twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުއްޓާއި މިލަންދޫ މެޗް ހަމަނުޖެހުން ހިނގައި ހުއްޓާލައިފި

Jul 13, 2017

މިއަދު ހަވީރު ކުޅުދުއްފުއްޓާއި ށ. މިލަންދޫ މެޗުގައި ހަމަނުޖެހުން ހިނގައި މެޗު ހުއްޓާލައިފި އެވެ. މެޗު ހުއްޓާލީ އިތުރު ވަގުތު ކުޅެމުންދަނިކޮށް ކުޅުންތެރިޔަކު ކުރި ފައުލަކާ ހެދި ދެ ޓީމުގެ ކުޅުންތެރިން އެއް ބަޔަކު އަނެއް ބަޔަކު ގަޔަށް އަތްލުމުންނެވެ.

ރެފްރީގެ ގިނަ މައްސަލަތަކެއް ފެނިގެންދިޔަ މިމެޗުގައި ހަމަނުޖެހުން ހިނގި ވަގުތުގައި ރެފްރީ ޑިޒިޝަން ނެގުމުގެ ބަދަލުގައި މަސައްކަތްކުރީ ކުޅުންތެރިން ތެރެއަށް ވަދެ ދުރުކުރުމަށެވެ.ކުޅުންތެރިންގެ މެދުގައި ހަމަނުޖެހުން ހިނގި ވަގުތުގައި ކުޅުދުއްފުށީ ބެންޗުންނާއި ސަޕޯޓަރުންގެ ތެރެއިން ބަޔަކު ދަނޑައަރައި ހަމަނުޖެހުން ހިންގާފައިވެ އެވެ.

ކުޅުދުއްފުށީ ސަޕޯޓަރުންނާއި ކުޅުންތެރިން އިތުރަށް ހޫނުވީ ކުޅުދުއްފުށީ ޓީމަށް ރެފްރީ ބޮޑުވާ އިނގިލި ތިރިއަށްވާ ގޮތަށް އިޝާރާތްކުރުމުންނެވެ.

ހަމަނުޖެހުން ހިނގައި މެޗު ހުއްޓާލިއިރު 2-2 ދެޓީމް އޮތީ އެއްވަރުވެފަ އެވެ.

މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުތަކާއެކު މުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށް ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރާ ހަތަރު ޓީމު މިވަނީ ޔަގީންވެފަ އެވެ.

މުބާރާތުގެ ސެމީފައިނަލުގައި ކުޅުދުއްފުށީގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޅޮހާއި ކުޑަހުވަދޫ އެވެ. އަދި ތިނަދޫގައި ކުޅޭ ސެމީފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުުކުރާނީ މިލަންދޫ އާއި ތިނަދޫ އެވެ.

މިލަންދޫ މުބާރާތުގެ ސެމީފައިނަލަށް ދަތުރުކުރީ މިއަދު ހަވީރު މުބާރާތުގެ ގްރޫޕް އެކެއްގެ މެޗުތައް ކުޅޭ ކުޅުދުއްފުއްޓާއި ވާދަކޮށް އެއްވަރުކޮށްގެން ގްރޫޕްގެ އެއްވަނަ ހޯދައިގެންނެވެ. މި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

ތަފްސީލް އަންނަނީ–

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355