twitterviber whatsapp telegramfacebookyoutube instagram
3rd May 2024

އާންމުންގެ ތެރޭގައި ކޮވިޑް-19 ނުފެތުރޭކަން ކަށަވަރުކުރަން ސާވޭއެއް ހަދަނީ

ނަބީލާ އިސްމާޢީލް
Apr 7, 2020

އާންމުންގެ ތެރޭގައި ފެތުރިފައިނުވާކަން އިތުރަށް ކަށަވަރު ކުރުމަށް ސާވޭއެއް ހަދަމުން އަންނަ ކަމަށް އައިޖީއެމްއެޗްގެ ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ އާންމުންގެ ތެރޭގައި ބަލި ފެތުރިފައިވާ ކަމުގެ އެއްވެސް އަލާމާތެއް މިހާތަނަށް އަދި ނުފެންނަ ކަމަށެވެ. ނަމަވެސް އެކަން އިތުރަށް ޔަގީން ކުރުމަށް ސާވޭއެއް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ބަލި އާންމުންގެ ތެރޭގައި ފެތުރޭތޯ ދެ ގޮތަކަށް ބަލަމުން އަންނަ ކަމަށެވެ. އެއް ގޮތަކީ، ނަޒްލާ ވިދާޅުވި ގޮތުގައި، ނޭވާލާ ނިޒާމުގައި އިންފެކްޝަނެއް އުފެދިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރާ މީހުން ޓެސްޓުކުރުމެވެ. ދެ ވަނައަށް، ނޭވާލާ ނިޒާމުގެ ބަލިތަކަށް ރާއްޖޭގެ ހުރިހާ ހިސާބަކުން ރިޕޯޓުކުރާ މިންވަރު ބެލުމެވެ. އޭގެ އިތުރުން ފްލޫ ކްލިނިކަށް ދިޔަ މީހުންގެ ތެރެއިން ބައެއް މީހުންގެ ސާމްޕަލް ނަގައި އެއްވެސް ވަރަކަށް ކޮމިއުނިޓީ ތެރޭގައި އެ ބަލި އުޅޭތޯ ބަލާފައިވާނެ ކަމަށް ވިދާޅުވި އެވެ.

ނަޒްލާ ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއެއް ދީފި ނަމަ އެ ބަލި ފެތުރުމުގެ ފުރުސަތު އޮތް މިންވަރު ވެސް ބަލަމުން އަންނަ ކަމަށާއި ކޮމިއުނިޓީ ސްޕެރެޑެއް ނެތްކަން ޔަގީންވުމުން ލުއި ކުރާނެ ފިޔަވަޅުތަކުގެ މަސައްކަތް ޓެކްނިކަލް ޓީމުން ކުރާނެ ކަމަށާއި އެ ޕްލޭންކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

މި ބަލިމަޑުކަމުން ރައްކާތެރިވުމަށް ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން ސަރުކާރުގެ އޮފީސްތަކާއި ސްކޫލުތަކާއި ކޮލެޖުތައް ބަންދުކުރުމާއި ޖަމާއަތުގައި ނަމާދުކުރުން ފަދަ ގިނަ ބަޔަކު ޖަމާވާ ކަންކަން ވަނީ މެދުކަނޑާލާފަ އެވެ.

ރާއްޖެއިން މިހާތަނަށް 19 މީހަކު ވަނީ އެވައިރަސްއަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 13 މީހަކު ރަނގަޅުވެފައިވާއިރު އެ ބަލީގައި މިހާރު ފަރުވާ ދެމުން އަންނަނީ އިނގިރޭސިވިލާތުން އައި ފަހުން ކޮވިޑަށް ޕޮޒިޓިވްވި ހަތަރު ދިވެހިންނަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355