twitterviber whatsapp telegramfacebookyoutube instagram
19th April 2024

ވަގުތީ ނަތީޖާ ދައްކާ ގޮތުން ކުޅުދުއްފުށީ ރަށުކައުންސިލް އެމްޑީޕީގެ ކެނޑިޑޭޓުންނަށް

Feb 6, 2011

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށީގެ ރަށު ކައުންސިލްގެ 7 ގޮނޑި ކާމިޔާބުކޮށްފައިވަނީ ވެރިކަން ކުރާ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި 7 ކެނޑިޑޭޓުންކަމަށް ވަގުތީ ނަތީޖާއިން ދައްކައިފިއެވެ. އިއްޔެ އާއި ރޭ ގުނާ ނިމުނު ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ކުޅުދުއްފުށީގެ ރަށު ކައުންސިލްގެ އިތުރުން ހދ އަތޮޅު ކައުންސިލުގައި ހިމެނޭ ކުޅުދުއްފުށީގެ ދެ ދާއިރާވެސް ކާމިޔާބު ކޮށްފައިވަނީ ވެރިކަން ކުރާ އެމްޑީޕީގެ 04 ކެނޑިޑޭޓުންނެވެ.

ވަގުތީ ނަތީޖާއިން ދައްކާ ގޮތުން އެމްޑީޕީގެ 7 ކެނޑިޑޭޓުންނަށް ކުޅުދުއްފުށިން 52.12 އިންސައްތަ ވޯޓު ވަނީ ލިބިފައެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީ ޑީއާރުޕީއަށް ލިބިފައިވަނީ ވޯޓު ލީ މީހުންގެ 43.94 އިންސައްތަ އެވެ.

އެމްޑީޕީގެ ފަރާތުން ކުޅުދުއްފުށީ ރަށު ކައުންސިލްގެ 7 ގޮނޑި ކާމިޔާބު ކޮށްފައިވަނީ،

ޢަލީ އާދަމް ތޯތާގެ / ހދ ކުޅުދުއްފުށި (ލިބުނު ވޯޓު 1601)

އަހްމަދު އަލީ ދަނބުގެ / ހދ ކުޅުދުއްފުށި (ލިބުނު ވޯޓު 1656)

އަލީ ހަސަން ހެލެބެލިމާގެ / ހދ ކުޅުދުއްފުށި (ލިބުނު ވޯޓު 1633)

ޖަމްޝީދު މުހައްމަދު ނޫރާނީމާގެ / ހދ ކުޅުދުއްފުށި (ލިބުނު ވޯޓު 1711)

ފާރޫގު މުހައްމަދު މާދޫގެ / ހދ ކުޅުދުއްފުށި (ލިބުނު ވޯޓު 1483)

އަބްދުއްޝުކޫރު އަހްމަދު ކުރިނަންފިލާގެ / ހދ ކުޅުދުއްފުށި (ލިބުނު ވޯޓު 1469) އަދި

އިބްރާހީމް ރަމީޒް ޔޫރަޕް / ހދ ކުޅުދުއްފުށި (ލިބުނު ވޯޓު 1487) އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355