twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށީގައި އިމާރަތްކޮށްފައިވާ ކޮލެޖުގެ ދެވަނަ ދަނާލު ރައީސުލްޖުމުހޫރިއްޔާ މިއަދު ހުޅުއްވައިދެއްވައިފި

Jan 25, 2011

ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ ކޮލެޖުގެ ދެވަނަ ދަނާލު މިއަދު ރައީސުލްޖުމުހޫރިއްޔާ ހުޅުއްވައިދެއްވައިފި އެވެ. ދަނާލުގެ އިމާރާތް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އެ އިމާރާތް ބައްލަވާލެއްވިއެވެ.

ކުޅުދުއްފުށީގައި މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ކުޅުދުއްފުށްޓަށް ވަޑައިގަތް ސަރުކާރުގެ އިސް ވެރިން މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

ސަރުކާރުގެ ހަރަދުގައި ކުޅުދުއްފުށީގައި އަޅާފައިވާ ކޮލެޖްގެ ދެވަނަ ދަނާލު އިމާރާތުގެ މަސައްކަތް ފަށާފައިވަނީ 2007 ވަނަ އަހަރުއެވެ. ހަމިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރައްވައިގެން އިމާރާތް ކުރައްވާފައިވާ މި ދަނާލު އިމާރާތް ކުރައްވާފައިވަނީ އަމީން ކޮސްޓްރަކްޝަނާ ހަވާލު ކުރައްވައިގެންނެވެ. ކޮލެޖްގެ ދަނާލެއް ކުޅުދުއްފުށީގައި ފުރަތަމަ ހުޅުވާފައިވަނީ 25 ޖޫން 2005 ގައެވެ.

ރައީސުލްޖުމުހޫރިއްޔާ މިއަދު ވަނީ ކުޅުދުއްފުށީ ސަރަހައްދީ ބަނދަރަށް ޒިޔާރަތް ކުރައްވައި، އެ ތަނުގެ މަސައްކަތް ހިނގަމުންދާ ގޮތާބެހޭ މަޢުލޫމާތު އޮޅުއްފިލުއްވިއެވެ.

ސަރުކާރުން ވަނީ ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރާއި، ހިތަދޫ ސަރަޙައްދީ ބަނދަރަށް ބާލާ މުދަލުގެ ޑިއުޓީން 30 އިންސައްތަ މަޢާފް ކޮށްދެއްވާފައެވެ.

މީގެއިތުރުން، މިދިޔަ އަހަރު ސަރުކާރުން ކުޅުދުއްފުށީގައި ހިއްކާފައިވާ ބިންވެސް ރައިސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. މިއީ، ސަރުކާރުން 109 މިލިއަން ރުފިޔާ ޚަރަދު ކުރައްވައިގެން، ނެދަރލެންޑްސްގެ ކުންފުންޏެއް ކަމަށްވާ ބޮސްކާލިސް އާ ހަވާލުކުރައްވައިގެން ހިއްކަވާފައިވާ 28 ހެކްޓަރުގެ ބިމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355