twitterviber whatsapp telegramfacebookyoutube instagram
28th March 2024

އިންތިހާބުވުމަށްފަހު އެމްޕީ ގަފޫރުގެ ފުރަތަމަ ފެނިލުން، ކުޅުދުއްފުށީ ރައްޔިތުން ރަތަށް !

Jul 14, 2017

ފުރަތަަމަ ދައުރުގައި ކުޅުދުއްފުށީ އުތުރުދާއިރާގެ މަޖިލިސް މެމްބަރު އަބުދުލްގަފޫރު މޫސާ ފެނިގެން ގޮސްފައިވަނީ ދާއިރާގެ ރައްޔިތުންނާ ގުޅުން ބޮޑު މެމްބަރެއްގެ ގޮތުގައި އެވެ. ހަފްތާ ބަންދުތަކުގައި އާއި ޗުއްޓީތަކުގެ މެމްބަރު ގަފޫރު ވަރަށް ގިނައިން ކުޅުދުއްފުއްޓަށް ވަޑައިގެން މިނިވަން ކަމާއެކު ރައްޔިތުންނާ ބައްދަލުކޮށް ރަށުގެ ހުރި މައްސަލަތައް ބައްލަވަ އެވެ. ކޮފީ މޭޒުތަކާއި ހޮޅުއަށިތަކަށް ވަޑައިގެން ރައްޔިތުންނާ ގާތް ގުޅުމެއް އޭރު މެމްބަރު ގަފޫރު ބޭއްވެވި އެވެ. ދެ ވަނަ ދައުރަކަށް މެމްބަރު ގަފޫރަށް ފުރުސަތު ހަނިގޮތަކަށް ނަމަވެސް ލިބިވަޑައިގަތީ އެހެން ކަމަށް ގިނަ ރައްޔިތުން ގަބޫލު ކުރެ އެވެ.

ނަމަވެސް ދެވަނަ ދައުރަކަށް މެމްބަރު ގަފޫރު މަޖިލިސްކަމަށް އިންތިހާބުވެވަޑައިގެންފަހު ކުޅުދުއްފުއްޓަށް ވަޑައިގަތީ އިއްޔެ އެވެ. އެމްޔޫއޯގެ ޖަލްސާގައި ބައިވެރިވެ ވާހަކަދައްކަވަންށެވެ. މީގެ ކުރިން އެމްޑީޕީގެ އިސް ވަފުދުތައް ކުޅުދުއްފުއްޓަށް ވަޑައިގަންނަވާ ދަތުރުފުޅުތަކުން މެމްބަރު ގަފޫރެއް ބައިވެރިވަޑައިގެންނުވެ އެވެ. ރޭގެ ޖަލްސާގައި ގަފޫރު ބައިވެރިވެޑައިގަތުމުން ގިނަ ރައްޔިތުން ތިބީ ރުޅިގަދަވެފަ އެވެ.

” މިއޮތް ހުރިހާ ދުވަހު ކުޅުދުއްފުއްޓަށް ނާރަ ގަފޫރު ކުރީ ކިޔެއް މަޖިލީހުގައި އިނދެގެން، އޭނާ މިތަނުން ބޭރުކުރޭ ” ހިތްހަމަ ނުޖެހިގެން ކުޅުދުއްފުށީ ރައްޔިތަކުން ޝޯސަލް މީޑިއާގައި ލިޔެފައިވެ އެވެ.

ހދ އަތޮޅު ކައުންސިލްގެ ފުރަތަމަ ދައުރުގެ ރައީސް މުހައްމަދު ޝުކޫރުވެސް ވަނީ މެމްބަރު ގަފޫރަށް ފާޑުވިދާޅުވެ ޝޯސަލް މީޑިއާގައި ލިޔުއްވާފަ އެވެ. އެމްޑީޕީއަށްވެސް ނިސްބަތްވެލައްވައި ޝުކޫރު ލިޔުއްވާފައިވަނީ މެމްބަރު ގަފޫރަކީ މުޅި ބޮޑުތިލަދުންމައްޗަށް ކޮރަޕްޝަނާއި ބާރާ ނުފޫޒް ވައްދައި އެތަކެއް ނާޖާއިޒު އަމަލުތަކެއް ހިންގާފައިވާ ބޭފުޅެއްކަމަށެވެ.

ކޭއޯއަށް ފޮނުވާފައިއިން ކޮމެންޓެއްގައި ކުޅުދުއްފުށީ ރައްޔިތެއްކަމަށްވާ ހަދީޖާ ބުނެފައިވަނީ މެމްބަރު ގަފޫރު ކުޅުދުއްފުށީ އުތުރުދާއިރާގެ ގޮނޑީގައި ދެވަނަ ދައުރުގައި އިންނަވައިގެން ރަށަށް ކޮށްދެއްވި ކަމެއް ވިދާޅުވެދެއްވުމަށް މެމްބަރު ގަފޫރުގެ ކިބައިން އެދިލެއްވި އެވެ

” ގަފޫރު މާ ސަޅިއެއް ނޫން. ކުޅުދުއްފުއްޓޭ ކިޔައިގެން ވާހަކަދައްކަން. ހޮވުނު ފަހުން އަދި ތިޔަ އާދެވުނީ ” އެހެން މީހަކު ބުނެފައިވެ އެވެ.

އޭރު މެމްބަރު ގަފޫރަށް ކެމްޕެއިން ކޮށްދެއްވުމަށް އިސްކޮށް އުޅުނު މީހުންނަށްވެސް ފަހުން ގަފޫރަށް ބައްދަލުވާގޮތެއް ނުވެ އެވެ. އޭގެ ތެރެއިން މީހަކު ބުނީ މަޖިލިހަށް ދެވަނަ ދައުރަކަށް ގަފޫރު އިންތިހާބުވި ފަހުން ނަންބަރުވެސް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ބައްދަލުކުރަން ކުރިި މަސައްކަތްތައްވެސް ކާމިޔާބު ނުވާ ކަމަށެވެ.

މެމްބަރު ގަފޫރު މިހާރު ހުންނެވީ ހއ ދިއްދޫގައި އެވެ. ޝޯސަލް މީޑީއާގައި މެމްބަރު ގަފޫރަށް ކުޅުދުއްފުށީގެ ގިނަ ރައްޔިތުންތަކެއްދަނީ ފާޑުކިޔަމުންނެވެ. ދާއިރާގެ ރައްޔިތުންނާ “ފިއްލަައްވައިގެން” މިއޮތް ހުރިހާ ދުވަހު އުޅުނީމާ ތިބީ ރަތަށް އަރާފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355