twitterviber whatsapp telegramfacebookyoutube instagram
21st September 2024

ފަސްވަނަ ދިވެއްސަަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ނަބީލާ އިސްމާޢީލް
Apr 12, 2020

ފިލިޕިންސުން ރާއްޖެ އައި ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ބުނެފި އެވެ.

މިއީ އެ ނުރައްކާތެރި ވައިރަހަށް ޕޮޒިޓިވްވި ފަސްވަނަ ދިވެހި މީހާ އެވެ. އެ ފަސް މީހުންނަކީވެސް ރާއްޖެއިން ބޭރުން އައިސް ކަރަންޓީން ފެސިލިޓީ ގައި ތިބި މީހުންނެވެ.

އެޗްޕީއޭ އިން ބުނީ، ފިލިޕިންސުން އައި އެ ދިވެހި މީހާ އަކީ އެރިޔަދޫ ކަރަންޓީން ފެސިލިޓީގައި ބަހައްޓާފައި ހުރި މީހެއް ކަމަށެވެ. ނަމަވެސް އޭނާ މިހާރު ވެލިދޫ ކަރަންޓީން ފެސިލިޓީއަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މިހާތަނަށް ރާއްޖެ އިން 20 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. އޭގެތެރެއިން 13 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. އަދި ދެމީހަކު ވަނީ ރާއްޖެ އިން ފުރައިގެން ގޮސްފައެވެ. އެހެންކަމުން މިހާރު ރާއްޖޭގައި ތިބީ މިބަލި ޖެހިފައި ތިބި ފަސް ދިވެހިން ނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355