twitterviber whatsapp telegramfacebookyoutube instagram
25th April 2024

“ހިރަފުސް ދަނޑު” ރަނގަޅު ފެންވަރަކަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުން އެބަދޭ

Jan 13, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީގައި ފުޓްބޯޅަ ތަރައްގީ ކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ ޒުވާނުންގެ ބަޔަކު އިސްނަގައިގެން ކުޅުދުއްފުށީ އިރުމަތި އަވަށުގައި ހަދަމުންދާ ފުޓްބޯޅަ ދަނޑުގެ (ހިރަފުސް ދަނޑު) މަސައްކަތް ވަރަށް ފޯރިއާއިއެކު ކުރަމުން އެބަދެއެވެ. މިމަޝްރޫއުގެ މަސައްކަތް ހިގަމުންދާ ގޮތާއި ބެހޭގޮތުން ކުޅުދުއްފުށީ އޮންލައިންއަށް މައުލޫމާތު ދެއްވަމުން މިދަނޑު ހެދުމުގެ މަސައްކަތް ރާވާ ހިންގުމަށް އުފައްދާފައިވާ ކޮމެޓީގެ ރައީސް މުހައްމަދު ހަސަން ވިދާޅުވީ މިމަޝްރޫއުގެ މަސައްކަތަކީ ސަރުކާރުން ތަކެތި ދެއްވައިގެން އެދަނޑަށް ކުޅެން އަންނަ ކުދީންނާއި އަދި އިތުރު ބައެއް ފަރާތްތަކުގެ އެހީތެރިކަމާއިއެކު ހިލޭސާބަހަށް ކުރަމުންދާ މަސައްކަތެއްކަމަށެވެ.

ކުޅުދުއްފުށީ އިރުމަތީ އަވަށުގައި ޒަމާންތަކެއް ވަންދެން ފުޓްބޯޅަ ކުޅެމުން އައި ދަނޑު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރުމަށް އެކުލަވާލި ކޮމެޓީ ގެ ރައީސް ވިދާޅުވީ، އެދަނޑުގެ ފަސްގަނޑު އެއްވަރުކޮށްފައިވަނީ ކުޅުދުއްފުށީ މަގުހަދާ ޔުނިޓްގެ ވެހިކަލްތަކާއި އެމްޑަބްލިޔުއެސްސީގެ ވެހިކަލް ބޭނުން ކޮށްގެން ކަމަށެވެ. އަދި އެދަނޑު ދިއްލުމަށް ބޭނުންވާ ލައިޓިންގ ސިސްޓަމް ހަދިޔާކޮށްފައިވަނީ އަމީން ކޮންސްޓްރަކުޝަނުންކަމަށާއި އަދި ދަނޑަށް ފެންޖެހުމަށް ބޭނުންވާ ތަކެތި ހަދިޔާ ކޮށްފައިވަނީ ކުޅުދުއްފުށީ ވައްތީނިގެ އަހްމަދު އާދަމް ކަމަށެވެ. އޭގެ އިތުރުންވެސް ވަރަށް ގިނަ ފަރާތްތަކުން އެދަނޑު ހެދުމަށް ފައިސާގެ އެހީތެރިކަން ފޯރު ކޮށްދީފައިވާކަމަށް މުހައްމަދު ހަސަން ވިދާޅުވިއެވެ. ތައްކެއްޗަށް ނުޖެހި މަސައްކަތް ކުރިއަށްދާ ކަމުގައި ވަނީ ނަމަ ފެބްރުއަރީ މަހު ދަނޑުގެ މަސައްކަތް ނިމިގެން ދާނެ ކަމަށް އެފަރާތުން މައުލޫމާތު ދެއްވައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355