އަންނަ އަންގާރަ ދުވަހުގެ ކެބިނެޓް ބައްދަލުވުން ކުޅުދުއްފުށީގައި

އަންނަ އަންގާރަ ދުވަހު ކެބިނެޓް ޖަލްސާ ކުޅުދުއްފުށީގައި ބާއްވާ ގޮތަށް ސަރުކާރުން ހަމަޖައްސައިފިއެވެ. މާލެ ފިޔަވައި މީހުން ދިރިއުޅޭ ރަށެއްގައި ފުރަތަމަ ފަހަރަށް ބޭއްވޭ މިކެބިނެޓް ޖަލްސާއަށްޓަކައި ކުޅުދުއްފުށި ދަނީ ތައްޔާރުވަމުންނެވެ. އެދުވަހުގެ ޖަލްސާގައި، މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވޭނީ، މަތި އުތުރު ޕްރޮވިންސްގައި ހިންގުމަށް ސަރުކާރުން ރާވާފައިވާ މަޝްރޫޢުތަކާ ބެހޭގޮތުންކަމަށް ރައީސް ނަޝީދުގެ މިހަފްތާގެ ރޭޑިޔޯ ހިތާބުގައި ވަނީ ވިދާޅުވެފައެވެ.