twitterviber whatsapp telegramfacebookyoutube instagram
18th April 2024

ކުޅުދުއްފުށީގައި ބާސްކެޓްބޯލް ކޯޗިން ކޭމްޕެއް ފަށަނީ

Sep 14, 2010

ކުޅުދުއްފުށީ ބާސްކެޓްބޯލް ކްލަބް އިން އިސްނަގައިގެން ބާސްކެޓްބޯލް ކޯޗިން ކޭމްޕެއް ކުޅުދުއްފުށީގައި ބޭއްވުމަށް ނިންމައިފިއެވެ. އެކުލަބްގެ އޮފިޝަލެއް ކަމުގައިވާ މުޙައްމަދު ޙަސަން (ގޮމަށިގެ) ކުޅުދުއްފުށީ (ޑޮޓް) ކޮމް އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ބާސްކެޓްބޯލް ކޯޗިން ކޭމްޕެއް ބާއްވަން ނިންމާފައިވާ ކަމަށާއި އަދި މިހާރު އެ ކޭމްޕްގައި ބައިވެރިވާން ބޭނުންފަރާތްތަކަށް އެފުރުޞަތު ހުޅުވައިލާފައިވާ ކަމަށެވެ.

ދެމަސްދުވަހުގެ މުއްދަތަށް ކުޅުދުއްފުށީގައި ހުންނަ ޒޯންސްޓޭޑިއަމް 1 އާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ކޯޗިން ކޭމްޕްގައި ދެޖިންސްގެ ބޭފުޅުންނަށްވެސް ބައިވެރިވެވިދާނެ ކަމަށާއި އަދި އުއްމީދަކީ އަންހެން އަދި ފިރިހެން 12 ކުދިންގެ ޓީމެއް މި ކޯޗިން ކޭމްޕަށްފަހު އެކުލަވާލުންކަމަށް ކުޅުދުއްފުށީ ބާސްކެޓްބޯލް ކުލަބުން ހާމަކުރެއެވެ. އެހެންނަމަވެސް ކޯޗިންކޭމްޕްގެ މުއްދަތު ބައިވެރިވާ ފަރާތްތަކުގެ އަދަދަށް ބަލާފައި ބަދަލު އަތުވެދާނެކަމަށް އެފަރާތުން މައުލޫމާތުދެއެވެ. އަދި ވަރަށް އަވަސް ކުރިމަގެއްގައި ބާސްކެޓްބޯލް ރެފްރީން ތަމްރީނުކުރާ ކޯހެއް ކުޅުދުއްފުށީގައި ފެށުމަށް ގަސްދުކުރައްވާ ކަމަށްވެސް އެފަރާތުން ހާމަކުރެއެވެ.

ކުޅުދުއްފުށީގައި ބާސްކެޓް ބޯލް ކުރިއަރުވައި އަދި ކުޅުދުއްފުށީގައި ބާސްކެޓްބޯލް ކުޅޭ ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުމުގެ މަގްޞަދުގައި ބާއްވާ މިކޯޗިން ކޭމްޕްގައި ބައިވެރިވުމުގެ އެންމެ ފަހު ސުންގަޑިއަކީ ސެޕްޓެމްބަރ 20 ވާ ހޯމަ ދުވަސްކަމަށް ކުޅުދުއްފުށީ ބާސްކެޓްބޯލް ކުލަބުން މައުލޫމާތު ދެއެވެ. މިކޯޗިން ކޭންޕުގައި ކިޔަވައިދެއްވަން ހަމަޖެހިފައިވަނީ ކުޅުދުއްފުށީގެ ބާސްކެޓް ކުޅުންތެރިންކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިކޯޗިންކޭމްޕްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށް ހާއްސަކުރެވިފައިވާ ފޯމް، ޒޯންސްޓޭޑިއަމް 1 އަދި ކުޅުދުއްފުށީގައި ހުންނަ ކުއަންޓަމް ފިހާރައިން ލިބެން ހުންނާނެކަމަށް ބާސްކެޓްބޯލް ކްލަބުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355