twitterviber whatsapp telegramfacebookyoutube instagram
15th April 2026

ވެލާނާ އެއާޕޯޓުން ކްރޯނާއަށް ސްކްރީން ކުރަން ފަށައިފި

ޚަދީޖާ އާދަމް
Jan 22, 2020

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކްރޯނާއަށް ސްކްރީން ކުރަން ފަށައިފި އެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީން މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކްރޯނާއަށް ސްކްރީން ކުރުމަށް ފަށާފައިވާއިރު މި ވައިރަސް ފެނިފައިވަނީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން ޒިޔާރާތް ކުރާ ޗައިނާއިންނެވެ.

އެހެން ކަމުން ކޮރޯނާ ވައިރަސް ރާއްޖެ އެތެރެ ވުމުގެ ފުރުސަތު އޮތްކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް ވަނީ ލަފާދީފަ އެވެ.

މި ބަލި ޖެހުމުން ހުން އައިސް ކެއްސާ އަދި ނެވާ ކުރެވެއެވެ. މިހާތަނަށް 440 މީހުންނަށް ބަލި ޖެހިފައިވާއިރު 9 މީހަކު މި ބަލީގައި ވަނީ މަރުވެފައެވެ.

މި ބަލި ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ހޫބޭ ޕްރޮވިންސުގެ ވުހާން ސިޓީންނެވެ. ޗައިނާގެ އިތުރުން މިހާރު ޖަޕާން، ތައިލޭންޑް، ދެކުނު ކޮރެއާ އަދި އެމެރިކާއިން ވެސް ބަލި ޖެހިފައިވާ މީހަކު ވަނީ ފެނިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355