twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކުއަންޓަމް 3 އޮން 3 ބާސްކެޓްބޯލް މުބާރާތުގެ ޗެމްޕިއަންކަން ފެންޓަސީ ހޯދައިފި

Sep 11, 2010

ކުއަންޓަމް 3 އޮން 3 ބާސްކެޓްބޯލް މުބާރާތުގެ ނަމުގައި ކުޅުދުއްފުށީގައި ބޭއްވި ބާސްކެޓްބޯލް މުބާރާތުގެ ޗެމްޕިއަންކަން ފެންޓަސީ ޓީމުން ހޯދައިފިއެވެ. މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ބާސްކެޓް ކޯޓުގައި ކުޅެވުނު ފައިނަލް މެޗުގައި ފްލައިން ސްކޯޕިއަން ޓީމާއި ވާދަކޮށް ފެންޓަސީއިން ޗެމްޕިއަންކަން ހޯދީ 105 ޕޮއިންޓް 98 ޕޮއިންޓުންނެވެ.

ވާދަވެރި ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނުނު ފައިނަލް މެޗުގެ ހަތަރު ކުއާޓަރ ނިމުންއިރު ދެޓީމު 88 ޕޮއިންޓުން އެއްވަރު ވެފައި އޮތުމުގެ ސަބަބުން ނަތީޖާ ނެރުނީ އިތުރުވަގުތު ކުޅެގެންނެވެ. މެޗުގެ ހަތަރު ވަނަ ކުއާޓަރގެ ވަކި ހިސާބަކުން ފެށިގެން ފްލައިން ސްކޯޕިއަންގެ ކުޅުންތެރިއެއް ފައުލް ހަމަވުމުގެ ސަބަބުންނާއި ބެންޗުގައި އިތުރު ކުޅުންތެރިއެއް ނެތުމުގެ ސަބަބުން، އެޓީމަށް ކުޅެން ޖެހުނީ 2 ކުޅުންތެރިން ލައިގެންނެވެ.

މެޗުގެ މޭން އޮފް ދަމެޗްގެ މަގާމް ހޯދީ ފްލައިން ސްކޯޕިއަންގެ އިމްރާން މުޙައްމަދެވެ. މުބާރާތުގައި އެންމެ ގިނަ ޕޮޓް އަޅައިގެން ޓޮޕް ސްކޯރަރގެ މަގާމް ހޯދީ ޓީމް ކޭވައިޖީގެ ޢަލީ ޝަރީފެވެ. އޭނާ މުބާރާތުގައި 249 ޕޮއިންޓް ކޭވައިޖީ ޓީމަށް ހޯދައިދީފައިވެއެވެ. މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވުނީ ޓީމް ގަލިއާނޯގެ މުޙައްމަދު ޙަސަން، ޓީމް ސައިކޯގެ ފަތުހުﷲ ޙަސަން، ފެންޓަސީ ޓީމުގެ އިސްމާއިލް ދީދީ އާއި މާޖިދު އަހުމަދު އަދި ފްލައިން ސްކޯޕިއަންގެ އިމްރާން މުޙައްމަދެވެ.

މުބާރާތުގެ ވަނަވަނަ އަށް ދިޔަ ފަރާތްތަކަށާއި އެހީތެރިވެދެއްވި ފަރާތްތަކަށް ތައްޓާއި ސެޓްފިކެޓް ބައްސަވައި ދެއްވީ ކުޅުދުއްފުށީ ކައުންސިލަރ ޖަމްޝީދު މުޙައްމަދެވެ. މިއީ ކުޅުދުއްފުށީ ކުއަންޓަމް ފިހާރައިގެ ފަރާތުން ސްޕޮންސަރ ކޮށްގެން ކުޅުދުއްފުށީގައި ބާސްކެޓްކުޅޭ ކުދިން އިންތިޒާމްކޮށްގެން ބޭއްވި މުބާރާތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355