އިބްރާހިމް ހަމީދު
ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގެ ސްޕޯރޓްސް މީޓްގެ އިވެންޓް ތައް ކުރިއަށް މިއަދު ހެނދުނު ފެށިއްޖެއެވެ. މި މިއަދު ހެނދުނު 6:15 ގައި ފެށުނު މި އިވެންޓްތައް ކުރިއަށް ދަނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައެވެ. އަފީފުއްދީން ސްކޫލުގެ ސްޕޯރޓްސް މީޓް ގެ ރަސްމީގޮތުން ފެށުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު 15:50 ގައެވެ. މި މުބާރާތް ޝަރަފްވެރިކޮށް ކޮށްދެއްވާނީ ކުޅުދުއްފުށީގައި އެސްޓީއޯ ފިހާރާގެ މާކެޓިން މެނޭޖަރ އަލްފާޟިލް އިބްރާހިމް ރަޝީދެވެ.
މި ސްޕޯރޓްސް މީޓަކީ ކޮންމެ އަހަރަކުވެސް އަފީފުއްދީން ސްކޫލުން ގުރޭޑް 1، 2، އަދި 3 ގެ ދަރިވަރުންނަށް އަމާޒު ކޮށްގެން ކުރިއަށް ގެންދާ އިވެންޓްތަކެކެވެ. މިމުބާރާތުގައި މިއަހަރު ޖުމްލަ 114 ކުދިން ބައިވެރިވެފައިވާ ކަމަށާއި މިއަހަރުގެ މިއިވެންޓްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހު 23 ން 25 އަށް ކަމަށް އަފީފުއްދީން ސްކޫލުގެ ސްޕޯރޓްސް ސްޕަވައިޒަރ އަލްފާޟިލް އިބްރާހިމް އައްބާސް ކުޅުދުއްފުށީ ޑޮޓްކޮމްއަށް މައުލޫމާތު ދެއްވިއެވެ.
މިއަހަރު މިސްޕޯރޓްސް މީޓްގައި ކުރިއަށްދާ އިވެންޓްތަކަކީ ސެކްރޭސް، ބޯލް ތުރޯއިން، ބެލެންސިން ޓިންއޮންހެޑް، ސްޕްރިންޓް، ސްކިޕިންވިތް ރަނިން، ،ޓަނެލް ބޯލް، އޮބްސްޓެކްލް ކަމަށާއި މިއިވެންޓު ތަކުން ވަނަތައް ހޯދާ ކުދިންނަށް މެޑެއްޔާއި ތަށި ހަވާލު ކުރެވޭނެ ކަމަށް އިބްރާހިމް އައްބާސް ވިދާޅުވިއެވެ.