twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށީގައި ޒުވާނެއް ގަޔަށް ވަޅި ޖަހައިފި

އަބްދުލް ވާހިދު ޙަސަން
Nov 4, 2020
25

ކުޅުދުއްފުށި ސިޓީގައި ޒުވާނެއް ގަޔަށް ވަޅި ޖަހައި ޒަހަމްކޮށްލައިފި އެވެ. މިއަދު ގާތްގަނޑަކަށް 11:30 ހާއިރު ހިންގި މި ހާދިސާގައި ޒަހަމްވެފައިވާ ޒުވާނާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

ކޭއޯއަށް އެނގިފައިވާ ގޮތުގައި ވަޅިން ހަމަލާދިނީ ބަރާބަރު ފިހާރަތެރޭގައި އެވެ. އެ ހަމަލާގައި ޒަހަމްވެފައިވަނީ އެތަނުގައި މަސައްކަތްކުރާ މުވައްޒަފެކެވެ. އަދި އެ ހަމަލާ ދިނީވެސް އެތަނުގައި މަސައްކަތްކުރާ މުވައްޒަފެކެވެ.

އެ ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. ވަޅީގެ ހަމަލާ އަމާޒުވެފައިވަނީ އެމީހާގެ ކަންފަތް ކައިރިއަށެވެ. ހާލު ސީރިއަސް ނޫންކަމުގައި ވިޔަސް އެ ހަމަލާއަކީ ނުރައްކާތެރި ހަމަލާއެއްކަމަށް މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355