ގަލަމުގެ ޖަވާބު

އެކުވެރިޔަކު ސިޓީއެއް ފޮނުވައިފިއެވެ. ބޭނުމަކީ ކަލޭގެ ގަލަން ފޮރުވީހެއްޔޭ؟ މި ސުވާލުކޮށްލުމެވެ. އަހަރެންގެ ގަލަމަށް އެ ސިޓީ ދެއްކީމެވެ.
ގަލަން، އޭގެ ކަރުނައިން ސިޓީގެ އަނެއް ފުން ތެންމާލިއެވެ. އޭގެ ހިތުގެ ވޭން ތުނޑުން ކުރަހާލިއެވެ. ގަލަން، އޭގެ ހާލަތު ބަޔާންކުރަން ފެށިއެވެ. ގަލަން، އޭގެ ދުލުން އޭގެ ވާހަކަ ކިޔައިދޭންފެށިއެވެ. ގަލަން، އޭގެ ހިތްދަތި ދިރިއުޅުން އޮޅުވާލުމެއް