twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުށީ އިންޓަރ އޮފީސް ފުޓްސަލް މުބާރާތް 2010 ފެށިގެން ކުރިއަށް އެބަދޭ

Nov 5, 2010

އިބްރާހިމް ހަމީދު

ކުޅުދުއްފުށީ އިންޓަރ އޮފީސް ފުޓްސަލް މުބާރާތް 2010  ފެށިގެން ކުރިއަށް އެބަދެއެވެ. މިމުބާރާތަކީ ކުޅުދުއްފުށީ ޒިގްޒެގްފޯރ ޔޫތު ލިންކޭޖް ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ކުޅުދުއްފުށީ ގައި ހުންނަ ސަރުކާރު އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުނިފުނިތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ ފުޓްސަލް މުބާރާތެކެވެ. މިމުބާރާތް ކުރިއަށްދަނީ ކުޅުދުއްފުށީ ޒޯންސްޓޭޑިއަމްގައި މިމަހު 04 ން  16 އަށެވެ.

އިއްޔެ ފެށުނު މިމުބާރާތް ޝަރަފްވެރިކޮށްދެއްވީ މަތި އުތުރު ޕްރޮވިންސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ ނައިބް އަލްފާޟިލް އާދަމް ސައީދުއެވެ. މިއަދު ކުޅެވުނު ފުރަތަމަ މެޗްގައި ބައްދަލު ކުރީ އޭއީސީ އާއި ކުޅުދުއްފުށީ ކަސްޓަމްސް އެވެ. މިމެޗްކާމިޔާބު ކުރީ 8 ލަނޑު 0 ލަނޑުން ކަސްޓަމްސްގެ ޓީމެވެ. މިމެޗްގެ މޭން އޮފް ދަ މެޗްގެ މަގާމަށްހޮވިފައި ވަނީ ކަސްޓަމްސް ޓީމްގެ ޖޯޒީ ނަމްބަރު 7 އަލީ އާދަމެވެ. ދެވަނަ މެޗްގައި ބައްދަލް ކުރީ ޕްރޮވިންސް އޮފީހާއި ދިރާގެވެ. މިމެޗް ކާމިޔާބުކުރީ 5   ލަނޑު2 ލަނޑުން ދިރާގް ޓީމެވެ. މިމެޗްގެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ ދިރާގް ޓީމްގެ ޖޯޒީ ނަމްބަރު 11 އަސްވަދު ރަޝީދެވެ. ތިންވަނަ މެޗްގައި ބައްދަލް ކުރީ އެމްއެންޑީއެފް ޕޯސްޓާއި ހޮސްޕިޓަލް ރިކުރިއޭޝަން ކުލަބެވެ . މިމެޗް 6 ލަނޑު  6 ލަނޑުން އެއްވަރުވީއެވެ. މިމެޗްގެ މޭން އޮފް ދަ މެޗްގެ މަގާމަށް ހޮވުނީ އެމްއެންޑީއެފް ޓީމްގެ ޖޯޒީ ނަމްބަރު 7 އަހްމަދު އަލީއެވެ.

ޒިގްޒެގްފޯރ ޔޫތު ލިންކޭޖް ޖަމްއިއްޔާގެ އޮފްޝަލް ހަސަން މޫސާ ކުޅުދުއްފުށީ ޑޮޓް ކޮމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިފަދަ މުބާރާތެއް އިންތިޒާމް ކޮށް އޮފީސް ތަކަށާއި ކުންފުނިތަކަށް ހުޅުވާލާއިގެން ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަގްސަދަކީ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި  ގުޅުން ބަދަހި ކުރުމާއި މުވައްޒަފުންނަކީ ދުޅަހެޔޮ ސިއްހަތެއް ބޭނުންވާ ބަޔަކަށްވާތީ މިފަދަ ފުރުސަތެއް ހޯދައި ދިނުމެވެ. އަދި މިއޮފީސްތަކުގެ މުވައްޒަފުންނަކީ އަބަދުވެސް ފުޓްބޯޅަކުޅުމަށާއި ފުޓްސަލްއަށް ލޯބި ކުރާ މުވައްޒަފުން ތަކަކަށް ވެފައި މިފަދަ މުވައްޒަފުން ފުޓްސަލްއަށް އަހުލުވެރި ކުރުވުންކަމަށް ވެސް  އެފަރާތުން މައުލޫމާތު ދެއްވިއެވެ.

މިގޮތުން މިމުބާރާތުގައި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުން ޖުމްލަ  11 މުއައްސަސާއަކުން  ބައިވެރިވެފައެވެ. މިމުބާރާތުގައި  ބައިވެރިވެފައިވާ އޮފީސްތަކާއި ކުންފުނިތަކަކީ ކުޅުދުއްފުށީ ކަސްޓަމްސް، ސަރަހައްދީ ބަނދަރު، އަތޮޅު އޮފީސް، ކުޅުދުއްފުށީ އެމް އެންޑީ އެފް ޕޯސްޓް، ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން، އަޕަރ ނޯތު ޕްރޮވިންސް އޮފީސް ، ހޮސްޕިޓަލް ރިކްރިއޭޝަން ކުލަބް، އެސް ޓީ އޯ އޮފީސް، އަފީފުއްދީން ސްކޫލް، ހދ. އަތޮޅު ތައުލީމީ މަރުކަޒު، އަދި ކުޅުދުއްފުށީ ދިރާގް ކަމަށް ހަސަން މޫސާ މައުލޫމާތު ދެއްވައެވެ.

ރެއަކު 03 މެޗް ކުޅުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ކުޅުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރޭގަނޑު20:00 ން  22:00 އަށެވެ. އަދި މިމުބާރާތުގައި ވަނަ ވަނައަށް ދާ މަގާމް ތަކަށާއި ޓީމްތަކަށް މެޑެއްޔާއި ތަށި ދިނުމަށް ހަމަޖެހިފައިވާ ކަމަށް ޒިގްޒެގުން ހާމަކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355