twitterviber whatsapp telegramfacebookyoutube instagram
6th September 2026

މާލެއިން ދެވަނަ މީހަކު ޕޮޒިޓިވް ވެއްޖެ

Apr 15, 2020

މާލެ އިން ދެވަނަ މީހަކު ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވެއްޖެ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެޗްޕީއޭގެ ޓްވީޓްގައި ބުނެފައިވާ ގޮތުގައި ޕޮޒިޓިވް ވެފައި ވަނީ މާލެއިން ފުރަތަމަ ޕޮޒިޓިވްވި މީހާއާއި ސީދާ ޑައިރެކްޓް ކޮންޓެކްޓްވީ މީހެއްކެވެ. އޭނާ މިހާރު ވަނީ އައިސޮލޭޝަން ފެސިލިޓީގައި އެވެ.

މާލެ އިން ފެނުނު މި ކޭސްއާ އެކު ޕޮޒިޓިވްވި ދިވެހިންގެ އަދަދު މިހާރު ވަނީ 7 އަށް އަރައިފަ އެވެ. އަދި ރާއްޖޭގައި ޕޮޒިޓިވް ވި މީހުންގެ އަދަދު މިހާރު ވަނީ 22 އަށް އަރާފަ އެވެ.

މާލެ އިން ކޮރޯނާވައިރަހަށް މިއަދު ޕޮޒިޓިވްވި ފުރަތަމަ މީހާއާ ގުޅުން ހުރި ކަމަށް ބެލެވޭތީ މާލޭގެ ގެ އަކާއި ސ. ހިތަދޫގެ ގެއެއް އެޗްޕީއޭ އިން ވަނީ މި ވަގުތަށް ބަންދުކޮށްފަ އެވެ.

މީގެ އިތުރުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ ކޭހާ ގުޅިގެން މިހާތަނަށް 54 މީހަކު ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ބަލައި ވަނީ އައިސޮލޭޓްކޮށްފަ އެވެ.

މާލެއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވުމާ އެކު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފުރިހަމައަށް ކުރިއަށް ގެންދަން މާލެ ސަރަހައްދު ވަނީ 24 ގަޑިއިރަށް ލޮކްޑައުންކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355