twitterviber whatsapp telegramfacebookyoutube instagram
6th July 2025

ގައިދީންނާ ބައްދަލުކުރުން މެދުކަނޑާލައިފި

ނަބީލާ އިސްމާޢީލް
Mar 12, 2020

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމުން ޖަލުތަކުގައި ތިބި ގައިދީންގެ ރައްކާތެރިކަމަށް އާއިލީ އަދި އެކަހެރި ބައްދަލުވުންތައް ވަގުތީގޮތުން މެދުކަނޑާލައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި 30 ދުވަހުގެ ސިއްހީ ކުއްލި ހާލަތު އިއުލާނުކުރުމާ ގުޅިގެން ޖަލުތަކުގެ ގައިދީންނާއި އެތަންތަނުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ރައްކާތެރިކަމަށް ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

އާއިލާގެ ފަރާތުން ގައިދީންނަށް އަންނައުނު ފޯރުކޮށްދިނުންވެސް ވަނީ ވަގުތީގޮތުން މެދުކަނޑާލާފައި ކަމަށް ކަރެކްޝަންސް އިން ބުނެއެވެ. އަދި މިފަދަ ދަނޑިވަޅެއް ނަމަވެސް އާއިލާއާއި ގައިދީންނާ އޮންނަ ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރާނެ ކަމަށާއި އެގޮތުން މިހާރަށްވުރެން ފޯނު ކޯލުތަކުގެ މިންވަރު އިތުރުކުރާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355