twitterviber whatsapp telegramfacebookyoutube instagram
20th August 2025

އުލިގަމު ކޭސްއާ ގުޅޭ 131 މީހުން ވަނީ ފެނިފަ: އެޗްޕީއޭ

ޚަދީޖާ އާދަމް
Apr 19, 2020

އުލިގަމުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓްވި 131 މީހަކު މިހާތަނަށް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އުލިގަމުން ބައްޔަށް ޕޮޒިޓިވްވެފައިވަނީ މާލެ އައިސް މިމަހުގެ 15 ވަނަ ދުވަހު ކަނޑު ބޯޓަކުން އެނބުރި ރަށަށް ދިޔަ މީހެކެވެ. އެ ބޯޓުގައި ގިނަ އަދަދެއްގެ މީހުން ދަތުރުކޮށްފައިވާއިރު މި ކޭސްއާ ގުޅިގެން ބޯޓުން މީހުން ފޭބި އެ އަތޮޅުގެ ރަށްތައް ވެސް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.

އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް މިރޭ ވިދާޅުވީ އުލިގަމު މީހާ އަށް ޝައްކުކުރެވި އޭނާގެ ނަތީޖާ ލިބުމާ ހަމައަށް އޭނާއާ ޑައިރެކްޓް ކޮންޓެކްޓްވެފައިވާ 131 މީހަކު އައިޑެންޓިފައި ކުރެވިފައިވާ ކަމަށެވެ.

މާލެ އިން މިއަދު އެކަނި ވެސް 16 މީހަކު ޕޮޒިޓިވްވެފައިވާއިރު އެ މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މައުލޫމާތުތައް ވެސް މިރޭ ވަނީ ހާމަކޮށްފަ އެވެ. އެގޮތުން މާލެއިން މިހާތަނަށް ޕޮޒިޓިވްވި 32 މީހުންނާ ކޮންޓެކްޓި ވި މީހުންގެ އަދަދު 468 އަރައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355