twitterviber whatsapp telegramfacebookyoutube instagram
4th June 2025

ސިއްހީ ކުއްލި ނުރައްކަލު މުއްދަތު އިތުރުކޮށްފި

Apr 30, 2020

ކޮވިޑް-19 ކޮންޓްރޯލްކުރުމަށް މުޅި ރާއްޖެއަށް އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަންނަ މަހުގެ ނިޔަލަށް އިތުރުކުރަން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ނިންމަވައިފި އެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުން ހެލްތު މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަށް ފުރަތަމަ އިއުލާނުކުރީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ. އޭގެ ފަހުން މިމަހުގެ 10 ވަނަ ދުވަހު ވަނީ އެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފަ އެވެ.

ހެލްތު މިނިސްޓްރީން މިއަދު ނެރުނު ގަރާރުގައި ބުނީ އަންނަ މަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރަން ނިންމީ އެންމެ ފުރަތަމަ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރި އިރު އޮތް ގޮތަށް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮވިޑް-19 ފެތުރުމުގެ ނުރައްކާ އަދިވެސް އޮތް ކަމަށާއި އަދި އެ ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރަން ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލުކުރެއްވޭތީ ކަމަށެވެ.

އަދި ވަގުތާއި ހާލަތަށް ރިއާޔަތްކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ހާއްސަ ފިޔަވަޅުތައް އަޅަމުން ގެންދިޔުމަށް، ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް މިނިސްޓަރު ވަނީ އަންގަވައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355