ކުޅުދުއްފުށީގައި ފެނުގެ ޚިދުމަތް ހިލޭ ދިނުމަށް އެމްޑަބްލިޔުއެސްސީ އިން ދީފައިވާ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާއިރު ގިނަ ބަޔަކު ފޯމު ހުށައެޅުން ލަސްވެފައިވާތީ އާއި ކުޅުދުއްފުށީ ރައްޔިތުންގެ ގިނަބަޔަކު އެކަމަށް އެދެމުންދާތީ ، ފެނުގެ ގުޅުމަށް އެދި ހުށަހެޅުމުގެ މުއްދަތު 15 ފެބްރުއަރީ 2011 އާ ހަމައަށް އިތުރުކޮށްފިއެވެ.
އެމްޑަބްލިޔުއެސްސީން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ފެބްރުއަރީ މަހުގެ 15 ގެ ނިޔަލަށް ފެނުގެ ހިދުމަތަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށާއި އަދި ކުރިއެކޭ އެއްގޮތަށް އިތުރުކޮށްފައިވާ މުއްދަތުގެ ތެރޭގައި ހިދުމަތަށް އެދޭ ފަރާތްތަކަށްވެސް ހިލޭ ފެނުގެ ގުޅުމެއް ލިބޭނެކަމަށެވެ.
ކުޅުދުއްފުށީގައި ފެނުގެ ހިދމުތް ދޭން ފަށާއިރު ގިނަ ބަޔަކު މިހާރުވެސް ވަނީ ފެނުމުގެ ހިދުމަތަށް އެދި ހުށަހަޅާފައެވެ. އަދި އިތުރުކޮށްފަިވާ މުއްދަތު ހަމަވުމުގެ ކުރިން ވީހާވެސް ގިނަ ރައްޔިތުން މިފުރުސަތުގެ ބޭނުންކުރެއްވުމަށް އެކުންފުނިން އިލްތިމާސް ކުރެއެވެ.
މިމުއްދަތުގެ ތެރޭގައި އެކުންފުނީގެ ކުޅުދުއްފުށީ އޮފީހުން ހެދުނު 9.00 އިން 12.00 އަށް އަދި މެންދުރުފަހު 2.00 އިން 4.00 އަށް ފޯމު ބަލައިގަންނާނެކަމަށާއި އަދި މިމުއްދަތުގެ ތެރޭގައިވެސް އެމް.ޑަބްލިޔު.އެސް.ސީ. ގެ ހދ. ކުޅުދުއްފުށީ އޮފީހުން ފޯމުތައް ލިބެން ހުންނާނެ ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.