިމުނު އިރު އަހަރެންގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ  އޮހެރެނީއެވެ. ހިތަށް ވަނީ ފުން އަސަރުތަކެއް ކޮށްފައެވެ. “މަންމާއެވެ!  އަޅުގަނޑަށް މާފު ކުރާށޭ! އަދި އަންނާށެވެ! ތިޔަ އުނގުގައި އޮންނަން ބޭނުމޭ! ކިޔާ  އަޑުން އަޑުނަގާ ރޮއެގަނެވުނެވެ. ދުވެފައިގޮސް މަންމަގެ އެނދުމަށްޗަށް  ވެއްޓިގަނެވުނެވެ. މުޅި އެނދުގައި ބައްދައިގަނެވުނެވެ. އެނދުގެ ހުރިހާ ތަނެއްގައި  ވަކިވަކިން ވަސްގަނެ ބޮސްދެވުނެވެ. މުޅި ހަށިގަނޑުގައި ތަޅާ ހަޅޭލަވަން ފެށުނެވެ.  ނަމަވެސް ވަގުތުވަނީ ފާއިތުވެފައެވެ. މަންމަ އަހަރެންނަށް ނުކޮށްދެނީ ކޮންކަމެއް  ހެއްޔެވެ؟ ނުވަނީ ކޮން ގުރުބާނީއެއް ހެއްޔެވެ؟ ބަދަލުގައި އަހަރެންނަށް ކޮށްދެވުނީ  ކީއްހެއްޔެވެ؟ މަންމާއެވެ. އަދި އަންނާށެވެ. އަހަރެން މަންމަގެ ހިތް  އުފާކޮށްދޭނަމެވެ. ފޫހި ފިލުވައިދޭނަމެވެ. ފޫހި ފިލުވައިދޭނަމެވެ. އެކުގައި  މަޖާކުރާނަމެވެ. އަދި އަންނާށެވެ. އަޅުގަނޑަށް އޮޅުނީއެވެ. ނުވިސްނުނީއެވެ.  ނަފުރަތު ކުރެވުނީއެވެ. އަޅުގަނޑާއި މެދު ހިތްހެޔޮ ކުރާށެވެ. އަޅުގަނޑަށް  މާފުކުރާށެވެ.