twitterviber whatsapp telegramfacebookyoutube instagram
20th August 2025

ކުރަމަތިން ދެ މީހުން ވައިރަހަށް ޕޮޒިޓިވް ވެއްޖެ

ނަބީލާ އިސްމާޢީލް
Mar 11, 2020
1

ކުރަމަތި އައިލެންޑް ރިސޯޓުން ޓެސްޓު ކުރި ބިދޭސީ ދެ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. އެއާ އެކު ރާއްޖެއިން މިވައިރަސް ޖެހުނު މީހުންގެ އަދަދު އަށަކަށްއެރީ އެވެ.

އެޗްޕީއޭ އިން ބުނީ އެ ރިސޯޓުން ސާމްޕަލް ނެގި ބިދޭސީ ދެ މީހުން ވައިރަހަށް ޕޮޒިޓިވް ވުމާ އެކު އެ ރިސޯޓް އޮތީ ވަގުތީގޮތުން ބަންދު ކޮށްފައި ކަމަށާއި އެ މީހުންނާ ކޮންޓެކްޓުވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިއްޔެ ކޮރޯނާވައިރަސްއަށް ޝައްކުވި ދެ ބިދޭސީންގެ އިތުރު އެ މީހުންނާ ކޮންޓެކްޓުވި އިތުރު މީހަކު ވަނީ ކަރަންޓީނުކޮށްފަ އެވެ. ކުރަމަތި ރިސޯޓާއެކު ސޭންޑީސް ބަތަލާ އަދި ކުރެއްދޫ ވެސް އޮތީ މީހުން އަރާފޭބުން މަނާކޮށްފައެވެ.

ރާއްޖެއިން މި ވައިރަސް އެންމެ ފުރަތަމަ ފެނުނީ ކުރެއްދޫ އައިލެންޑް ރިސޯޓުންނެވެ. އެ ރިސޯޓުން މިހާތަނަށް ހަތަރު މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު އއ. ސޭންޑީސް ބަތަލާ އިން ދެ މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355