twitterviber whatsapp telegramfacebookyoutube instagram
19th April 2024

މުވައްޒަފުންގެ މުސާރައިން އުނިކުރި ބައި އިއާދަކޮށްފި

Jan 4, 2011

ސިވިލް ސާރވިސްގެ މުވައްޒަފުންނާއި ސަރުކާރުގެ ބައެއް އެހެނިހެން އޮފީސްތަކުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަކޮށްފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން، މި މަހުން ފެށިގެން ކުރީގެ މުސާރަ އާއި އިނާޔަތްތައް އިއާދަ ކުރުމަށް ނިންމައިފިއެވެ.

މިރޭ މާލީ ވުޒާރާ އިން ނެރުނު ސާކިއުލާރ އެއްގައި ބުނެފައިވަނީ، ގައުމަށް ކުރިމަތިވި އިގްތިސާދީ ހާއްސަ ހާލަތާ ގުޅިގެން 2009 ވަނަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން ފެށިގެން މުސާރަ އާއި އިނާޔަތަށް ގެނައި ބަދަލު މި ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން އިއާދަ ކުރުމަށް ސަރުކާރުން ނިންމައިފި ކަމަށެވެ.

ފިނޭންސްމިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލަރ މުޙައްމަދު އަޙްމަދު ސޮއިކުރައްވާ ނެރުނު އެ ސަރކިއުލަރގައި ބުނެފައިވަނީ، ޤައުމަށް ކުރިމަތިވި އިޤްތިޞާދީ ޚާއްސަ ހާލަތާއި ގުޅިގެން 01 އޮކްޓޯބަރ 2009 ން ފެށިގެން މުވައްޒަފުންގެ މުސާރައާއި އިނާޔަތަށް ގެނައި ބަދަލު 01 ޖެނުއަރީ 2011 ން ފެށިގެން އިއާދަކުރުމަށް ސަރުކާރުން ޤަސްދުކުރައްވާފައިވާތީ މިއަހަރަށް ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހަޅާފައިވަނީވެސް އެބައި ހިނައިގެން ކަމަށެވެ. އަދި މިއަހަރުގެ އާމްދަނީ 07 ބިލިއަނަށް އަރާނެކަމަށް ލަފާކޮށްފައިވާނެކަމަށްވެސް އެ ސަރކިއުލަރ ގައި ބުނެފައިވެއެވެ.

މިމައްސަލާގައި ސިވިލް ސާރވިސް ކޮމިޝަނުން މީގެ ކުރިން ވަނީ ސިވިލް ކޯޓުގައި ދައުވާއެއްވެސް ކޮށްފައެވެ. އެކޮމިޝަނަށް އެމައްސަލަ ކާމިޔާބުވިކަމުގައި ވިޔަސް ސަރުކާރުން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ދަށު ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޠު ކުރެވޭ ގޮތެއް ނުވިއެވެ. މިއަދު ސަރުކާރުގެ ބައެއް އޮފީސްތަކުގެ މުވައްޒަފުންނަށް އެމުވައްޒަފުންނަށް ލިބެމުން އައި ބައެއް އިނާޔަތްތައް ކަނޑާލާފައިވާ ކަމަށްވެސް ވަނީ އަންގަވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355