twitterviber whatsapp telegramfacebookyoutube instagram
1st June 2023

ކުޅުދުއްފުށީގެ އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ކޭޕީއެލްގެ ގެސްޓްހައުސް

އަބްދުލް ވާހިދު ޙަސަން
Mar 12, 2020
3

ކޮވިޑް-19: ކުޅުދުއްފުށިން ކޮވިޑް-19 ގެ އަލާމާތެއް ފެނިއްޖެ ނަމަ އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަން ހަމަޖެހިފައިވަނީ ކުޅުދުއްފުށި ސަރަހައްދީ ބަނދަރުގައި ހުންނަ ގެސްޓްހައުސް ކަމަށް ހަމަޖައްސައިފި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ދާއޫދު މިއަދު ކޭއޯއަށް ވިދާޅުވީ، ކުޅުދުއްފުށީގެ އައިސޮލޭޝަން ފެސިލިޓީއެއްގެ ހަމަޖެއްސި ގެސްޓްހައުސްގައި 42 ބެޑަށް ވުރެއް ގިނަ ބެޑްގެ ކެޕޭސިޓީ ހުންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، އެތަނުގެ ގުރައުންޑް ފްލޯ ތައްޔާރުކޮށް އެތަނުގެ 6 ރޫމުގައި 12 އެނދު މިހާރު ޖަހާފައިވާ ކަމަށެވެ. އަދި ކޭއާރުއެޗުގައި ހުންނަ ޕްރައިވެޓް ދެ ރޫމްވެސް އާންމުންނަށް ދޫކުރުން ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެ ދެ ރޫމްވެސް ބޭނުންކުރަން ހަމަޖެހިފައިވަނީ އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ކަމަށެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 8 އަށް ވަނީ އަރާފަ އެވެ. ބަލި ފެތުރުނު ނުދިނުމަށް ސަރުކާރުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355