twitterviber whatsapp telegramfacebookyoutube instagram
20th August 2025

ރަންދެލި ރިސޯޓުން ވައިރަހަށް ޝައްކުވާ މީހަކު އެކަހެރިކޮށް ރިސޯޓް މޮނިޓަރިންގއަށް

ނަބީލާ އިސްމާޢީލް
Mar 19, 2020

ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ޝެވަލް ބްލޮންކް ރަންދެލި ރިސޯޓު (ނ. ރަންދެލި)އިން ބިދޭސީއެއްގެ ސާމްޕަލް ނަގައި ޓެސްޓު ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

އެކަން ހާމަކޮށް އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނީ ޓެސްޓްގެ ނަތީޖާ ލިބެންދެން އޭނާ ހޯމް އައިސޮލޭޝަނަށް ދާން އަންގާފައިވާ ކަމަށެވެ. އަދި އެ ރިސޯޓު މިހާރު މޮނިޓަރިންގެ ހާލަތަކަށް ގެނެސްފައިވާ ކަމަށެވެ. އެ ހާލަތުގައި ރިސޯޓަށް އަރައި ފޭބުން ވަގުތީގޮތުން މަނާވާނެއެވެ.

މިހާތަނަށް ކޮރޯނާވައިރަހަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ 13 މީހުންނެވެ އެ އެންމެންނަކީ ވެސް ބިދޭސީންނެވެ. އެއީ ހަތަރު ރިސޯޓަކާއި ސަފާރީއަކުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355