twitterviber whatsapp telegramfacebookyoutube instagram
6th September 2026

މާލެއިން އިތުރު 36 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ނަބީލާ އިސްމާޢީލް
Apr 26, 2020

މާލެއިން ކޮވިޑް-19 އަށް އިތުރު 36 މީހަކު ޕޮޒިޓިވްވެ، ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 177 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިތުރު 36 ޕޮޒިޓިވް ކޭސް ފެނިފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 26 ބަންގްލަދޭޝް ރައްޔިތުންނާއި ހަ ދިވެހީންނާއި، އިންޑިއާ ރައްޔިތެއް ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

މިއީ ރާއްޖޭގައި ކޮމިޔުނިޓީ ސްޕްރެޑެއް ފެށުނު ފަހުން އެއް ދުވަސްތެރޭ އެންމެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވީ ފުރަތަމަ ފަހަރެވެ.

އެ އެންމެން އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ރާއްޖޭގައި މިވަގުތު ކޯވިޑް-19އަށް ފަރުވާ ހޯދަމުންދަނީ 160 މީހެކެވެ. ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 17 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355