twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށީ ދެސްކޫލެއްގައި އަލަށް އަޅާ ދެއިމާރާތުގެ ބިންގާ އަޅައިފި

Jan 27, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީ އަފީފުއްދީން ސްކޫލާއި ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ދެއިމާރާތެއްގެ ބިންގާ އެޑިޔުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދާއި ރައްޔިތުން މަޖިލީހުގައި ކުޅުދުއްފުށީ އުތުރު ދާއިރާ ތަމްސީލް ކުރައްވާ މެމްބަރު އަބްދުއްލް ގަފޫރު މޫސާ އިއްޔެ އަޅުއްވައި ދެއްވައިފިއެވެ.

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލު އެޅުމުގެ ބިންގާ އަޅުއްވައި ދެއްވުމަށްފަހު އެޑިޔުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދު ދެއްކެވި ވާހަކަ ފުޅުގައި ކުރީގެ އަހަރު ތަކަށް ވުރެ މިއަހަރު މިސަރަހައްދުގެ ޖީސީ .އޯލެވެލުން 7 ޕަސެންޓްގެ ކުރިއެރުމެއް ހޯދާފައިވާ ކަން އުފަލާއިއެކު ފާހަގަ ކުރެއްވިއެވެ

ހދ އަތޮޅުތައުލީމީ މަރުކަޒުގެ ސްކޫލުގައި މިއެޅޭ ހޯލް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި އެސްކޫލުގެ ވެރިންނަށާއި މުދައްރިސުންނަށް އަދި ބެލެނިވެރިންނަށް ޝުކުރު ދެއްނެވިއެވެ. އެރަސްމިއްޔާތުގައި ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އިބްރާހިމް މުހައްމަދުވެސް ވާހަކަ ދައްކަވާފައިވެއެވެ. އޭގެ އިތުރުން ހދ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރ އަބްދުލް ގަފޫރު މޫސާ ވެސް ވާހަކަ ފުޅު ދެއްކެވިއެވެ.

އަފީފުއްދީން ސްކޫލުގެ ކުލާސް ރޫމް އިމާރާތުގެ ބިންގާ އެޅުމުގެ ކުރިން މިނިސްޓަރ ދެއްކެވި ވާހަކަ ފުޅުގައި ކުޅުދުއްފުށީގެ ރައްޔިތުންނާއި ކިޔަވާކުދިން ތައުލީމަށް ކުރައްވާ ބުރަ މަސައްކަތް އުފަލާއި އެކު ފާހަގަ ކުރާ ކަމަށް ވިދާޅުވެ ވާހަކަ ފުޅު ދެއްކެވިއެވެ. އަދި ކުޅުދުއްފުށީ ހިމެނޭ ސަރަހައްދަށް އަންނަ ކުރިއެރުން ތަކުގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ވިދާޅުވެ ވަށާ ޖެހޭ ތައުލީމުގެ މައްޗަށް އަލިއަޅުވާލަ ވާހަކަ ފުޅު ދެއްކެވިއެވެ.

މިނިސްޓަރ ޝިފާ ގެ ވާހަކައިގައި ޓީޗަރުން ސަމާލް ވެވަޑައިގަންނަންވީ ކަންތައްތަކާއި ބެހޭ ގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ. މީގެއިތުރުން ކުޅުދުއްފުށީގެ ތައުލީމީ ހާލަތު ކުރިއެރުވުމަށް ރައްޔިތުންގެ މަޖިލީހުގެ އުތުރު ދާއިރާގެ މެމްބަރު އަބްދުއްލް ގަފޫރު މޫސާ ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަ ކުރައްވާ އެބޭފުޅާއަށް ޝުކުރު ދެއްނެވިއެވެ.

މިރަސްމިއްޔާތުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުއްލްގަފޫރު މޫސާ އާއީ ޕްރިންސިޕަލް އިބްރާހިމް އާސިފް ވެސް ވާހަކަ ދެއްކެވިއެވެ. ބެލެނިވެރިންގެ ފަރާތުން ވާހަކަ ފުޅު ދެއްކެވީ އަބޫބަކުރު މޫސާއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355