twitterviber whatsapp telegramfacebookyoutube instagram
24th April 2024

ޖަޕާނުގެ އަންހެނަކާ ގަދަކަމުން ބަދުއަހުލާޤީ އަމަލު ހިންގި ކުޅުދުއްފުށީ މީހަކު ޖަލަށް ލުމަށް ހުކުމްކޮށްފި

Jan 18, 2011

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު ކުޅުދުއްފުށީގައި މަސައްކަތްކުރާ ޖަޕާނުގެ އަންހެނަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކުޅުދުއްފުށީ އަބަދަށްހިޔާ އާދަމް ޝަރީފް 2 އަހަރު ދުވަހަށް ޖަލަށްލުމަށް މިއަދު ހުކުމް ކޮށްފިއެވެ. ކްރިމިނަލް ކޯޓުގެ ހުކުމުގައި ވަނީ، އާދަމް ޝަރީފް މިދިޔަ ނޮވެމްބަރު މަހުގެ 06 ވަނަ ދުވަހު ޖަޕާނު އަންހެނެއް ކަމަށްވާ މިޒުޝިމާ މަގުމަތިން އަންނަނިކޮށް އޭނާ ހިފަހައްޓައި، ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ޝަރީއަތުގައި އެއްބަސްވެ، ކުށަށް އިއުތިރާފް ވެފައިވާ ކަމަށެވެ. އާދަމް ޝަރީފް ދެއަހަރު ދުވަހުގެ ޖަލު ހުކުމަކާއެކު 25 އެތިފަހަރުން ތައުޒީރު ކުރުމަށްވެސް އެހުކުމުގައި ވެއެވެ.

ޖަޕާނުގެ ރައްޔިތެއްކަމަށްވާ މިޒުޝިމާ އަކީ ޖަލާލުއްދީން ސްކޫލުގެ ބޭންޑް މާސްޓަރ އެއްގެ ވަޒީފާ އަދާކުރަމުން ދާ މީހެކެވެ. މިނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޖަޕާނުގެ އެ އަންހެން މީހާ އާ އެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައާ ގުޅިގެން އެ ޓީޗަރު މަސައްކަތް ކުރާ ޖަޕާން އޯވަރސީސް ކޯޕަރޭޝަން ވޮލަންޓިއާރސް (ޖޭ.އޯ.ސީ.ވީ) ން ވަނީ ޖަޕާނުގެ އިތުރު ޓީޗަރުން ރާއްޖެ ފޮނުވުމަށް އިންކާރުވެސް ކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355