twitterviber whatsapp telegramfacebookyoutube instagram
29th March 2024

އަފީފުއްދީން ސްކޫލުގައި ބެލެނިވެރިންނާއި ޓީޗަރުންގެ ޚިޔާލް ހޯދުމުގެ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

Nov 8, 2010

އިބްރާހިމް ހަމީދު

ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގެ ބެލެނިވެރިންނާއި ޓީޗަރުންގެ ހިޔާލް ހޯދުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. އަފީފުއްދީން ސްކޫލުގެ ބެލެނިވެރިން ހުށަހެޅި ހުށަހެޅުމަކަށް ސްކޫލުން އިންތިޒާމް ކޮށްގެން ބޭއްވުނު މިބައްދަލުވުމުގެ މަގްސަދަކީ 2011 ވަނަ އަހަރު އެ ސްކޫލުގެ ސްޓެރެޓެޖިކް ޕްލޭން ތައްޔާރުކުރުމުގެ  ކުރިން  ކުދިންގެ ކިޔެވުމުގެ އެންމެހާއި ކަންތައްތަކާއި، ޓީޗަރުންގެ ފަރާތުންނާއި ސްކޫލުގެ މެނޭޖްމަންޓުގެ ފަރާތުން ރަނގަޅު ކުރަންހުރި ކަންތައްތަކާއި ބެހޭ ގޮތުން ބެލެނިވެރިންނާއި ޓީޗަރުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ބޭއްވުނު ބައްދަލުވުމެއް ކަމަށް އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް  އަދި މަތިއުތުރު ޕްރޮވިންސް އޮފީހުގެ އެޑިޔުކޭޝަން ޔުނިޓް ހިންގެވުމާއި ހަވާލުވެ ހުންނެވި އިބްރާހިމް އާސިފް މައުލޫމާތު ދެއްވާފައި ވެއެވެ.

މިގޮތުން މިބައްދަލުވުން ކުރިއަށް ގެންދިޔައީ ޓީޗަރުންނާއި ބެލެނިވެރިން ގުރޫޕް ތަކަކަށް ބަހާލައިގެންނެވެ. ބެލެނިވެރިން ހުށަހެޅި ހުށަހެޅުން ތަކުގެ ތެރޭގައި ކުދިންގެ ޔުނީފޯމްގެކަންތައްތަކާއި ކިޔެވުމުގެ ކަންތައްތަކުގައި ޓީޗަރުންނާއި ސްކޫލުގެ މެނޭޖްމަންޓުން ވިސްނަންޖެހޭ ކަންތައްތައް ހިމެނެއެވެ. އަދި އިތުރަށް ރަނގަޅު ކުރެވިދާނެ ކަންތައްތަކާއި ބެހޭ ގޮތުން މައުލޫމާތު ކަރުދާހެއް މިމަޝްވަރާތަކުގައި ކޮންމެ ގުރޫޕަކުން ހުށަހަޅައި ދީފައިވެއެވެ.

އަދި މީގެއިތުރުން ޓީޗަރުން ވަނީ ބެލެނިވެރީންނާއި ކުދިން ސަމާލުވެ ވިސްނަންޖެހޭ ކަންތައްތަކުގެ މައްޗަށާއި އިތުރަށް ރަނގަޅު ކުރެވިދާނެ ކަންތައްތައް ހިމެނޭ މައުލޫމާތު  ކަރުދާހެއް ހުށައަޅައިދީފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355