twitterviber whatsapp telegramfacebookyoutube instagram
23rd April 2024

“ފަހިދުވަސް 2010” ކުޅުދުއްފުށީ ކެމްޕަހުގައި ފެށިގެންކުރިއަށް އެބަދޭ

Oct 23, 2010

އިބްރާހިމް ހަމީދު

މޯލްޑިވްސް ކޮލެޖް އޮފް ހަޔާރ އެޑިޔުކޭޝަން އިން 2011  ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި ފަށާ ކޯސްތަކާބެހޭ މަޢުލޫމާތު ދިނުމުގެ ގޮތުން ދެދުވަހުގެ މުއްދަތަށް “ފަހިދުވަސް 2010” ގެ ނަމުގައި ހަރަކާތްތަކެއް ހިންގަމުން އެބަދެއެވެ. މިއީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން އިން 2011 ވަނަ އަހަރު އެކޮލެޖުން ހިންގާ ކޯސްތަށް އިއުލާނު ކޮށްފައިވާތީ އެކޯސްތަކާއި ބެހޭ މައުލޫމާތު ސާފު ކުރުމަށް އެދޭ ފަރާތް ތަކަށް ހާއްސަކޮށްގެން ބާއްވާ ހަރަކާތެކެވެ.

މިގޮތުން މިދެދުވަހު ކޮލެޖްގެ ކޯސްތަކަށް ވަންނަން ބޭނުންވާ ފަރާތް ތަކަށް ފޯމް ފުރައި ދިނުމަށް އެހީތެރިކަން ފޯރުކޮށް ދިނުމާއި ކޯސްތަކަށް ވަނުމަށް އެދޭ ފަރާތް ތަކުގެ ސެޓްފިކެޓް ތަކާއި އަދި އައިޑީ ކާޑް ހިލޭ ފޮޓޯ ކޮޕީ ހަދައި ދިނުން ހިމެނެއެވެ. އަދި ކެރިއަރ ކައުންސިލިންގް ބޭނުންވާ ފަރާތް ތަކަށް އެހިދުމަތް ވެސް ލިބިގެން ދާނެ ކަމަށާއި އަދި ކޯހަށް ވަނުމަށް އެދޭ ފޯމް ބަލައިގަތުމުގެ އިންތިޒާމްވެސް މިދެދުވަހުގެ ހަރަކާތް ތަކުގެ ތެރޭގައި ހިމެނޭނެ ކަމަށް ފެކަލްޓީ އޮފް އިންޖިނިއަރިންޓެކްނޮލޮޖީގެ އެސިސްޓެންޓް ލެކްޗަރާ އަދި ކުޅުދުއްފުށީ ކެމްޕަސްގެ  މެނޭޖަރު އިބްރާހިމް ފައިސަލް ކުޅުދުއްފުށީ ޑޮޓް ކޮމް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

މިމަހުގެ 23 އަދި 24 މިދެދުވަހު ފަހިދުވަސް 2010 ގެ ނަމުގައި ދެދުވަސް ފާހަގަ ކުރުމުގެ އެންމެ ބޮޑު މަގްޞަދަކީ ކޯސްތަކަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެކޯސްތަކާއިބެހޭ ފުރިހަމަ މައުލޫމާތު ދިނުމާއި އެފަރާތްތަކަށް އެހީތެރިކަން ފޯރު ކޮށް ދިނުމުގެ އިތުރުން ކޮލެޖްގައި ހިންގާ ތަފާތު ކޯސްތަކަށް އަހުލުވެރި ކުރުވުންކަމަށް އިބްރާހިމް ފައިސަލް ވިދާޅުވިއެވެ.

މިގޮތުން ކުޅުދުއްފުށީގައި މިހަރަކާތް ތައް ހިގަމުންދަނީ ކުޅުދުއްފުށީ ކެމްޕަހުގައެވެ. މިއަދު ހެނދުނު 9:00  ން 12:00  އަށް އަދި  މާދަމާ (އާދިއްތަ) ހެނދުނު 8:30 ން   ހަވީރު 6:00  އަށް މިހަރަކާތް ތައް ކުރިއަށް ދާނެ ކަމަށް ކޮލެޖުން މައުލޫމާތު ދެއެވެ.

ކުޅުދުއްފުށީ ކެމްޕަހުގައި މިހާރު ކުރިއަށްދާ ގެންދާ ކޯސްތަކުގެ ތެރޭގައި މޯލްޑިވްސް ޕޮލިޓެކްނިކް އިން ހިންގަވާ އެޑްވާންސް ސެޓްފިކްޓް އިން އިންޖިން ރިޕެއަރ އެންޑް މެއިންޓަނަސް ކޯހާއި އެޑްވާންސް ސެޓްފިކެޓް އިން ޑީސިލިނޭޝަން ޕުލާންޓް އޮޕަރޭޓިންގް އެންޑް މެއިންޓަނަސް ކޯހާއި ފެކަލްޓީ އޮފް އެޑިޔުކޭޝަން އިން ހިންގަވާ ޑިޕްލޮމާ އިން ޓީޗިންގް ޕްރައިމަރީ ކޯހާއި ފެކަލްޓީ އޮފް ހެލްތު ސައިންސް އިން ހިންގަވާ އެޑްވާންސް ސެޓްފިކެޓް އިން ނާސިން ކޯހާއި ފެކަލްޓީ އޮފް މެނޭޖްމަންޓުން ހިންގަވާ އެޑްވާންސް ސެޓްފިކެޓް އިން މެނޭޖްމަންޓް އެންޑް  ކޮމްޕިއުޓިން ކޯހާއި  ކޮލެޖުން ހިންގަވާ ޑިޕްލޮމާ އިން އާރލީ ޗައިލްޑް ހުޑް އެޑިޔުކޭޝަން ކޯހާއި އިންގްލިޝް ފޯ ފާދަރ ސްޓަޑީޒް ގެ އިތުރުން ޑިޕްލަމާއިން ދިވެހިލޭންގުއޭޖް ކޯސް ހިމެނެއެވެ.

މިހާރު މިކޯސްތަކުގައި ޖުމްލަ 141  ދަރިވަރުން ކިޔަވަމުންދާކަމަށާއި 2011  ވަނަ އަހަރު މައުޙަދުގެ ކޯސްތައްވެސް ކުޅުދުއްފުށީ ކެމްޕަސްގައި ހިންގަން ފެށުމަށް އުއްމީދު ކުރާކަމަށް  އިބްރާހިމް ފައިސަލް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355