twitterviber whatsapp telegramfacebookyoutube instagram
19th April 2024

މަތިއުތުރު ޕްރޮވިންސްގެ ވިޔަފާރި ކުރިއަރުވާ މަރުކަޒުން ހިންގި ހަތަރު ޓްރެއިންގް ޕުރޮގްރާމެއްނިމި ބައިވެރިންނަށް ސެޓްފިކެޓް ދީފި

Feb 3, 2011

އިބްރާހިމް ހަމީދު

މަތިއުތުރު ޕްރޮވިންސް އޮފީހުގެ ވިޔަފާރި ކުރިއަރުވާ މަރުކަޒުން ވިޔަފާރިއާއިބެހޭ މަޢުލޫމާތު ދިނުމަށް ބޭއްވި ހަތަރު ޓްރެއިނިންގ ޕްރޮގުރާމެއް ފުރިހަމަ ކުރެއްވި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ. އެކަމަށްޓަކައި ރޭ މަތިއުތުރު ޕްރޮވިންސް އޮފީހުގެ ބޮޑުމުހައްމަދު ކަލޭފާނު މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ބިޒްނަސް ޑިވެލޮޕްމަންޓް ސާރވިސް ސެންޓަރުން ހިންގި ހަތަރު ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ، ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ އެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީގެ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ ދެއްކެވި ވާހަކަ ފުޅުގައި ވިޔަފާރިއެއް ފެށުމުގެ ކުރިން އެވިޔަފާރިއެއް ފަށައިގެން ކުރިއަށް ގެންދެވޭނީ ކޮންގޮތަކަށްތޯ ބަލަންޖެހޭ ކަމަށް ވިދާޅުވިއެވެ. މިމޭރުމުން އިތުރަށް ވާހަކަ ދައްކަވަމުން ގަފޫރު ވިދާޅުވީ މިވަގުތު ރާއްޖޭގައި ވިޔަފާރިއެއް ފަށައިގެން ކުރިއަށް ގެންދެވޭނެ ވަސީލަތެއް ނެތްކަމަށާއި އެއީ ވިޔަފާރި ކުރުމަށް ލޯނުތައް ކަނޑައެޅި ރައްޔިތުންނަށް ދިގުމުއްދަތަކަށް ދެއްކޭނެ ގޮތަކަށް ހަމަޖައްސައިގެން ނޫނީ ވިޔަފާރިއެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި ވިޔަފާރި ކުރިއެރުވުމަށް ރައްޔިތުންނަށް ބޭންކިންގެ ހިދުމަތަކީ ވަރަށް މުހިއްމު ހިދުމަތެއްކަން ފާހަގަ ކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ.

މިއަދުގެ ސަރުކާރުން ވިޔަފާރި ތަރައްގީ ކޮށް ކުރިއެރުވުމަށް ވަރަށް ގިނަމަސައްކަތް ތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެ އަދި މިޓްރެއިން ޕްރޮގުރާމްތައް ފުރިހަމަ ކުރެއްވި ބޭފުޅުންނަށް ލިބުނު މަޢުލޫމާތުތައް ހެޔޮގޮތުގައި ބޭނުން ހިފުމަށް ނަސޭހަތް ތެރިވިއެވެ.

މިރަސްމިއްޔާތުގައި ޓްރެއިނިންގް ޕްރޮގުރާމްތަކާއިބެހޭ ގޮތުންވާހަކަފުޅު ދެއްކެވީ ވިޔަފާރި ކުރިއަރުވާ މަރުކަޒުގެ ކޮންސަލްޓަންޓް ސޯލިހު ހުސެއިނެވެ. ރޭގެ ރަސްމިއްޔާތުގައި ސެޓްފިކެޓްތައް ދެވިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހު ބޭއްވުނު ޓްރެއިންގް ޕްރޮގުރާމް އޮން ބިޒްނަސް ޑިވޮލޮޕްމަންޓް، އިންޓެންސިވް ބިޒްނަސް ޕުލޭނިންގ ޕްރޮގުރާމް، އަދި މިއަހަރުގެ ޖެނުއަރީމަހު ޒުވާނުންގެ ޖަމްއިއްޔާ ގުޅިގެން ބޭއްވުނު ކުދި އަދި މެދުފަންތީގެ ވިޔަފާރިއެއް ފައްޓާނެ ގޮތާއި ބިޒްނަސް ޕްލޭން ތައްޔާރު ކުރާނެގޮތުގެ މަޢުލޫމާތު ދިނުމަށް އެމަރުކަޒުން ހިންގުނު ހަތަރު ޓްރެއިން ޕްރޮގުރާމްގެ ބައިވެރިންނަށެވެ. މިޓްރެއިންގް ޕުރޮގްރާމް ޖުމްލަ 47 ފަރާތަކުން ފުރިހަމަ ކޮށްފައިވާކަމަށް ސޯލިހު ހުސެއިން ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355