twitterviber whatsapp telegramfacebookyoutube instagram
13th May 2024

ކޮވިޑް-19 އަށް ޝައްކުވެގެން އެކަހެރިކުރާ މީހުންނާ މެދު ނުބައިކޮށް ނުދެކުމަށް އެދިއްޖެ

ނަބީލާ އިސްމާޢީލް
Apr 26, 2020

ކޮވިޑް-19 އާ ޝައްކުވާ އަލާމާތްތައް ފެނި މީހަކު އެކެހެރިކުރި ނަމަވެސް ނުބައި ގޮތަަކަށް ނުދެކުމަށާއި އެ މީހުންނާ މެދު އިހުސާންތެރިކޮށް ހިތުމަށް ޑޮކްޓަރުން އިލްތިމާސްކުރައްވައިފި އެވެ.

ކޮވިޑް އާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ގެއަކުން މީހަކު ޕޮޒިޓިވް ވުމުން، އެ ޕޮޒިޓިވްވި މީހާއާ މެދު ދެކޭގޮތް މިހާރު ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ މި ބަލީގައި ކޮންމެ މީހަކުވެސް ބަލިވެދާނެ ކަމަށާއި ބައްޔަށް ބިރުގަތުން އޮންނަން ވާނެ ކަމަށެވެ. ނަމަވެސް ބައްޔާ ވިދިގެން އެހެންމީހުންނާ މެދު ނިކަމެތިކޮށް ހިތުކޮށް ތަފާތުކޮށް އެކަހެރިކުރުމުގެ ވިސްނުން ހުރެގެން ނުވާނެ ކަމަށެވެ.

ވައިރަހަށް ޝައްކުވާ މީހަކު ފެނިއްޖެނަމަ މިހާރު އަމަލުކުރަމުންދާ އުސޫލުން އެމީހަކު ދިރިއުޅޭ ގެއެއް މޮނީޓަރިންގެ ހާލަތަށް ލައެެވެ. އެ ހާލަތަށް ލުމަށްފަހު ޓެސްޓްތައް ހަދައި ރައްކާތެރިކަން ކަށަވަރުކުރަން އެފަދަ ގެތަކަށް މީހުން ވަނުންވެސް މަނާކުރެ އެވެ.

އަފްޒަލް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މީހުން ރެންޑަމްކޮށް ޓެސްޓްތައް ކުރަން ފެށުމަކީވެސް އެކަށީގެންވާ ކަމެއް ކަަމަށެވެ.

މި މަހު 15 ވަނަ ދުވަހު އަލަށް މާލެއިން މި ބައްޔަށް މީހަކު ޕޮޒިޓިވްވެ ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑެއް އުފެދިފައިވުމުގެ ބިރު މިވަނީ އުފެދިފަ އެވެ. ރާއްޖޭގައި މިހާތަނަށް މި ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 177 އަށް އަރާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355