twitterviber whatsapp telegramfacebookyoutube instagram
23rd October 2026

ކޮށްދިއްޕަރުން ޝައްކުވާ އަލާމާތް ތަކެއްހުރި މީހެއްފެނި، ރިސޯޓް މޮނިޓަރިންނަށް

ނަބީލާ އިސްމާޢީލް
Apr 13, 2020

ގްރޭންޑް ޕާކް ކޮށްދިއްޕަރު މޯލްޑިވްސް ރިސޯޓުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި ބިދޭސީއެއް ފެނި އޭނާގެ ހާލު ގޯސްވެފައިވާތީ، އިތުރު ފަރުވާއަށް ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިފައި ވަނީ އެ ރިސޯޓުގެ ބިދޭސީ މުވަޒިފެއގެ ގައިން ކަމަށެވެ. އަދި އޭނާގެ ހާލަތު ގޯސްވެގެން އިތުރަށް ބެލުމަށް، ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި އޭނާ ކޮވިޑް-19 އަށް ޓެސްޓުކުރުމުން ފުރަތަމަ ސާމްޕަލް ނެގެޓިވް ވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ދެވަނަ ސާމްޕަލްގެ ނަތީޖާ ލިބެންދެން، އޭނާގެ ކޮންޓެކްޓް ޓްރޭސިން އިން ފާހަގަ ކުރެވުނު މީހުން އެކަހެރިކޮށްފައިވާ ކަމަށެވެ. އެ ރިސޯޓު މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ.

މީގެ ކުރިންވެސް އެ ރިސޯޓުގައި ހުރި ބިދޭސީއެއްގެ ފަރާތުން ޝައްކު ކުރެވޭ އަލާމަތް ތަކެއް ފެނިގެން ވަނީ ޓެސްޓް ކޮށްފަ އެވެ. ނަމަވެސް އެ މީހާގެ ނަތީޖާ ވަނީ ކޮވިޑް އަށް ނެގެޓިވް ވެފަ އެވެ.

މިހާތަނަށް ރާއްޖެއިން 20 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ފަސް ދިވެހިން ހިމެނެއެވެ. ނަމަވެސް އެންމެ ފުރަތަމަ މި ބައްޔަށް ޕޮޒިޓިވްވި ދިވެހި މީހާ މިހާރު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293