twitterviber whatsapp telegramfacebookyoutube instagram
19th April 2024

އަންހެން ގައުމީ ފުޓުބޯޅަ ޓީމް ކުޅުދުއްފުށީގެ އަންހެން ފުޓުބޯޅަ ޓީމާއެކު ކުޅުނު އެކުވެރިކަމުގެ މެޗް ބޮޑު ތަފާތަކުން ކާމިޔާބުކޮށްފި

Jan 15, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީ އަންހެނުންގެ ތެރެއިން ހޮވާލެވުނު ޓީމަކާއި ދިވެހިރާއްޖޭގެ އަންހެން ގައުމީ ފުޓުބޯޅަ ޓީމު އިއްޔެ ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗް ބޮޑުތަފާތަކުން ގައުމީޓީމް ކާމިޔާބުކޮށްފިއެވެ. މިމެޗް ގައުމީޓީމު ކާމިޔާބުކޮށްފައިވަނީ 10 ލަނޑު 0 ލަނޑުންނެވެ.

މިމެޗަކީ މިމަހު 13 ގައި ކުޅުދުއްފުއްޓަށް ޒިޔާރަތްކުރި ގައުމީ ޓީމުން ކުޅުދުއްފުށީގެ އަންހެނުންނާއި އެކުވެރިކަން ބަދަހިކުރުމުގެ މަގުޞަދުގައި ރޭވިގެން ކުރިއަށްދިޔަ މެޗެއްކަމަށް ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން ގައުމީ ޓީމްގެ ހެޑް ކޯޗް އަހްމަދު ނާޝިދު ހާމަކުރެއްވިއެވެ.

މިމެޗް ޝަރަފްވެރި ކޮށްދެއްވާ އިނާމް ހަވާލުކޮށްދެއްވީ ކުޅުދުއްފުށީގައި ފުޓުބޯޅާގެ މައިދާނުގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހަރަކާތްތެރި ވެފައިވާ ކުޅުދުއްފުށީ ކުލުނު މުހައްމަދު އަލީއެވެ.

މިމެޗް ބައްލަވާލެއްވުމަށް ރައްޔިތުން މަޖިލީހުގައި ކުޅުދުއްފުށީ އުތުރު ދާއިރާ ތަމްސީލް ކުރަށްވާ މެމްބަރު އަބްދުލްގަފޫރު މޫސާ ޒޯން ސްޓޭޑިއަމް ވަޑައިގެންނެވިއެވެ. މެޗަށް ފަހު ކުޅުދުއްފުށީ ޓީމްގެ ކޯޗް އަބްދުއްސައްތާރުގެ އުފަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކޭކެއް ފަޅާފައިވެއެވެ.

[fpg id=”1295125532_539x609_Gallery.xml”]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355