twitterviber whatsapp telegramfacebookyoutube instagram
24th April 2024

ޔުނިސެފާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގުޅިގެން ކުޅުދުއްފުށީގައި ބައްދަލުވުމެއް ބާއްވައިފި

Nov 9, 2010

އިބްރާހިމް ހަމީދު

ޔުނިސެފާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގުޅިގެން  ސްކޫލްތަކުގެ ކުދިންނަށް އަމާޒު ކޮށްގެން ސާފުތާހިރު ވެވޭނެ ގޮތްތަކާއި ސާފުތާހިރު ނުވެވިއްޖެނަމަ ދިމާވެދާނެ ނުރައްކާތެރި ސިއްހީ މައްސަލަތަކާއި  ބެހޭ ގޮތުން ކުދިންހޭލުންތެރި ކުރުމަށް ބައްދަލުވުމެއް ބާއްވައިފިއެވެ.

އަފީފުއްދީން ސްކޫލް ހޯލްގައި އިއްޔެ ކުރިއަށް ދިޔަ މިބައްދަލުވުމުގައި ޖުމްލަ 180 ކުދިންނާއި 20 ޓީޗަރުން ބައިވެރިވިއެވެ. މިބައްދަލުވުމުގައިކުޅުދުއްފުށީގެ 3 ސްކޫލްގެ އިތުރުން ހދ އަތޮޅު ނެއްލައިދޫ، ކުމުންދޫ، ނޮޅިވަރަމް އަދި ނޮޅިވަރަމްފަރު ސްކޫލުތަކުން ކުދިންނާއި ޓީޗަރުން ބައިވެރިވެފައި ވެއެވެ. މިގޮތުން މިބައްދަލުވުން ކުރިއަށް ދިޔައީ  ޓީޗަރުން ހިމެނޭ ގޮތަށް ހުރިހާ ކުދިން ގުރޫޕް ތަކަށް ބަހާލައިގެންނެވެ.

ސާފުތާހިރު ވެވޭނެ ގޮތްތަކާއި އަދި ސާފުތާހިރު ނުވެވިއްޖެ ނަމަ ސިއްހީ ގޮތުން ދިމާވެދާނެ މައްސަލަތަކާއި މެދު ކޮންމެ ގުރޫޕަކުންވެސްވަނީ މައުލޫމާތު ހޯދާ މަޝްވަރާކޮށް ޕޯސްޓަރެއް ތައްޔާރު ކޮށްފައެވެ. ކުދިން ތައްޔާރު ކުރި ޕޯސްޓަރުތައް ވަނީ މިބައްދަލުވުމުގައި ބައިވެރިވި ކޮންމެ ސްކޫލަކަށް  ހަދިޔާ ކޮށްފައެވެ.

މިބައްދަލުވުމުގައި މައުލޫމާތު ދެއްވީ ޔުނިސެފްގެ ކަމާއި ބެހޭ ބޭފުޅުންކަމަށް ޔުނިސެފްގެ ވޯޓަރ އެންޑް ސެނިޓޭޝަން އޮތޯރިޓީގެ އޮފިސަރެއް ކަމުގައިވާ ޝާދިޔާ ކުޅުދުއްފުށީ ޑޮޓްކޮމްއަށް މައުލޫމާތު ދެއްވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355