twitterviber whatsapp telegramfacebookyoutube instagram
20th August 2025

މާރަންދޫ ލޮކްޑައުންކޮށްފި

ޚަދީޖާ އާދަމް
Apr 20, 2020
1

ހއ މާރަންދޫ ވެސް ލޮކްޑައުންކޮށް، އެރަށަށް އަރާ ފޭބުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) މަނާކޮށްފި އެވެ.

ކަރަންޓީނުކޮށްފައިވާކަން އަންގައި މާރަންދޫ ކައުންސިލަށް އެޗްޕީއޭއިން އެންގީ މިރޭގެ ވަގުތެއްގައި އެވެ.

އެޗްޕީއޭއިން ބުނެފައިވަނީ އެރަށް ކަރަންޓީނުކޮށްފައިވާ އެރަށަށް ދަތުރުކޮށްފައިވާ މީހެއްގެ ކިބައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމާއެކު ގުޅިގެން، ސިއްހީ ގޮތުން އިތުރަށް ބަލަން ޖެހޭ ކަންތައްތަކެއް ބެލުމަށް ކަމަށެވެ.

ކަރަންޓީނު ކުރުމާ ގުޅިގެން އެރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަން ދެން ރަށުން ފޭބުމާއި، އެމެޖެންސީގައި ހުއްދަ ނެތި އެއްވެސް މީހަކު އެރަށަށް އެރުން ވަނީ މަނާކޮށްފައި އެވެ.

މާރަންދޫ ކަރަންޓީނު ހާލަތަށް ގެނެސްފައިވާއިރު މިރޭ ވަނީ ހދ ނޮޅިވަރަމް ވެސް ކަރަންޓިން ގެ ހާލަތަށް ގެނެސްފަ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި މާރަންދޫ ކަރަންޓީން ގެ ހާލަތަށް ގެނެސްފައިވަނީ ކާވިޔާ ބޯޓުން އެރަށަށް ދަތުރު ކުރި މީހެއްގެ ފަރާތުން ކޮވިޑް-19 އަށް ޝައްކުވާ އަލާމާތްތަކެއް ފެނުމާއި ގުޅިގެންނެވެ. އެބޯޓުން އެރަށަށް 4 މީހަކު ވަނީ ދަތުރުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355