twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށީގައި އެޅުމަށް ހަމަޖެހިފައިވާ ރޯހައުސްގެ އަމަލީ މަސައްކަތް ފަށައިފި

Jan 22, 2011

އިބްރާހިމް ހަމީދު

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިދިޔަ އަހަރުގެ އޮގަސްޓްމަހު ކުޅުދުއްފުއްޓަށް ވަޑައިގެން ފައްޓަވައިދެއްވި ތަރައްޤީގެ ތިން މަޝްރޫއުގެ ތެރޭގައި ހިމެނޭ ރޯހައުސް އެޅުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިމަހު 17 ވަނަ ދުވަހު ފަށައިފިއެވެ.

ކުޅުދުއްފުށީގައި އެޅުމަށް ހަމަޖެހިފައިވާ 25 ރޯހައުސްގެ މަޝްރޫއާ ބެހޭގޮތުން ކުޅުދުއްފުށީ އޮންލައިން އަށް މައުލޫމާތު ދެއްވަމުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެސިސްޓެންޓް ޑައިރެކްޓަރ އަބްދުﷲ މުއްތަލިބު ވިދާޅުވީ، މިމަޝްރޫއުގެ މަސައްކަތް ފެށުން ލަސްވެގެން ދިޔައީ ކުޅުދުއްފުށީން ރޯހައުސް އެޅުމަށް ކަނޑައަޅާފައިވާ ބިމަކީ ޗަކަ ބިމަކަށް ވުމުގެ ސަބަބުން އެބިމަށް ވެލިއެޅުން ލަސްވެގެން ދިޔުމާއި ގުޅިގެން ކަމަށެވެ. ނަމަވެސް މިހާރު މަތިއުތުރު ޕްރޮވިންސް އޮފީހާއި ކުޅުދުއްފުށީ އޮފީސް ގުޅިގެން އެބިމަށް ވެލިއަޅާ ނިމިފައިވާކަމަށް ވިދާޅުވިއެވެ. އަދި މިހާރު އެޗްޑީސީން ވަނީ ކޮންޓްރެކްޓަރުންނާއި މަސައްކަތް ހަވާލު ކޮށްފައި ކަމަށާއި އޭގެ ތެރެއިން ބައެއް ކޮންޓްރެކްޓަރުން މިހާރު އަމަލީ މަސައްކަތް ފަށާފައިވާކަމަށް މުއްތަލިބް ވިދާޅުވިއެވެ.

ކުޅުދުއްފުށީގައި ޖުމްލަ 5 ޕްރޮޖެކްޓަކަށް 5 ކޮންޓްރެކްޓަރުން ގެތައް އެޅުމުގެ މަސައްކަތް ކުރާނެ ކަމަށާއި ކުޅުދުއްފުށީގައި އެޅުމަށް ހަމަޖެހިފައި ވަނީ ދެބުރީގެ 25 ގެ، ކޮންމެ ބޮލޮކެއްގައި 5 ގެ ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ. އަދި ރޯ ހައުސް އަޅާ ސަރަހައްދަކީ ޗަކަ ސަރަހައްދަކަށް ވުމުން ފައުންޑޭޝަން އެޅުމުގެ ކުރިން ކޮންޓްރެކްޓަރުންނާއި މަޝްވަރާ ކުރަމުންދާ ކަމަށާއި މިހަފްތާގެ ތެރޭގައި ފައުންޑޭޝަން އަޅަން ހަމަޖެހިފައިވާއިރު ފައުންޑޭޝަންތައް އަޅާނީ ޗަކަ ނެގުމަށްފަހުގައި ކަމަށް އަބްދުﷲ މުއްތަލިބު މަޢުލޫމާތު ދެއްވިއެވެ.

ކުޅުދުއްފުށީގައި އެޅުމަށް ހަމަޖެހިފައިވާ 25 ގެ ނިންމުމަށް އެކި ކޮންޓްރެކްޓަރުންނަށް ދެއްވިފައިވާ މުއްދަތު ތަފާތުވާނެ ވާނެ ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ. އެމުއްދަތުތައް އުޅޭނީ 8 މަސްދުވަހާ 11 މަސްދުވަހުގެ ތެރޭގައި ކަމަށާއި އަދި ކުޅުދުއްފުށީ އޮފީހުންނާއި މަތިއުތުރު ޕްރޮވިންސް އޮފީހުން ލިބެމުންދާ އެހީތެރިކަން އެޗްޑީސީން ފާހަގަ ކުރާކަމަށް އަބްދުﷲ މުއްތަލިބު ވިދާޅުވިއެވެ.

[fpg id=”1295724287_551x596_Row-House-Project.xml”]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355