ފެބްރުއަރީ މަހުގެ 05 ވަނަ ދުވަހު މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އިންތިހާބުގައި، ކުޅުދުއްފުށިން ވޯޓު ދީފައިވަނީ 60 އިންސައްތަ މީހުންކަމަށް އިލެކްޝަންސްގެ ހިސާބު ތަކުން ދައްކައެވެ. އަދި ކުޅުދުއްފުށިން ބާތިލު ވޯޓުގެ ގޮތުގައި 1946 ވޯޓު ގުނާފައިވާއިރު އެއީ މުޅި ވޯޓުގެ 8.22 އިންސައްތަ ކަންވެސް ފާހަގަ ކުރެވެއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ކުރިން ބެލެވުނު ގޮތާއި ހިލާފަށް މިހާރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ހދ އަތޮޅު ކައުންސިލްގެ ކުޅުދުއްފުށީ އުތުރު ދާއިރާ ކުރިން ކާމިޔާބު ކުރި އެމްޑީޕީގެ ކެނޑިޑޭޓްގެ މައްޗަށް ޑީއާރުޕީ އިން އެދާއިރާއަށް ކުރިމަތިލެއްވި އާދަމް މަސްއޫދު ކުރީގައި އުޅޭކަމަށް މިހާރުގެ ނަތީޖާ ތަކުން ދައްކައެވެ.
ކުޅުދުއްފުށީ ރަށު ކައުންސިލަށް ބަލާއިރު އެމްޑީޕީ އިން ކުޅުދުއްފުށީ ރަށު ކައުންސިލުގެ ހުރިހާ ގޮނޑިއެއް ނެގިއިރު އެޕާޓީގެ ކެނޑިޑޭޓުންނަށް މުޅި ޖުމްލަ ލިބިފައިވަނީ 11154 ވޯޓެވެ. އިދިކޮޅު ޑީއާރުޕީ އަށް ލިބިފައިވަނީ 9501 ވޯޓެވެ.