twitterviber whatsapp telegramfacebookyoutube instagram
20th August 2025

އައްޑޫއިން ސާމްޕަލް ނެގި މީހުން ނެގެޓިވް

ޚަދީޖާ އާދަމް
Mar 31, 2020

ކޮވިޑް-19 އަށް ޝައްކު ކުރެވިގެން އައްޑޫ ސިޓީން ސާމްޕަލް ނެގި 3 ދިވެހިން ނެޓިވް ކަމަށް ހެލްތް ޕްރޮޓްކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

މީގެ ކުރިން މަހުގެ 15 ވަނަ ދުވަހު ކޮޗިން އިން ރާއްޖެ އައި މީހަކު ކޮރޯނާވައިރަސް ގެ އަލާމާތްތައް ފެނިގެން އައްޑޫއިން ފަރުވާ ދިން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ޑޮކްޓަރަކާއި ދެ ނަރުހެއް ވަނީ އަމިއްލަ އަށް އެކަހެރިވެފަ އެވެ.

އެއީ ކޮޗިން އިން ރާއްޖެ އައި މީހެއްކަން އެނގުނީ ފަރުވާ ދީ ނިމުނު ފަހުން ކަމަށްވާތީ އެކަން އެނގުނު ހިސާބުން އެޗްޕީއޭ އަށް ރިޕޯޓުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ރާއްޖެ އިން މިހާތަނަށް ވަނީ 18 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން 13 ޓޫރިސްޓަކު/ބިދޭސީން ވަނީ ރަނގަޅުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355