twitterviber whatsapp telegramfacebookyoutube instagram
9th May 2024

އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާކޮށްފި

ޚަދީޖާ އާދަމް
Apr 17, 2020

މުޅި ރާއްޖެ ލޮކްޑައުން ކުރަން ސަރުކާރުން ނިންމައިފި އެވެ. ލޮކްޑައުން ކުރުމަށް ނިންމާފައިވަނީ މާދަމާ ހަވީރު 6:00 ފެށިގެންނެވެ.

ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން މިރޭ ނެރުނު އެންގުމެއްގައި ބުނީ މާލެ ސިޓީ ސަރަހައްދު ފިޔަވައި އެހެން ހުރިހާ ރަށަކަށް ވެސް ޒަރޫރީ ބޭނުމެއްގައި މެނުވީ ދަތުރު ކުރުން މަނާ ކުރާ ކަމަށެވެ.

އެޗްޕީއޭގެ އެންގުމުގައި ބުނީ ރަށްރަށަށް އަރާ ފޭބުން މަނާ ކުރި ނަމަވެސް ރައްޔިތުންނަށް ބޭނުންވ ކާބޯތަކެއްޗާއި އެހެން ވެސް ޒަރޫރީ ތަކެތި ކައުންސިލްތަކާއި ކަމާ ބެހޭ އިދާރާތައް ގުޅިގެން ފޯރުކޮށްދެމުންދާނެ ކަމަށެވެ.

އެއް ރަށުން އަނެއް ރަށަށް މީހުން ދަތުރު ކުރަން އެޗްޕީއޭއިން ނިންމީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

އެންގުމުގައި އިތުރަށް ވަނީ ރަށްރަށުގައި މީހުން އެއްވެ އުޅުމާއި ޕާޓީތަކާއި މާހެފުން ފަދަ ހަރަކާތްތައް ކުރިއަށް ނުގެންދިޔުމަށް އަންގާފަ އެވެ. އަދި، ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ނުނިކުތުމަށް ވެސް ވަނީ އަންގާފަ އެވެ.

މާލޭ ސަރަހައްދަށް އިއްޔެ އިއުލާން ކުރި ލޮކްޑައުން ވަނީ އިތުރު 24 ގަޑިއިރަށް އިތުރުކޮށްފަ އެވެ. މާދަމާ އަނެއްކާވެސް ލޮކްޑައުންގެ މުއްދަތު އިތުރު ކުރާނެ ކަމަށް ބެލެވެ އެވެ.

އެޗްޕީއޭއިން މިރޭ ނެރުނު އެންގުމުގައި އިތުރު ކަމެއް ވެސް އަންގާފައިވެ އެވެ. އެއީ މިދިޔަ ދެތިން ދުވަހު މާލެއިންނާއި ރިސޯޓްތަކުން ރަށްރަށަށް ދިޔަ މީހުންގެ ތެރެއިން ކޮވިޑް-19އަށް ޝައްކު ކުރެވޭ ފަދަ އެއްވެސް އަލާމާތެއް ފެންނަ ނަމަ އެކަން ލަސްނުކޮށް އެންގުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355