twitterviber whatsapp telegramfacebookyoutube instagram
29th March 2024

މިއަދުގެ ނިޔަލަށް 6 ހެކްޓަރުގެ ސަރަހައްދެއް ހިއްކާ ނިމިއްޖެ

Sep 25, 2010

ކުޅުދުއްފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން މިއަދުގެ ނިޔަލަށް 6 ހެކްޓަރުގެ ސަރަހައްދެއް ހިއްކައިފި ކަމަށް ބޮސްކާލިސް އިން ހާމަކޮށްފިއެވެ. ކުޅުދުއްފުށީ ޑޮޓް ކޮމް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ބޮސްކާލިސްގެ ޕުރޮޖެކްޓް މެނޭޖަރ ވިދާޅުވީ، މިއަދުގެ ނިޔަލަށް 6 ހެކްޓަރުގެ ސަރަހައްދެއް ހިއްކާ ނިމިފައިވާ ކަމަށާއި އަދި ކުރިއަށް އޮތް ދިހަ ދުވަހުގެ ތެރޭގައި ކުޅުދުއްފުށިން ހިއްކަން ހަމަޖެހިފައިވާ ސަރަހައްދު މުޅިން ހިއްކާ ނިންމާލެވޭނެކަމަށެވެ.

ދިވެހި ސަރުކާރުގެ ބަޖެޓުން 109 މިލިއަން ރުފިޔާ ހަރަދު ކުރައްވައިގެން ސެޕްޓެމްބަރ މަހުގެ  22 ވަނަ ދުވަހު ހިއްކަން ފެށި މިސަރަހައްދުގެ މަސައްކަތް 10 ދުވަހުގެ ތެރޭގައި ނިމޭއިރު، ބޮސްކާލިސްގެ ބޯޓުން ކޮންމެ ފަހަރަކު 80 ހާސް ކިއުބިކް މީޓަރ ގެ ވެލި ގެންނަކަމަށް ވެއެވެ. ކުޅުދުއްފުށިން ހިއްކާ ސަރަހައްދަށް އަޅާ ވެލި ގެންނަނީ، ހއ އަތޮޅުގެ ބޭރު ސަރަހައްދަކުން ކަމަށް މައުލޫމާތު ލިބެއެވެ.

ކުޅުދުއްފުށީގެ ބިން ހިއްކުމުގެ މަޝްރޫއު ހަވާލުކޮށްފައިވާ “ބޮސްކާލިސް” ކުންފުނީގެ މިބޯޓަކީ ދުވާލަކު 2 ހެކްޓަރުގެ ސަރަހައްދެއް ހިއްކުމުގެ ގާބިލްކަން ލިބިފައިވާ ބޯޓެކެވެ. ކުޅުދުއްފުށީގެ ބިން ހިއްކުމުގެ މަޝްރޫއު ނިމުމާއެކު، އެސަރަހައްދުގެ ރިވެޓްމަންޓް ހެދުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްގެން ވަރަށް އަވަހަށް ކުރިއަށް ދާނެ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި ހިއްކާ ސަރަހައްދުން ގޯތި ދިނުމުގެ އިތުރުން ވިޔަފާރީގެ ބޭނުންތަކަށްވެސް ބިން ދޫކުރެވޭނެ ކަމަށް އެމިނިސްޓްރީން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355