twitterviber whatsapp telegramfacebookyoutube instagram
23rd October 2026

ތަކަންދޫން ޕޮޒިޓިވްވި ކުއްޖާގެ ދެވަނަ ސާމްޕަލް ނެގެޓިވް

May 7, 2020

ހއ. ތަކަންދޫން ކޮވިޑަށް ޕޮޒިޓިވްވި ފަސް އަހަރުގެ ކުއްޖާގެ ދެވަނަ ސާމްޕަލްގެ ނަތީޖާ ނެގެޓިވް ވެއްޖެ

އެވެ. ކުޑަ ކުއްޖާގެ އިތުރުން ދެން ތަކަންދޫން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ދެ އަންހެނުންނެވެ. ކުޑަ އަންހެން ކުއްޖާ ހުރީ އޭނާގެ މަންމައާއެކު ދޮނަކުޅި ގައެވެ.

ތަކަންދޫން ކޮވިޑަށް ޕޮޒިޓިވްވި މީހުން ކަރަންޓީނަށް ގެންދިޔަ އިރު ފުރަތަމަ ގެންދިޔަ މީހުންގެ ތެރޭގައި އެ ކުއްޖާ ނުހިމެނެ އެވެ. އެ ފަހަރު އޮޅިގެން ފުރަތަމަ ގެންދެވުނީ ނަން އެއް ގޮތް އެހެން ކުއްޖެކެވެވެ.

އެޗްޕީއޭއިން މިއަދު ވަނީ އެ ކުއްޖާގެ ދެވަނަ ސާމްޕަލް ނެގެޓިވް ކަމަށް އާއިލާއަށް އަންގާފަ އެވެ. އަދި އިތުރު ޓެސްޓެއް ހަދަން މިއަދު ވަނީ ސާމްޕަލް ނަގާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293