twitterviber whatsapp telegramfacebookyoutube instagram
25th April 2024

2016  ވަނަ އަހަރުގެ ބެލޮންޑޯ ގެ އެވާޑް ރޮނާލްޑޯ ހޯދައިފި

Dec 13, 2016

ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ފީފާ ބެލޮންޑޯ އެވާޑް 2016 އަށް ޕޯޗުގަލް އަދި ރިއަލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހޮވިއްޖެ އެވެ. މިއީ މި މަޤާމު ރޮނާލްޑޯ ހޯދި 4 ވަނަ ފަހަރެވެ.

ވޭތުވެދިޔަ އަހަރުގެ ތެރޭގައި ރޮނާލްޑޯ ވަނީ ޕޯޗުގަލް އަދި ރިއަލް މެޑްރިޑަށް ކުޅުނު 55 މެޗުގައި މެޗުގައި 51 ލަނޑު ޖަހައިފަ އެވެ. ޕޯޗުގަލް އަށް 13 ލަނޑު ފާއިތުވެދިޔަ އަހަރުތެރޭ ޖަހައިދިންއިރު މިއީ ރޮނާލްޑޯ އަށް އިންޓަނޭޝަނަލް ލެވެލްގައި އެންމެ ކާމިޔާބު އަހަރެވެ. މީގެ އިތުރުން ރޮނާލްޑޯ ވަނީ ފާއިތުވެދިޔަ އަހަރުގެ ތެރޭގައި 16 ލަނޑު ޖެހުމަށް މަގުފަހި ކޮށްދީފަ އެވެ. މިއީ ޖެހިޖެހިގެން އެއް އަހަރެއްގެ ތެރޭގައި ރޮނާލްޑޯ 50 ލަނޑު ހަމަކުރި 6 ވަނަ އަހަރެވެ.

މީގެ އިތުރުން އޭނާއަށް މި މަޤާމު ލިބުނު މައިގަނޑު ސަބަބެއް ކަމަށް ޤަބޫލުކުރެވިފައިވަނީ 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ޕޯޗުގަލް ކާމިޔާބުކުރުމާއި، 2015/16 އަހަރުގެ ޗެމްޕިއަންސް ލީގު ރިއަލް މެޑްރިޑުން ކާމިޔާބުކުރުމެވެ.

ރޮނާލްޑޯގެ ފަހަތުން ދެވަނައަށް އޭނާގެ ވާދަވެރި ކުޅުންތެރިޔާ ލިއޮނަލް މެސީ އެވެ. ވޭތުވެދިޔަ އަހަރު މި މަޤާމު ހޯދި މެސީ ވަނީ މިހާތަނަށް މި މަޤާމު 5 ފަހަރު ހޯދާފަ އެވެ.

ފްރާންސް އަދި އެތުލެޓިކޯގެ ތަރި އެންޓޮއިން ގްރިޒްމަން ތިން ވަނަ ހޯދިއިރު 4 ވަނަ ހޯދާފައިވަނީ ފާއިތުވެދިޔަ އަހަރުގެ ޔޫރަޕްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ ލުއިސް ސުއަރޭޒް އެވެ.

ބާސެލޯނާގެ ތަރި އަދި ބްރެޒިލްގެ ފުޓްބޯޅަ ތާރީޚްގައި ފުރަތަމަ ރަން މެޑަލް ހޯދި ފައިނަލުގެ ޕެނަލްޓީ ޝޫޓް އައުޓްގައި ފަހު ޕެނަލްޓީ ކާމިޔާބުކޮށްދިން ނޭމާއަށް ލިބިފައިވަނީ ފަސް ވަނަ އެވެ.

ދުނިޔޭގެ ދެވަނަ އަށް އެންމެ އަގުބޮޑު ކުޅުންތެރިޔާ ގެރެތު ބޭލްއަށް އަނިޔާގެ މައްސަލަތަކެއް ވޭތުވެދިޔަ އަހަރުގެ ތެރޭގައި ކުރިމަތިވި ނަމަވެސް، އޭނާ ވަނީ 6 ވަނަ ހޯދާފަ އެވެ.

އެންމެ ހައިރާންކުރުވަނިވި ކުޅުމެއް ފެނުނު ލެސިސްޓާ ސިޓީއިން އެންމެ މޮޅު ކުޅުމެއް ދެއްކި ރިޔާދް މަހްރޭޒް އަދި ޖެމީ ވާޑީ އަށް ލިބިފައިވަނީ 7 ވަނަ އަދި 8 ވަނަ އެވެ.

ގަދަ 11 ގައި ހިމެނުނު ހަމައެކަނި ޑިފެންޑަރު ޕެޕޭ އަށް 9 ވަނަ ލިބުނުއިރު އެންމެ މޮޅު ގޯލް ކީޕަރެއްގެ ގޮތުގައި މި ލިސްޓުގެ 10 ވަނަ އަށް ދިޔައީ ގިއަންލުއިޖީ ބުފޮން އެވެ. ޖަރުމަނު ލީގުން ގަދަ 11 އަށް އެރި ހަމައެކަނި ކުޅުންތެރިޔަކީ ޕެޓްރިކް އައުބަމެޔާންގް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355