twitterviber whatsapp telegramfacebookyoutube instagram
25th March 2026

އެންގުމެއް ނެތި ފޮނުވާލުމަކީ ބަލައިގަނެވޭނެކަމެއް ނޫން: ޔާސިރު/ލަތީފް

އަބްދުލް ވާހިދު ޙަސަން
May 2, 2020
4

އެރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފައިވަނިކޮށް އެރަށެއްގެ ޓާސްކް ފޯސްއަށް ނޭނގި މާލޭގައި ތިބި ބަޔަކު ފޮނުވާލުމަކީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ވިދާޅުވެއްޖެ އެވެ.

އާސަންދައިން ބަލި މީހެއް ބަލައި މިއަދު މެންދުރު ފަހު ކުޅުދުއްފުއްޓަށް އައި ފްލައިޓެއްގައި ވަނީ މާލޭގައި ބޭސްފަރުވާއަށް ގޮސްތިބި 7 މީހަކު ކުޅުދުއްފުއްޓަށް ގެނެސްފައި އެވެ. ކުޅުދުއްފުށީ ޓާސްކް ފޯސްގެ އޮފިޝަލަކު ވިދާޅުވެފައިވަނީ އެ މީހުން ކުޅުދުއްފުއްޓަށް ފޮނުވާލިއިރު ސަރުކާރުގެ ކަމާ ގުޅުން ހުރި ރަސްމީ އެއްވެސް މުވައްސަސާއަކުން އަންގާފައިނުވާކަމަށެވެ.

މިކަމާ ގުޅިގެން ސަރުކާރުގެ ކަމާގުޅުން ހުރި މުވައްސަސާތަކަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. މިކަމާ ގުޅިގެން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ވަނީ ހިތްހަމަނުޖެހުންފާޅުކޮށްފަ އެވެ.

ޔާސިރު ވިދާޅުވީ، ކުޅުދުއްފުށީގެ 146 މީހަކު އެނބުރި ރަށަށް ދިޔުމަށް ބޭނުންވެގެން ނަންނޯޓްކޮށްފައި ތިބިއިރު އެއްވެސް ވަރަކަށް އެނގިފައިނުވާ އުސޫލެއްގެ ތެރެއިން، އަދި ކައުންސިލަށް ނުވަތަ ޓާސްކް ފޯސްއަށްވެސް އެންގުމެއް ނެތި ބަޔަކު ފޮނުވާލުކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މިކަމާ ގުޅިގެން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ، ކޮވިޑް-19 ގެ ނުރައްކާ މާލޭގައި އޮއްވައި ޓާސްކް ފޯސްއަށް ނާނގާ މާލެއިން ކުޅުދުއްފުއްޓަށް ބަޔަކު ފޮނުވާލުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

covid19 ge nurakka male gai boduvefai ovvaa task force ah nangaa male in kulhudhuffuttah bayaku fonuvaalumakee balai...

Posted by Abdullatheef Hassan on Saturday, May 2, 2020

އަދި ކުންފުނިތަކުން އެޗްޕީއޭގެ އުސޫލުތަކާއި ހިލާފަށް މާލޭގައި ތިބި މީހުން ރަށްރަށަށް ފޮނުވާނުލުމަށް ލަތީފް ވަނީ އިލްތިމާސްކުރައްވާފަ އެވެ.

އާސަންދައިގެ ދަށުން، ހޮސްޕިޓަލްގެ އޮތް ބަލި މީހަކު ބަލައި އައި މި ޗާޓަރު ފްލައިޓްގައި މާލޭއިން އައިސްފައިވަނީ 7 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށީގެ ފަސް މީހަކާއި ކުމުންދޫގެ 2 މީހެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355