twitterviber whatsapp telegramfacebookyoutube instagram
20th April 2024

ޖަލާލުއްދީން ސްކޫލްގައި އާޓް އެގްޒިބިޝަން އެއް ބާއްވައިފި

Oct 2, 2010

އާޓް އެގްޒިބިޝަން 2010 ގެ ނަމުގައި ކުރެހުމާއި ފަންނުވެރިކަން ދައްކުވައިދޭ މައުރަޒެއް ޖަލާލުއްދީން ސްކޫލްގައި ބާއްވައިފިއެވެ. އެ ސްކޫލްގެ އާޓް ކުލަބުގެ ފަރާތުން އިންތިޒާމްކުރި މި މައުރަޒް ހުޅުއްވައި ދެއްވީ، ކުޅުދުއްފުށީގެ ކުރީގެ ކަތީބު އަދި ދުވަސްވީ ކުރެހުންތެރިޔެއް ކަމަށްވާ އަލްފާޟިލް މޫސާ ޢަލީއެވެ.

މި މައުރަޒުގައި، ކަރުދާހުގައި ތައްޔާރުކޮށްފައިވާ ޕެއިންޓިންގްސް އިތުރުން، ބިއްލޫރިއާއި މުށީގައި ތައްޔާރުކޮށްފައިވާ ފަންނުވެރި ކުރެހުންތައް ބަހައްޓާފައިވެއެވެ. މީގެ އިތުރުން، ސްކަލްޕްޗާރ އާއި ފޮތީގައި ކުރަހައި، ކުލަޖައްސައިގެން ތައްޔާރުކޮށްފައިވާ ފަންނުވެރި މަސައްކަތްތައް ބަހައްޓާފައިވެއެވެ.

މައުރަޒުގައި ބަހައްޓާފައިވާ ކުރެހުންތަކަކީ ޖަލާލާލުއްދީން ސްކޫލްގެ ދަރިވަރުން، ކުލާހުގައި ކޮށްފައިވާ މަސައްކަތްތަކާއި، އާޓް ކުލަބުގެ ފަރާތުން ހިންގި ތަފާތު ވޯކްޝޮޕްތަކުގައި އުފައްދާފައިވާ އުފެއްދުންތަކެވެ.

ޖަލާލުއްދީން ސްކޫލްގެ އާޓް ކުލަބުން މަޢުލޫމާތު ދިންގޮތުގައި، މިއަހަރު އެ ކުލަބުގެ ފަރާތުންވަނީ، ތަފާތު ފަސް ދާއިރާއަކުން ވޯކްޝޮޕް ހިންގާފައެވެ. މި ވޯކްޝޮޕްތަކުގައި ބައިވެރިވެ، ސްކަލްޕްޗާރ ތައްޔާރުކުރުމާއި، ބިއްލޫރިއާއި މުށީގައި ކުރެހުމުގެ އިތުރުން، ފޮތީގައި ކުރެހުމުގެ ހުނަރު ކުލަބު މެންބަރުން ވަނީ އިތުރަށް ތަރައްޤީކޮށްފައެވެ.

އާޓް ކުލަބްގެ ފަރާތުން ވާހަކަދެއްކި އެކުލަބުގެ ޕްރެޒިޑެންޓް ރަޒިއްޔާ ޢަބްދުﷲ، ހާމަކުރާގޮތުގައި، މި މައުރަޒު ބޭއްވުމުގެ ބޭނުމަކީ، ކުރެހުމާއި ފަންނަށް އެޕްރިޝިއޭޓްކުރުމުގެ ރޫޙެއް އުފެއްދުމެވެ.

މިމައުރަޒުގައި ބަހައްޓާފައިވާ ބައެއް މަސައްކަތްތައް ވިއްކާގޮތަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތުލިބެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355