twitterviber whatsapp telegramfacebookyoutube instagram
12th October 2026

ކުޅުދުއްފުށީގައި ކާފިއުއާ ހިލާފުވި މީހަކު ޖޫރިމަނާކޮށްފި

އަބްދުލް ވާހިދު ޙަސަން
Apr 23, 2020
8

ކުޅުދުއްފުށީގައި ހިންގާފައިވާ ކާފިއުއާ ހިލާފުވި މީހަކު ފުރަތަމަ ފަހަރަށް ޖޫރިމަނާކޮށްފި އެވެ.

ކުޅުދުއްފުށީ ކައުންސިލުން ބުނީ ކުޅުދުއްފުށީގައި ހިންގާފައިވާ ކާފިއުއާ ހިލާފުވި މީހަކު މިއަދު ޖޫރިމަނާކޮށްފައިވާ ކަމަށާއި އެމީހާ ޖޫރިމަނާކޮށްފައިވަނީ ކާފިއުގެ ވަގުތުގައި ހުއްދަ ނެތި ބޭރުގައި އުޅުމުން، ދެ ފަހަރުމަތިން ނަސޭހަތްދިނުމަށްފަހުވެސް ކައުންސިލްގެ އަމުރަށް ކިޔަމަން ނުވުމުން ކަމަށެވެ.

ކައުންސިލުން ބުނީ ޖޫރިމަނާކޮށްފައިވަނީ ފިރިހެނެއް ކަމަށާ ފުރަތަމަ ފަހަރުކަމުން އެ މީހާ ޖޫރިމަނާކޮށްފައިވަނީ 500 ރުފިޔާ ކަމަށެވެ.

ކާފިއު ހިންގި ވަގުތުން ފެށިގެން ހުއްދަނެތި ބޭރުގައި އުޅެގެން މިހާތަނަށް 44 މީހަކަށް ފުލުހުން ވަނީ ނަސޭހަތްދީފަ އެވެ.

ކުޅުދުއްފުށީގައި މިހާރު ވަނީ ކާފިއުގެ މުއްދަތު 7 ދުވަހަށް އިތުރުކޮށްފައި އެވެ. އެގޮތަށް ޓާސްކް ފޯސް އިން ކާފިއު ދަށްމާލާފައިވަނީ ކޮވިޑް-19 ފެތުރުދާނެކަމުގެ ނުރައްކާ ބޮޑުވުމުންނެވެ.

ކާފިއު އިއުލާނުކޮށްފައިމިވާ ވަގުތުގައި ކުޅުދުއްފުށި ފެންނަމުންދަނީ ވަރަށް އަމާންކޮށްފައި އެވެ. އެހެންވުމުން ގިނަ ބަޔެއްގެ ތައުރީފްވެސް ކުޅުދުއްފުއްޓަށް އަންނަނީ ލިބެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293