twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޑޯޓުމަންޑުން ދެވަނަ ބުރު ޔަޤީން ކުރިއިރު ރިއަލް އާއި ލެސިސްޓަރ ކުޅުނު މެޗުތައް އެއްވަރުވެއްޖެ

Nov 3, 2016

ޑޯޓުމަންޑުން ދެވަނަ ބުރުގެ ޔަޤީން ކުރިއިރު ރިއަލް އާއި ލެސިސްޓަރ ކުޅުނު މެޗުތައް އެއްވަރުވެއްޖެ އެވެ.

ޑޯޓްމަންޑުން ދެވަނަ ބުރުގެ ޖާގައެއް ޔަޤީން ކުރީ ރޭ ސްޕޯޓިން އާ ކުޅުނު މެޗު 1-0 އިން ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ ހަމައެކަނި ލަނޑު މެޗުގެ 12 ވަނަ މިނެޓްގައި ޖަހައިދިނީ އެޑްރިއަން ރާމޯސް އެވެ.

މި ގުރޫޕްގެ އަނެއް މެޗުގައި ރިއަލް މެޑްރިޑުން ދެވަނަ ބުރުގެ ޖާގައެއް ޔަޤީން ކުރުމަށް ލިބުނު ފުރުސަތުގެ ހުރަހަކަށްވީ ލެގިއާ ވާސްޒާވާ އެވެ. މި މެޗުގައި ރިއަލް މެޑްރިޑުން 2-0 ގެ ލީޑެއް ނަގާފައިވަނިކޮށް ލެގިއާ ކުޅުންތެރިން ވަނީ 3 ލަނޑު ޖަހާ ލީޑު ހޯދާފަ އެވެ. ރިއަލް އިން ނަތީޖާ ހަމަހަމަކުރީ މެޗުގެ 85 ވަނަ މިނެޓްގައި މެޓިއޯ ކޯވަޗިޗް ޖަހައިދިން ލަނޑުންނެވެ.

ގުރޫޕް އީ ގެ މެޗުތަކަށް ބަލާއިރު ރަޑަމެލް ފަލްކާއޯގެ ދެ ލަނޑާއެކު 3-0 އިން ސީއެސްކޭއޭ ބަލިކޮށް މޮނާކޯ ވަނީ ގުރޫޕްގެ އެއްވަނަ އަށް އަރާފަ އެވެ. މި ގުރޫޕްގެ އަނެއް މެޗުގައި ބަޔާން ލެވަކޫސަން އިން ވަނީ ރަށުން ބޭރުގައި ޓޮޓެންހަމް 1-0 އިން ބަލިކޮށްފަ އެވެ.

ގުރޫޕް ޖީ ގެ މެޗުތަކަށް ބަލާއިރު އެފްސީ ކޮބެންހެވަން އިން ވަނީ ލެސިސްޓަރ އިން މޮޅުވަމުން އައި އައުން ނިމުމަކަށް ގެނެސްފަ އެވެ. މި މެޗު ނިމިގެން ދިޔައީ 0-0 އިން އެއްވަރުވެގެންނެވެ. މި ގުރޫޕްގެ އަނެއް މެޗުގައި ޕޯޓޯއިން ވަނީ 1-0 އިން ކްލަބް ބުރޫގް ބަލިކޮށްފަ އެވެ.

ގުރޫޕް އެޗުގެ މެޗުތަކަށް ބަލާއިރު ސެވިއްޔާ އިން ވަނީ 4-0 އިން ޑައިނަމޯ ބަލިކޮށް ގުރޫޕްގެ އެއްވަނަ ދަމަހައްޓާފަ އެވެ. މި ގުރޫޕްގެ އަނެއް މެޗުގައި ޔުވެންޓަސް އަދި ލިޔޯން ބައްދަލުކޮށް މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ގުރޫޕް ސްޓޭޖްގެ މެޗު ދުވަސް ފަހެއް އޮންނާނީ މި މަހުގެ 23 އަދި 24 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355