twitterviber whatsapp telegramfacebookyoutube instagram
20th April 2024

ޑީއާރުޕީ ޝަހީދު ހުސެއިން އާދަމް ގޮފީގެ ފަރާތުން ކުޅުދުއްފުށީގައި ބައްދަލުވުމެއް ބާއްވައިފި

Nov 6, 2010

އިބްރާހިމް ހަމީދު

ކުޅުދުއްފުށީ ޝަހީދު ހުސެއިން އާދަމް ގޮފިން އިސްނަގައިގެން ބައްދަލުވުމެއް ބާއްވައިފިއެވެ. މިބައްދަލުވުމަކީ ޑީއާރުޕީގެ އާއްމު ބައްދަލުވުމެއް ކަމަށް ޑީއާރުޕީން މައުލޫމާތު ދެއްވައެވެ. މިބައްދަލުވުމުގައި ޑީއާރުޕީގެ ދެ ނައިބް ލީޑަރުން ކަމަށްވާ އުމަރު ނަސީރާއި އިލްހާމް ބައިވެރި ވެފައިވެއެވެ. އަދި މީގެ އިތުރުން  އިބްރާހިމް ނާޒިމް އާއި ގާނޫނީ ވަކީލް މުހައްމަދު ވަޙީދު ވެސް ބައިވެރިވެފައިވެއެވެ.

މިބައްދަލުވުމުގައި ވާހަކަ ދެއްކެވި ބޭފުޅުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ވަރަށްބޮޑަށް ފާޑު ވިދާޅުވެފައިވެއެވެ. އަދި މީގެއިތުރުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާއަށާއި ރައްރިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ ރައީސް މޫސާ މަނިކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދެއްކެވިއެވެ.

ބައްދަލުވުމުގައި ވާހަކަ ދެއްކެވި ބޭފުޅުން ވިދާޅުވެފައި ވަނީ މިއީ ލާދީނީ ސަރުކާރެއް ކަމަށާއި މިސަރުކާރުން ކުޅުދުއްފުއްޓަށް އެއްވެސް ކަމެއް ކޮށްނުދޭ ކަމަށެވެ. އަދި މިރަށުގައި ބޮސްކާލިސްއިން ހިއްކާފައި އޮތް ބިމާއި މިރަށުގެ ނަރުދަމާގެ މަސައްކަތަކީ ވެސް  ކުރީގެ ސަރުކާރުން ނިންމާފައިވާ ކަމެއް މިސަރުކާރުން ތަންފީޒު ކުރީ ކަމަށް ބުނެފައިވެއެވެ. އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ހިދުމަތްތަކަށް މިހާރު އަގުނަގާ ވާހަކަޔާއި ކުރީގެ ސަރުކާރުން ހިދުމަތްތަކަށް އަގުނަގާފައި ނުވާނެކަމަށް ބުނެފައިވެއެވެ.

މި ބައްދަލުވުމުގައި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔުމުގެ އިތުރުން ސަރުކާރާއި އެމްޑީޕީގެ އިސްވެރިންނަށް ހުތުރުބަސްތައް ރައްދުކޮށް ވާހަކަ ދައްކާފައިވެއެވެ. އަދި ނޫސްވެރިންނަށްވެސް ފާޑުކިޔާފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355