twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުށީ އާޓިފިޝަލް ބީޗް: ހަދާ ނިމުނުއިރު ބީޗަކުން ލިބޭ ހިތްހަމަޖެހުމެއް ނުލިބުނު

Sep 25, 2016

އަތޮޅުތެރޭގައި ފުރަތަމަ ފަހަރަށް ހެދި އާޓިފިޝަލް ބީޗް ކުޅުދުއްފުށީގައި މިދިޔަ ހަފްތާގެ ތެރޭގައި ނިންމާލާފައި ވާއިރު ކުޅުދުއްފުށިގެ ރައްޔިތުން ހީކުރި ވަރުގެ ހިތްހަމަޖެހުމެއް މި ބީޗަކުން ނުލިބުނެވެ.

ބީޗް ހެދި ސަރަހައްދު އޮތްގޮތުން، ބީޗް ހެދުމުގެ މަސައްކަތާ ހަވާލުވި ކުންފުނިން އެ މަސައްކަތް އެއްކޮށް ނިންމިކަމާމެދު ވެސް ބައެއް ފަރާތްތަކުން ސުވާލުކުރެއެވެ. އެ މަސައްކަތުގެ ކޮންޓްރެކްޓަރ މަސައްކަތް ނިންމުމަށްފަހު މިހާރުވަނީ ރަށުން ފައިބައިގެން ގޮސްފައެވެ.

ކުޅުދުއްފުށީ “ބޯޒިޔާރާތް” ސަރަހައްދުގައި ކެޕިޓަލް އިންވެސްޓްމެންޓް އެންޑް ފިނޭންސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން މޫދަށް އެރޭ ސަރަހައްދެއްގެ ގޮތުގައި 60 ފޫޓާއި 100 ފޫޓްގެ ސަރަހައްދެއް ހެދިފައިވާއިރު އެތަން ހަމަޖެހިފައި އޮތީ ބީޗް އެއްކޮށް ހަދާ ނިމޭއިރު ހުރިހާ ގާތައް ނަގާ ވެލިއަޅައި ރީތި ކުރުމާއެކު އެވެ.

ބީޗުގައި ގިނަ އަދަދެއްގެ ގައު —

 

ނަމަވެސް ފެންނަނީ އެހެން މަންޒަރެކެވެ. މޫދުގެ ރާޅުޖަހާފަށުގައި ގިނަ އަދަދަކަށް ގައު ހުރިއިރު ގާތައް ނަގައި ސާފުކޮށްފައިހުރި ކަމަކަށް ނުބެލެވެއެވެ. ބީޗްގެ ހިތްގައިމުންކަން އެއްކޮށްހެން ގެއްލިފައިވަނީ މި ސަބަބާ ހުރެއެވެ.

“ފެނިގެން މިދިޔައީ ކަމަކަށް ކަމެއް ކޮށްލާ އުސޫލު. ކަންފަސޭހަ ކޮށްލާފައޮތް ތަން. އާޓިފިޝަލް ބީޗެކޭ ބުނެވޭވަރާ ގާތަށްވެސް މަސައްކަތް ކޮށްލެވިފައެއް ނެތް.” އެ ސަރަހައްދުގައި ހުރި މީހަކު މި ނޫހާ ވާހަކަދައްކަމުން ބުނެފައި ވެއެވެ.

ބީޗުގައި ހުރި ގިނަ އަދަދަކަށް ގައު ހުރި–

 

ފުރަތަމަ ގާތަކުގެ މައްސަލަ ބާއްވާފައި އެސަރަހައްދަށް ނަޒަރު ހިންގަލާށެވެ. ކުރިއަށް އޮތްތަނުގައި އެންމެ ގިނައިން މީހުން ހަވީރު ހިތްހަމަ ޖައްސާލުމަށް ދާނެ އެއްތަނަކަށް އެތަން ވާނެކަން ޔަގީނެވެ. އެހެންނަމަވެސް އެސަރަހައްދުގައި އެކަމަށް އެކަށީގެން ވާ މާހައުލެއް ގާއިމްވެފައި އެބައޮތްތޯ އެެވެ؟ ކުޑަމިނުން އިށީނދެލައި ތިބޭނެގޮތެއްވެސް ހަމަޖެހިފައި ނެތެވެ. ނުވިތާކަށް ރޭގަނޑު މޫދު އެރެން ބޭނުންވާ ފަރާތްތަކަށް އެކަށީގެންވާ އަލިކަމެއްވެސް އެތަނުގައި ނެތެވެ.

ބީޗް ހަދާ ނިމުނުއިރު ގިނަ މައްސަލަތަކެއް ހުރި–

 

ބީޗްގެ މަޝްރޫއު ފެށިއިރު ގިނަބަޔަކު އުއްމީދުކޮށްގެން ތިބީ، ފުރިހަމަ ރީތި، ހިތްހަމަޖައްސާލަން ގޮސް ތިބެވޭނެ ބީޗަކަށް އެތަން ބަދަލުވާނެ ކަމަށެވެ. ނަމަވެސް ހީކޮށްގެންތިބި މިންވަރާ ގާތަށް އެތަނުގެ މަސައްކަތްތައް ނިންމާފަނުވާ ކަމަށް ގިނަ އާންމުން ދަނީ ބުނަމުންނެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355