އިބްރާހިމް ހަމީދު
ޑީއާރުޕީގެ ޝަހީދު ހުސެއިން އާދަމް ގޮފީގެ ފަރާތުން އިންތިޒާމު ކޮށްގެން ލޯކަލް ކައުންސިލް އިންތިހާބާއި ބެހޭގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ރޭ ބާއްވައިފިއެވެ. މިޖަލްސާ ބާއްވާފައިވަނީ ކުޅުދުއްފުށީގައި ހުންނަ ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ރިސޯސް ސެންޓަރުގައެވެ.
ާކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމަތު ދެއްވަމުން ދެކުނު ދާއިރާއިން އަތޮޅު ކައުންސިލަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަލީ އިބްރާހިމް ވިދާޅުވީ މިއީ މިސަރަހައްދު ގައި އުޅޭ ޑީއާރުޕީ މީހުންނަށާއި އެޕާޓީއަށް ހެޔޮއެދޭ ފަރާތްތަކަށް އަމާޒުކޮށްގެން އިންތިޒާމު ކޮށްގެން ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓްލާންވީ ގޮތާއި ވޯޓް ބެހިގެންދާނެ ގޮތާއި ވޯޓް ބާތިލް ވާނެގޮތާއި ވޯޓުލާންވީ ސަރަހައްދުތައް އަންގައިދީ ހޭލުންތެރިކުރުވުމަށް ބޭއްވުނު ބައްދަލުވުމެކެވެ.
މިބައްދަލުވުމުގައި މަޢުލޫމާތު ދެއްވީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންނެވެ.